ޤާނޫނުއަސާސީގެ 285ވަނަ މާއްދާގެދަށުން ބަލާނޭކަމެއް ނެތްކަމަށް ނިންމުން! 9 މެއި 2010ގެ ޔައުމިއްޔާ

ބައްދަލުވުން ނަންބަރ: 2010/57

ޖަލްސާ ބޭއްވި ތަން: ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ކޮންފަރެންސް ހޯލް
ވަގުތު: 14:30 އިން 16.00 އަށް
ޙާޟިރުވި މެންބަރުން
1. ކޮމިޝަންގެ ނައިބު ރައީސް އަލްއުސްތާޛް މުޖްތާޒް ފަހުމީ (ރިޔާސަތު)
2. ކޮމިޝަން މެންބަރ އާދަމް މުޙައްމަދު ޢަބްދުﷲ
3. ކޮމިޝަންގެ މެމްބަރ އަލްފާޟިލް ޢަބްދުﷲ ދީދީ
4. ކޮމިޝަންގެ މެމްބަރ ޑރ. އަފުރާޝީމް ޢަލީ
5. ކޮމިޝަންގެ މެމްބަރ އައްޝައިޚު ޝުޢައިބު ޢަބްދުއްރަޙުމާން
6. ކޮމިޝަން މެމްބަރ ޑރ. މުޙައްމަދު ލަޠީފު
7. ކޮމިޝަންގެ މެމްބަރ އަލްފާޟިލާ އައިޝަތު ވެލެޒިނީ
8. ކޮމިޝަންގެ މެންބަރ އަލްއުސްތާޛު އަޙްމަދު ރަޝީދު

ޙާޟިރުވެވަޑައިނުގަންނަވާ މެމްބަރުން:
9. ކޮމިޝަންގެ މެމްބަރ އަލްފާޟިލް ޢަބްދުﷲ ޝާހިދު
10. ކޮމިޝަންގެ މެމްބަރ އަލްއުސްތާޛު ޙުސްނުސުޢޫދު

އެޖެންޑާ

1. ޤާނޫނުއަސާސީގެ 285 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެމަތީން މިހާރު ވަޒީފާގައި ތިބި ފަނޑިޔާރުން އަލުން ޢައްޔަނުކުރުމަށް މިންގަނޑެއް ކަނޑައެޅުމާބެހޭގޮތުން މަޝްވަރާކޮށް ގޮތެއް ނިންމުން

ނިންމުނު ކަންތައްތައް

1. ޤާނޫނުއަސާސީގެ 149 ވަނަ މާއްދާގެ (ށ)ގެ 3 ވަނަ މާއްދާގައި ބުނާ ކުށެއްކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާނަމަ އަޚުލާޤީ ބައިން އެމީހަކު ޝަރުޠު ފުރިހަމަ ނުވާކަމަށް ބެލުމާއި މިނޫން ޖިނާއީކުށެއް ޝަރީޢަތަށް ސާބިތުވެފައިވާނަމަ އެމައްސަލައަށް ކޮމިޝަނުން ރިޢާޔަތްކޮށް އެމީހަކާމެދު ކޮމިޝަނުން ގޮތެއް ނިންމުމަށް ނިންމުނެވެ.

ޔައުމިއްޔާ

ޤާނޫނުއަސާސީގެ 285 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެމަތީން މިހާރު ވަޒީފާގައި ތިބި ފަނޑިޔާރުން އަލުން ޢައްޔަނުކުރުމަށް މިންގަނޑެއް ކަނޑައެޅުމާބެހޭގޮތުން މަޝްވަރާކޮށް ގޮތެއް ނިންމުން
1. މިއަދުގެ އެޖެންޑާގައި މިއޮތީ ޤާނޫނު އަސާސީގެ 285 ވަނަ މާއްދާގެ (ށ) ގައި ވާގޮތުގެ މަތިން ވަޒީފާގައި ތިބި ފަނޑިޔާރުން އަލުން އައްޔަނުކުރުމަށް މިންގަޑެއް ކަނޑައެޅުމާއި ބެހޭގޮތުން މަޝްވަރާކުރުން ކަމަށާއި އެއީ ކުރީދުވަހުވެސް އެޖެންޑާ ކުރެވިފައިވާ މައްސަލައެއްކަމަށާއި އެދުވަހު ވާހަކަ ދައްކާފައިވަނީ ކުޑަކޮމިޓީން އެކުލަވާލި ރިޕޯރޓްގެ 4 ވަނަ މާއްދާއާބެހޭގޮތުން ވާހަކަތަކެއް ދެކެވި ހުށަހެޅުންތަކެއް ހުށަހެޅި ނިންމާމަރުހަލާއަށް ގޮސްފައިވަނިކޮށް އެދުވަހުގެ ޖަލްސާނިމުނީ ކަމަށާއި އެދުވަހު 4 ވަނަ މާއްދާއަށް އިސްލާހެއް ހުށަހެޅުއްވީ ޝުޢައިބް އާއި މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދު ކަމަށް ކޮމިޝަންގެ ރައީސް އަލްއުސްތާޛު މުޖުތާޒް ފަހުމީ ވިދާޅުވިއެވެ.
2. ކުރީ ދުވަހު އަޅުގަނޑުމެން ދޮޅުގަޑިއިރު ވާހަކަދައްކާފައި ޔައުމިއްޔާ ލިބުނު ކަމަށާއި ލިބުނު އިރުގައި ތިކަހަލަ އެއްޗެއް ފެންނާކަށެއް ނެތްކަމަށާއި ޔައުމިއްޔާ ލިބިފައިވާކަމަށާއި ތިޔަވިދާޅުވާ އެއްޗެއް އެނގޭކަށް ނެތްކަމަށާއި، އޭގެ ފަހަތުގައި އިންނަނީ އެއްވެސް ކަމެއް ނުނިމޭ ކަމަށާއި، އެހެންވީމައި މިއަދު އެދުވަހުގޮތަށް އަނެއްކާވެސް މުޅިދުވަސް ބޭކާރު ކޮށްނުލާ ފަހަރަކު ނުކުތާއެއް -މިހާރުވެސް ފައިލްކޮޅުގައި ޑރ. ލަތީފު ނިންމާފައި އޮތްރިޕޯރޓްގައި އޮންނަ ކަންތައްތައް ތަންކޮޅެއް ފަސޭހައިން ފެންނާނެ ގޮތަކަށް އޮތް ޗާޓެއް އޮންނާނެ ކަމަށާއި އޭގެން ފަހަރަކު ނުކުތާއަކުން ބޭފުޅުން ވިދާޅުވާން ހުރި އެއްޗެއް ވިދާޅުވަމުން ނިންމަމުން ގެންދެވުމަށް އަލްފާޞިލާ ޢާއިޝަތު ވެލެޒިނީ ހުށަހަޅުއްވާ އެގޮތަށް ގެންދެވިދާނެތޯ ސުވާލުކުރެއްވާ އޭރުންވެސް މިއަދު ނިމުނު ހިސާބެއް އެގޭނެކަމަށާއި އަނެއްކާވެސް އޮޅުމެއްގެ ތެރޭގައި ކަންކަން ނިމިގޮސް އެކަހަލަގޮތަކަށް ނުވާނެކަމަށް ވިދާޅުވިއެވެ.
3. އެކަމާއިދޭތެރޭ އެހެން މެމްބަރުންގެ ޚިޔާލުފުޅަކީ ކޮބައިތޯ އެކަން ގޮސްފައިވާ ހިސާބަކާއި އެކަން ވީގޮތް ދަންނަވާލީކަމަށާއި އެއްވެސް ކަމެއް ނުނިންމަވާ އޮތްކަމަށް ޔައުމިއްޔާގައި އޮވެދާނެކަމަށާއި ނިންމުމެއް ނުނިންމަވާ ކަމަށާއި އެހެންނަމަވެސް ހަމައެކަނި އެމައުލޫއަށް އެދުވަހު ވާހަކަ ދައްކަވާފައި ބަހުސްތަކެއް ކުރެވިފައި އަނެއްހެން ޚިޔާލުތަކެއް ބަދަލުކުރެވިފައިވާކަމަށާއި ދެންނެވީ އެވާހަކަކަމަށާއި ވެލެޒިނީ ހުށަހަޅުއްވާ ގޮތަކީ ކޮބައިތޯ ކޮމިޝަންގެ ރައީސް އަލްއުސްތާޛް މުޖުތާޛް ފަހުމީ ސުވާލުކުރެއްވިއެވެ.
4. ފައިލްގެ އެއްވަނަ ނަންބަރުގައި ޑރ. ލަތީފު ކޮމިޓީން ހައްދަވާފައި އޮތް މިންގަޑާއި އެއަށް ފަނޑިޔަރުންނަށް ފޮނުވައިގެން ފަނޑިޔާރުން ފޮނުވި ކޮމެންޓާއި އެދޭތީގެ ފަހަތުގައި މިއޮތީ ޗާރޓެއް ކަމަށާއި މިއީ މިކަން ކުރެވޭނެ ގޮތަށް ޑރ. ލަތީފުމެން ކޮމިޓީން ގެސްފައިހުރި މިންގަޑަކީ ކޮމިޝަނަށް ޤަބޫލުކޮށްފައި ހުރި މިންގަޑެއްނޫންކަމަށާއި އެހެންވީމާ މީގައި މިހުރީ އޭގައިވާ ހުށަހެޅުން ތަކާއި އެއާއެކުގައި ހުރި ބައެއް އެހެން ހުށަހެޅުންކަމަށާއި އެހެންވީމައި މިއިން ފަހަރަކު ނަންބަރަކަށް ވާހަކަ ދައްކަމުން ބޭފުޅުން އެއްބަސްވެ ވަޑައިގަންނަވާގޮތަކަށް އެއްބަސްވަމުން ކުރިއަށް ދިއުމަށް އަލްފާޟިލާ އަޢިޝަތު ވެލެޒިނީ ވިދާޅުވިއެވެ.
5. މިއީ ހަމައެކަނި މިކަމުގައި ވާހަކަދެއްކި ފުރަތަމަ ދުވަހެއް ނޫންކަމަަށާއި އަޅުގަނޑުމެން މިގޮތަށް ކުރިއަށް ގެންދަންވެއްޖެއްޔާ ވަގުތު ކުޑަތަންވެގެން އައިސް ނިމާއިރުވެސް ދުވަހަކުވެސް އަޅުގަނޑުމެންނަކަށް ކަމެއް ހާސިލްކުރެވޭނެހެން ހީނުވާކަމަށާއި، ހަދާންވާގޮތުން އެދުވަހު މީތި ތައްޔާރުކޮށްފައި މިއުސޫލުތައް އަޅުގަނޑުމެން މުޅިން ނިންމާނުލާ ބޭއްވި ސަބަބަކީ އުސޫލެއްގެ ގޮތުން މިކަން ޤަބޫލުކޮށްފައި އެހެން ނަމަވެސް ފަނޑިޔާރުން މިކަމުގައި ވިދާޅުވާނެ އެއްޗެއް އޮތްތޯ އެމީހުންނަށް ފުރުސަތު އެރުވުމުގެ ގޮތުން ކުޑަދުވަސްކޮޅެއް އަޅުގަނޑުމެން އެރުވީ ކަމަށާއި ހަދާންވާގުތުން އެއީ 11 މާރޗްގައި ކަމަަށާއި ދެން އޭގެ ފަހުން މިކަމާއި ގުޅޭގޮތުން އަދި އިތުރު ބައްދަލުވުމެއް ނުބޭއްވި ކުޑަދުވަސްކޮޅެއް ދިއުމަށްފަހުގައި މިބޭއްވިފައި މިއޮތީ އެންމެފަހުން އަޅުގަނޑުމެން މިއާބެހޭގޮތުން ދުވަހު ވާހަކަދައްކަން މިފްލޯއަށް ގެނައިދުވަހު އެދުވަހުސް އަޅުގަނޑުމެން ހުރިހާ ބޭފުޅުންވެސް މިރިޕޯރޓާއި ބެހޭގޮތުން ވާހަކަދެއްކެވިކަމަށާއި މީގައި ޚިޔާލު ތަފާތުވެގެން އުޅުނު ނުކުތާއެއްކަމަށް އަޅުގަނޑަށް ފާހަގަކުރެވިފައިއޮތީ ކުށެއް އެމީހެއްގެ މައްޗަށް ސާބިތުވެފައިނުވާ އެހެންނަމަވެސް އެމީހަކާއިމެދު ޝަކުވާއެއް އުފުލިފައިވާ މީހެއްވެސް މީގެތެރޭގައި ހިމެނޭނެތޯ ނުވަތަ ނޫންތޯ – ދެން އެއާއިބެހޭގޮތުން އަޅުގަނޑުމެން ވަރަށް ދިގުކޮށް އެކަށީގެންވާވަރަށް ޤާނޫނީ ހުއްޖަތްތަކާއި އަދި ޝަރީޢަތުގައި މިކަން އޮތްގޮތާއި އެބޭފުޅަކު ދެކެވަޑައިގަންނަވާ މިންގަޑަކުން ވަރަށް ތަފްސީލުކޮށް މިތާގައި ވާހަކަ ދައްކާފައިވާކަމަށާއި އެކަން ޔަޤީންކަމަށާއި އެހެންވެ ކޮންމެ ދުވަހަކު މި އަލިފުން އަނެއްކާ ފަށައިގެން ދާންވެއްޖެއްޔަކާއިމިއެއް ނުވެއް ނިމޭނެކަމަށާއި ވީމާ އަޅުގަނޑަށް ފެންނަނީ މިއަދުން މިއަދަށްވެސް އަޅުގަނޑުމެން ޚިޔާލު ތަފާތުވި ނުކުތާއާ މެދު ގޮތެއް ނިންމާފައި މިކަން ނިމޭނެ އަވަސް މަގެއް އަޅުގަނޑުމެން ވިސްނުންކަމަށާއި މިކަން ކުރުމަކީ އަޅުގަނޑުމެންގެ ޒިންމާއެއް ކަމަށާއި އެއްވެސް މީހަކު އަޅުގަނޑުމެން އުޒުރެއް ޤާބުލު ނުކުރާނެކަމަށާއި ޤާނޫނީ މެންޑޭޓްގައި ނުކުރެވިއްޖެކަމަށްވާނަމަ އެއީ އަޅުގަނޑުމެން ކުރަންޖެހޭ ކަމެއްކަމަށާއި ވީމާ އަޅުގަނޑަށް ފެންނަނީ މިހާރުން މިހާރަށްވެސް އެދުވަސްތަކުގައި ދިޔަ ހިސާބުން ފެށިގެން ޚިޔާލުތަފާތުވި ނުކުތާއާމެދު އަޅުގަނޑުމެން ގޮތެއް ނިންމުމަށް ވޯޓަކަށް އެހުންކަމަށް އަލްއުސްތާޛު އާދަމް މުޙައްމަދު ޢަބްދުﷲ ވިދާޅުވިއެވެ.
6. މިމައްސަލާގައި ވާހަކަ ދައްކަވަމުން ގެންދަވާއިރު ހަނދުމަފުޅުކޮށް އަރުވަން ބޭންވަނީ ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނުގެ 20 ވަނަ މާއްދާގެ (ނ) އަށް އަޅުގަނޑުމެން ވަރަށް ވިސްނަވަންޖެހޭނެކަމަށާއި މީގައި އެއްވެސް މެމްބަރެއްގެ އަމިއްލަ މަސްލަހަތެއް އޮވެއްޖެކަމުގައިވާނަމަ، މައްސަލައެއްގައި ބައިވެރި ނުވެވޭނެކަމަށް ބަޔާންކުރެވިފައިވާތީ އެކަން ދަންނަވާލަން ބޭނުންކަމަށް އައްޝައިޚް ޝުޢައިބު ޢަބްދުއްރަޙްމާން ވިދާޅުވިއެވެ.
7. އެހެން ބޭފުޅަކު އެއްޗެއް ވިދާޅުވާން އޮތްތޯ ކޮމިޝަންގެ ރައީސް އަލްއުސްތާޛް މުޖުތާޛް ފަހުމީ ސުވާލުކުރެއްވިއެވެ.
8. އަޅުގަނޑުވެސް ދަންނަވާލަން ބޭނުންވަނީ ދެންމެ އުސްތާޛް އާދަމްގެ ވާހަކައައިގެ ކުރިން ވެލޒިނީގެ ވާހަކަފުޅުގައި އެދުވަހުގެ ބައްދަލުވުމުގައި އެއްވެސް ކަމެއް ނިންމަވާފައި ނުވާކަމަށް ޔައުމިއްޔާއިން އެނގޭކަށް ނެތްކަމަށް ވެލެޒިނީ ވިދާޅުވެފައިވާއިރު އެހެންނަމަވެސް ހަދާން ބަލި ނޫނިއްޔާ އެދުވަހު ވަރަށް ރަގަޅަށް ވަރަށް ބޮޑަށް ޑިސްކަސް ކުރެވުނު މައްސަލައެއް އެއީ ޝަރީޢަތުގެ މަޖިލީހަށް އެމީހުންގެ ކުށެއް ސާބިތުވެއްޖެއްޔާ ހެއްޔޭ އެމީހުން ޑިސްކޮލިފައިވީކަމަށް ބަލާނީ، ޝައްކެއްވެގެން ހުށަހެޅޭ މައްސަލައެއް ތުހުމަތެއްވެގެން ހުށަހެޅުނަސް ޑިސްކޮލިފައިވާގޮތަށް ބަލާނީތޯ މިވާހަކަ ވަރަށް ބޮަޑަށް ދެކެވުނުކަމަށާއި ދެކެވިގެން އެންމެފަހުން ޝައްކުގެ ތިން މައްސަަލަ ހުށަހެޅިއްޖެއްޔާ ޑިސްކޮލިފައިވާތޮތަށް ބަލާނީތޯ މިވާހަކަ ވަރަށްބޮޑަށް ދެކެވިގެން އެންމެފަހުން ޝައްކުގެ ތިން މައްސަލަ ހުށަހެޅިއްޖެއްޔާ ޑިސްކޮލިފައި ފާހަގަ ޖަހާ މާކުރީ ޒަމާނެއްގެ ވާހަކަ އޮތަސް ޑިސްކޮލިފައި ވާގޮތަށް ހުށަހެޅުއްވި މެމްބަރުންވެސް އަޅުގަނޑުމެންނަށް ފެނިގެން ދިޔަ އެހުށަހެއްވުން ހަޤީގަތުގައި އަނބުރާ ނެންގެވިކަހަލަ ގޮތަކަށް- ހުރިހާ ބޭފުޅުންވެސް ވާހަކަފުޅު ދެއްކެވިއިރުގައި އެއީ އެކަން ވެގެންވާނެ ގޮތެއް ނޫންކަމުގައި ބުރަވަމުން ގެންދެވި ކަމަށާއި ދެންމެ އުސްތާޛް އާދަމް ފާހަގަކުރެއްވި ގޮތަށް އަސްލު ވޯޓަކަށް ނޭހުނުކަމުގައިވީނަމަވެސް ވޯޓަކަށް ހަމަ އެހި އެހިފައި އޮތް ކަމަށާއި ދެން ވޯޓުގައި އަތް ނެގުމާއި ނުނެގުމުގައި ކުދި ކުދި ހުރަސްތަކުގެ ވާހަކަ އަހާފައިއޮތް އިރުވެސް ދެކެވިގެން އަސްލު މައްސަލަ ނުނިމި އޮތް ކަމަށާއި އެހެންވީމައި އޯގަސްޓް 7 ށް ކަންތައްތައް ނިންމުމަށް ހުރިހާ ބޭފުޅުންވެސް ވަރަށް ފޯރީގައި ހަފްތާއަކު 3 ޖަލްސާވެސް ކޮމިޓީތައްވެސް ހެސްކިޔާފައި ބާއްވަމުން ދާތީ އަވަސް ކުރުމުގެ ގޮތުން ކުރިންވެސް ދެންނެވި ގޮތަށް ރިޕޯރޓަކީ ފުދޭވަރަކަށް ރިސާރޗް ހަދާފައި ތަޖްރިބާ ކާރު ބޭފުޅުންކޮޅެއް ހައްދަވާފައި އޮތް ރިޕޯރޓެެއް ކަމަށާއި އެހެންވީމައި މީގައި އެދުވަހު ހުށަހެޅިފައިއޮތް ހުށަހެޅުމަކީ މަޖިލީހުގެ ރައީސް މިކޮމިޝަންގެ ރައީސް ހުށަހެޅުއްވި ހުށަހެޅުމެއްހެން ކަމަށައި އެއަށް އޮތީ ވަރަށް ގިނަ ބޭފުޅުން ތާއީދު ކުރައްވާފައިކަަމަށާއި އެހެންވީމައި ހުށަހެޅުން ހުށަޅައިގެން މިކޮމިޝަންގެ ތާއީދު އޮތް ގޮތެއް ބަލާފައި ދެންވެސް ހުރިކަމެއް އަވަހަށް ނިންމާލަން ވީކަމަށާއި ޑރ. އަފްރާޝީމް ޢަލީ ވިދާޅުވިއެވެ.

9. މެންބަރުން އެދެއްކެވި ވާހަކަފުޅުތަކަކަށް އިއުތިރާޒް ނުކުރައްވާކަމަށާއި ޔައުމީއްޔާތަކާ އެއްޗެހި ފަހުން އަންނައިރުގައި އޮޮންނަނީ ބަދަލުވެ ގޮތްގޮތް ވެފައި ކަމަަށާއި ޔައުމިއްޔާގައި އޮންނަ ގޮތާއި މިތާނގައި އެދުވަހު އެދެކެވުނުކަމަށް ބުނާ ވާހަކަތައް ދިމާނުވާފަހަރު އަންނަކަމަށް އަލްފާޟިލާ ޢާއިޝަތު ވެލެޒިނީ ވިދާޅުވިއެވެ. ދެން ތިޔަ ވިދާޅުވިހެން ވަރަށ ދިގުކޮށް އެވާހަކަ އެދުވަހު ދެކެވިފައިވާކަމަށް ހަދުމަފުޅުވާކަމަށާއި އެމައްސަލާގައި ދަންނަވަލަން އޮތީ މިދައްކަނީ މިޤާނޫނު އަސާސީގެ ފަހުގެ ވާހަކައާއި ޤާނޫނު އަސާސީގެ ކުރީގެ ނިޒާމުގެ ވާހަކައެއްކަމަށާއި މިޤާނޫނު އަސާސީގެ ދަށުން ހިގަން އޮތީކީ ކުރީގެ ނިޒާމުގައި ކަންތައްތައް އޮތްގޮތަކަށްނޫންކަމަށާއި އެހެންވީމާ މިޤާނޫނު އަސާސީއައިރުގައި 285 ވަނަ މާއްދާ ލާފައި އެއޮތީ ކުރީގެ ނިޒާމުން ގެއްލިގެން ގޮސް ނަމަވެސް ކޮންމެވެސް ގޮތަކުން އެއްވެސް ކަހަލަ ތުހުމަތެއް ޝައްކެއް ވަސްވާހެއް ހުރި ބޭފުޅަކު ފަނޑިޔާރުންގެ ތެރޭގައި ހުރިކަމަށް ވާނަމަ އެމީހަކު ފަނޑިޔާރުގެއިން ބޭރުކޮށް ފަނޑިޔާރުގެއަކީ ޝައްކާވަހުމުން ސާފުވެފައިވާ ކޮރަޕްޝަން ނެތް ދޮގުވެރިން މަދު ތަނަކަށް ހެދުމަށް ކަމަށާއި އެހެންވީމާ އެނިޔަތުގައި އަޅުގަނޑުމެންގެ ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނުގެ 17 ވަނަ މާއްދާގެ އަޅުގަނޑުމެން ކޮމިޝަންގައި މަސައްކަތްކުރަންވީ ރޫހާއި މަސައްކަތް ކުރަންވީ ގޮތް އެބައިންކަމަށާއި ދެންމެގައި ޝުޢައިބު ޤާނޫނު ގެ 20 ވަނަ މާއްދާގެ ނ ހަދުމަފުޅުކޮށް އަރުވައިފި ކަމަށާއި ނ ގައި އަމިއްލަމަސްލަހަތާއި ތަޢާރުޒުވާކަންކަމުގައި އެއްވެސް މެމްބަރަކު ބައިވެރިވެ ވަޑައިގެން ނުވާނެކަމަށް އޮތްނަ ކަމަށާއި އެހެން އޮތް އިރު މިޖަލްސާ މިގޮތަށް ކުރިއަށް ދަނީކަމަށާއި އެއަކު އިތުރަށް އެއްޗެއް ނުދަންނަވާނެކަމަށާއި ކުރީދުވަހަކުވެސް އެވާހަކަ ދައްކައިފި ކަމަށާއި އެހެންނަމަވެސް ތިޔަބޭފުޅުން ތިޔަ ވިދާޅުވާ މިހާރު ތިބި ފަނޑިޔާރުންގެ ގިނަ ބަޔަކީ ސެޓްފިކެޓް ފެންވަރުގެ ފަނޑިޔާރުން ކަމަށް ވެފައި އެބޭފުޅުންނަށް އިތުރަށް ތަޢުލީމުގެ ފުރުސަތު ލިބިވަޑައިގެން ނެތީމާ އަޅުގަނޑުމެން އެއްވެސް އެއްޗަކާއި އަރާއިރުމެއް ނުވާނެކަމަށައި އަޅުގަނޑު ތަޢުލީމީ ފެންވަރު ތަޖްރިބާ މިހުރިހާ އެއްޗަކަށް އެއްބަސްވާނެކަމަށާއި އަޙްލާޤީ ގޮތުން ދަށުދަރަޖައިގެ އެއްވެސް ކަމަކަށް އެއްބަހެއް ނުވެވޭނެކަމަށާއި އޭގެ ސަބަބަކީ މިދިޔަ ދުވަހާއި އާދީއްތަދުވަހުގެ ޖަލްސާއާއި ދޭތެރޭ ކުރީގައި މައްސަލަތައް ޝަރީޢަތަށް ނުފޮނުވާ ހުރީ ކީއްވެގެންތޯ އަޅުގަނޑު ބަލާލިއިރު އެންޓިކޮރަޕްޝަން ބޯޑުން ކޮމިޝަނުން ކުރީގައި މައްސަލައެއް ސާބިތުވީމާ އެކޮމިޝަނުން މިއެއްޗެހި ފޮނުވަނީ ރައީސްއޮފީހަށް ކަމަށާއި ފޮނުވީމައި ރައީސް އޮފީހުން އަންގާނެޔޭ ތިޔާ މެދު ފިޔަވަޅެއް ނާޅާށޭ ތި ޝަރީޢަތަށް ނުފޮނުވާށޭ މިހެން ހަދާށޭ، އެއީ އޭރު އޮންނަ ނިޒާމުކަމަށާއި މިވާހަކަ ދައްކަނީ އެއްވެސް ބޭފުޅަކު ކުއްވެރި ކުރަނީ ނޫންކަމަށާއި އަދި އެއްވެސް ސަރުކާރެއް ކުށްވެރިކުރަށް ނޫންކަމަށާއި އެއީ އެޤާނޫނު އަސާސީން އެކަން އޮތްގޮތް ކަމަށާއި އެހެންނަމަވެސް އެކަން އޮތް އިރުގައި އެހެން އޮތް ކަމެއްގައި އޭރުގައި ޝަރީޢަތަށް ނުފޮނުވާ އޮތީއޭ ކިޔާފައި އެފަނޑިޔާރުގެ މައްސަލައެއް ނެތެކޭ ބުނެވޭނެހެން ހީނުވާކަމަށާއި، އަޅުގަނޑު މިމައްސަލާގައި މިވާހަކަ ދައްކާ ފިކުރަކީ ޤައުމީ މަސްއޫލިއްޔަތެއް އުފުލުމުގެ ޤައުމީ މަސްލަހަތަށް ކުރާކަމެއްގެ ގޮތުންކަމަށާއި ފަނޑިޔާރުގެއަކީ ރައްޔިތުން އިތުބާރުކުރާ ޤައުމު އެއާއިމެދު ފަޚުރުވެރިވާ ތެދުވެރި ޢަދުލުވެރި ފަނޑިޔާރުގެއަކަށް ހަދަންކަމަށާއި، އަޅުގަނޑުއެއްގޮތަކަށްވެސް މިތާގައި ފަނޑިޔާރުގޭގައި ތިބި ވަކި ފަރުދުންކޮޅެއްގެ މަސްލަހަތައް ހިމާޔަތަކަށް ވާހަކަ ނުދައްކާ ކަމަށާއި އެހެންނަމަވެސް އެގޮތަށް މިތާ ވާހަކަ ދެއްކޭތީ ވަރަށް ހިތާމަކުރާކަމަށާއި މިކަންކަމުގެ ތެރެއަށް ނުވަންނާނެކަމަށާއި ހަމައެކަނި ބުނަން އޮތް އެއްޗަކީ އެއްވެސް ހާލެއްގައި އަޅުގަނޑެއް އެއްބަހެއް ނުވާނަމޭ ކުޑަމިންވަރެއްނަމަވެސް ޝައްކެއް އެފަނޑިޔާރެއްގެ މައްޗަށް އޮތް މީހަކު އެއީ ސާފު މީހެއްކަމަކަށް އަޅުގަނޑުގެ އަތްނަގާ އެއްބަހެއްނުވާނެކަމަށާއި އަޅުގަނޑުމެން މިކޮމިޝަނާއި ހަވާލުވެފައި އޮތް ޒިންމާއަކީ ދިވެހިރާއްޖެއަށް ރައްޔިތުންނަށް ޤައުމަށް 07 އޯގަސްޓް 2010 ގެ ކުރިން ދިވެހިރާއްޖޭގެ ފަނޑިޔާރުގެއަކީ އިތުބާރު ކުރެވޭނެ އެއްޗެއްކަން ކަށަވަރު ކޮށްދިނުން ކަމަށާއި އެއްވެސް މީހެއްގެ މައްޗަށް ޝައްކެއް އޮތްވައި ނޫނި ތުހުމަތެއް އޮތްވައި އެތުހުމަތެއް ނުބަލާ އެއީ ސާފުމީހެކޭ އަޅުގަނޑުމެންނަކަށް ނުބުނެވޭކަމަށާއި އެއީ އެއްގޮތަަކަށްވެސް ބުއްދި ހަމަޖެހޭ ވާހަކައެއް ނޫންކަމަށާއި 20 އަހަރު ކުރިވިޔަސް 30 އަހަރު ކުރިވިއަސް 40 އަހަރު ކުރިވިއަސް ވަރިހަމަކަމަށާއި ނުބަލާ މައްސަލައެއް އޮތިއްޔާ ބެލެއްވާނޭ، ބަލާފައޭ ބުނާނީ އެއްވެސް މައްސަލައެއް ނެތިއްޔާ ސާފޭ އެއްވެސް މައްސަލައެއް އޮތް ކަމަށް ވެއްޖެއްޔާމު އެޖެހޭނީ ބެލެންކަމަށާއި އެހެންވީމާ އަޅުގަނޑު މިތަނަށް އައިސް މިއިނީ އެއްވެސް ފަނޑިޔާރެއްގެ ހައްގަކު ނޫންކަމަށާއި އެއްވެސް އިންސާނެއްގެ ހައްޤަކު ނޫންކަމަށާއި ޤައުމުގެ ހައްޤުގައި ކަމަށާއި ޤައުމުގެ ހައްގަކު އެއްވެސް ކަހަލަ ތުހުމަތެއް އޮއްވައި އެފަނޑިޔާރަކު ފަނޑިޔާރުގޭގައި ހުރެވޭނޭ ނުބުނެވޭނެކަށާއި އިތުރަކަށް މިމައުލޫއަކު ވާހަކައެއް ނުދައްކާނެކަމަށް އަލްފާޟިލާ ޢާއިޝަތު ވެލެޒިނީ ވިދާޅުވިއެވެ.
10. މިމައްސަލައިގައި ދަންނަވާލަން ބޭނުންވަނީ އެހެން ބޭފުޅުންވެސް ވިދާޅުވިފަދައިން މިކަން އަވަހަށް ނިންމެވޭނެ އިންތިޒާމެ ހަމަޖައްސަވަން ފެންނަކަމަށާއި މިކަމާބެހޭގޮތުން ކޮމިޓީގައިވެސް އަޅުގަނޑުހިމެނޭކަމަށާއި ކޮމިޓީގެ ރިޕޯރޓް ތިބޭފުޅުންގެ އައްމައްޗަށް ގެނެސްގެން ކޮމިޝަންގެ ޖަލްސާގައި 2 ދެފަރަށް ނުވަތަ 3 ފަހަރަށް މިހާރު ވާހަކަދެކެވި ފައި ވާކަމަށާއި އެ ރިޕޯޓުފާސްވެފައި އޮތް ވާހަކައެއް އެވެސްހާލެއްގައި ނުދައްކާ ކަމަށާއި ދެން އެރިޕޯރޓްގައި ހުރި ކަންތައްތައްތަކުގެ ތެރެއިން ކޮމިޝަނަށް ފެންނަނީ ކޮންކަންތައްތަކެއްތޯއާއި ނިންމަވާނީ ކޮންކަންތައްތަކެއްތޯއާއި އަޅުގަނޑުމެން ނަގާނީ ކޮންކަންތައްތަކެއްތޯއާއި ރަގަޅުނޫނީ- އެކަންތައްތައް ބެއްލެވުމަށްފަހު އަވަހަށް ނިންމަވާލެއްވުމަށް ފެންނަކަމަށް އަލްފާޟިލް ޢަބްދުﷲ ދީދީ ވިދާޅުވިއެެވެ. އަދި މިންގަނޑެއް ހެދުމާއި ދޭތެރޭ މިންގަޑެއް ފާސްކުރުމުގައި އެއްވެސް މީހެއްގެ މަސްލަހަތުގެ މައްސަލައެއް ނުކުންނަހެން ހީފުޅުނުވާކަަމަށާއި އެއީ ޤާނޫނުގެ 10 ވަނަ މާއްދާގެ (ނ) ގައިބުނަނީ އެމީހެއްގެ މަސްލަހަތާ ގުޅުންހުރިކަމެއްކަމަށް ބަޔާންކުރެވިފައިވާކަމަށާއި މިންގަނޑާއި މަސްލަހަތާ އެއީ ގުޅުންހުރި ކަމެއްކަމަށް ފެނިވަޑައިނުގަންނަވާކަމަށާއި މިމިންގަޑަކީ ޖުމްލަގޮތެއްގައި ހުރިހާ ފަނޑިޔާރުން އަައްޔަނުކުރުމާ އެމީހުން ވަކިކުރުމާއި ދޭތެރޭ މިކޮމިޝަނުން ކަންތައް ކުރާނީ ކިހިނެއްތޯއާއި އެކަން ފާސްކުރުމަށް އެކަން ބެލުމަށް ޓަކައި ހަދާއޮނިގަޑެއްކަމަށާއި އެއޮނިގަނޑުގެ ދަށުން މިހާރު ރާއްޖޭގައި ތިބި ހުރިހާ ފަނޑިޔާރުން އައްޔަނުކުރުމުގެ ކަންތައް ގެންދެވޭނެކަމަށާއި މިނިންމުގައި ކޮމިޝަނުގެ މެމްބަރެއްވެއްޖެހެއްޔާ ހުރިހާ އެންމެންނަށްވެސް ބައިވެރިވެވޭނެކަމަށާއި އެހެއްވެއްޖެއްޔާ އައްޔަނުކުރެވިގެންވެސް ނުވާނެކަމަށާއި މިވާހަކަ ތައް އަންނަޖެހެނީ އައްޔަނުކުރުމުގެ ކުރިން ކަމަށާއި މިވާހަކަ ސަމާލުކަމަށް ޔައުމިއްޔާއަށްޓަކައި ދަންނަވާލީކަމަށް އަލްފާޟިލް ޢަބްދުﷲ ދީދީ ވިދާޅުވިއެވެ.
11. ކޮމިޝަންގެ މެންބަރ އައްޝައިޚް ޝުޢައިބު އަބްދުއްރަޙްމާން ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނުގެ 20 ވަނަ މާއްދާގެ (ނ) އަށް ޙަވާލާދެއްވައި ދެއްކެވި ވާހަކަފުޅަކަށް ކުރުކުރު ޖަވާބެއް ދަންނަވާލައްވަން ބޭނުންފުޅުވާކަމަށާއި ރިކޯޑަށްޓަކައި ނަމަވެސް އެވާހަކަށް ކުރުކުރު ޖަވާބެއް އަރުވަން ޖެހޭކަމަށް އަލްއުސްތާޛު އާދަމް މުޙައްމަދު ޢަބްދުﷲ ވިދާޅުވިއެވެ. އެގޮތުން ވިސްނާއިރުގައި ޤާނޫނު އަސާސީއަކީ ކޮންމެ ޤައުމެއްގައިވެސް އެންމެ އުހުގައި އޮންނަ ޤާނޫނު ކަމަށާއި ދެން އަޅުގަނޑުމެން ވިސްނާލަންވީ މިކޮމިޝަންގެ މެންޑޭޓް އޮތީ ކޮންގޮތަކަށް ތޯއާ ކޮންމެ ގޮތެއްގައި ނަމަވެސް ޤާނުނުއަސާސީގައި މިކޮމިޝަންގެ މެމްބަރުންގެ އަދަދާއި އެމެމްބަރުންނަކީ ކޮންދާއިރާއަކުން އަންނަ މެމްބަރުންތޯއާއި ޤާނޫނު އަސާސީގައި ރީތިކޮށް މިކޮމިޝަނުން ކުރަންޖެހޭ ކަންތައްތައް ބުނާކަމަށާއި އެހެންވީމާ ހަދާންވާގޮތުން 149 ވަމަ މާއްދާދާގައިވާ ގޮތުގެ މަތިން މިޤާނޫނުއަސާސީ ފާސްވިއިރުގައި މިނިޒާމްގެ ތެރޭގައި އޭގެ މާނައަކީ ޖުޑިޝިއަރީގެ ނިޒާމުގެ ތެރެއިން މަސައްކަތް ކުރައްވަމުން ގެންދެވި ހުރިހާ ފަނޑިޔާރުންނާމެދުގައި ޤާނޫނުއަސާސީގައިވާ ގޮތުގެމަތިން ޤާނޫނުއަސީގެ ދަށުން ބަލަންޖެހޭ ކަންތައްތައް ބެއްލެވުމަށްފަހު 2 އަހަރު ދުވަހުގެ ތެރޭގައި ޝަރުތު ފުރިހަމަވައި މީހުން ރީއެޕޮއިންޓްކުރުމަށް ބަޔާންކުރެވިފައިވާކަަމަށާއި ވީމާ އެކަމަކީ ޤާނޫނުއަސާސީގެ ދަށުން މިކޮމިޝަންގެ ހުރިހާ މެންބަރުންގެ މައްޗައް ލާޒިމު ކަމެއްކަމަށާއި އެގޮތުން ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނުގެ 20 ވަނަ މާއްދާގެ (ނ) މާނަކުރެވެނީ އެމެންބަރަކަށް ހާލިސް މަންފާއެއް އޮންނަ ކަންކަމުގައިކަމަށާއި މިކަމަކީ ހަމައެކަނި މިކޮމިޝަންގެ ވަކި މެންބަރަކަށް އޭގެ އަސަރު ފޯރުވައި ކަމެއް ނޫންކަަމަށާއި މުޅި ނިޒާމަށް ކޮމިޝަނުން ގޮތެއް ކަނޑައަޅުއްވައި ނިންމަވަންޖެހޭކަމެއްކަމަށް އަލްއުސްތާޛު އާދަމް މުޙައްމަދު ޢަބްދުﷲ ވިދާޅުވިއެވެ. އަދި އާންމު މަސްލަހަތު ގުޅިފައި އޮތް ކަމަެއްކަމަށާއި އެކަން ނިމެއިރު ވަކިނިޒާމަކުން ރުޖޫޢަވެގެންގޮސް އޭގެތެރެއިން ލިބިގެން ދިޔަކަމުގައިވިޔަސް އެއީ މީގައި މިބުނާ މަސްލަހަތު ފުށުއަރާކަމެއްކަމަށް ޤަބޫލެއް ނުކުރެވޭކަމަށާއި ޤަބޫލުކުރެވެނީ 20ވަނަ މާއްދާގެ ނ ގައި އެބުނަނީ ހަމައެކަނީ އެމެމްބަރކަށް ޚާލިސްކަންތައްތަކުގެ ވާހަކަކަމަށް ކަމަށާއި މިކަމަކީ މިތާމިތިބޭ މެމްބަރަކަށް ޚާއްސަ ކަމެއް ނޫންކަމަށާއި މިއީ މުޅި ނިޒާމަގައި ތިބޭ ހުރިހާ ބޭފުޅުންނަށް މީގެ އެފެކްޝަން އަންނަ ކަމެއް ކަމަށާއި އެއީ ޤާނޫނު އަސާސީގެ މެންޑޭޓްގެ ތެރޭގައި އަޅުގަނޑުމެން ކޮމިޝަނުގެ ކޮންމެ މީހަކު ހިއްސާވެގެން ކުރަންޖެހޭނެ ކަމެއްކަމަށް ވިދާޅުވިއެވެ. އަދި ޤާނޫނުއަސާސީގެ 299 ވަނަ މާއްދާގައި އެބާޔާންކުރެވިފައިވާ އެއްޗެއްވެސް ވަރަށް ރަނގަޅަށް ވިސްނަވަންޖެހޭކަމަށާއި އެ މާއްދާގެ (ހ) މިބުނަނީ ވެރިކަން ހިންގާ ފަރާތާއި ރައްޔިތުންގެ މަޖިލީހުން ޢަދުލު އިންސާފު ޤާއިމްކުރުމުގެ ބާރުންނާއި މުސްތަޤިއްލު ކޮމިޝަންތަކާއި މުސްތަޤިއްލު މަޤާމްތަކުގައި ތިބޭ މީހުންނާއި ދައުލަތުގެ މުއައްސަސާތަކުންނާއި ދައުލަތުގެ މަޤާމްތަކާއި ހަވާލުވެ ތިބި މީހުންނާއި ހުރިހާ ރައްޔިތުން މިޤާނޫނު އަސާސީއަށް ޢަމަލުކުރަން ފެށުމާއިއެކު މިޤާނޫނު އަސާސީގައިވާ އެންމެހާ ކަންތައްތަކަށް ފުރިހަމަޔަށް ކިޔަމަންވެ ޢަމަލުކުރަން ވާނެކަމަށާއި އެހެން އޮންނައިރު ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ އެންމެ ފަހު އަކުރު (އ)، ކޮމިޝަނުގައި ވާހަކަ ދައްކަވާފައި އޮންނާނީ މީގެމައްޗައް ބިނާކޮށްކަމަށާއި މީގައި މިބުނަނީ އެމީހަކު ކުށެއް ކޮށްފިކަން އެކަށީގެންވާ މިންވަރަށް ޝައްކެއްނެތި، ޝަރީޢަތުގައި ސާބިތުނުކުރެވޭނަމަ އެމީހަކީ ކުށެއްނެތް މީހަކުކަމުގައި ބެލުމުގެ ހައްގު ލިބިގެންވާކަމަށާއި މިވާހަކަ ދެކެވޭ ކޮންމެ އިރަކު މިތާގައި މިމާއްދާ ތަކުރާރުކޮށް މިތަރަގައިގެ ތެރޭގައި އަޅުގަނޑުމެން ވާހަކަދައްކާ އެއަށް ގިނަބަޔަކު ތާއީދުކޮށް ފައި އޮތް ކަމެއްކަމަށާއި އަޅުގަނޑުމެން މިވާހަކަ ދައްކަނީ ހުސްވާހަކަތަކެއްގެ ގޮތުގައި ހަވާނަފުސަށް ފެންނަ ގޮތަކަށްނޫންކަމަށާއި ޤާނޫނު އަސާސީގެ 299 ވަނަ މާއްދާގައި ބުނަނީ އަޅުގަނޑުމެން އެންމެންވެސް އެއަށް ކިޔަމަން ވާންވާނެކަމަށާއި އަޅުގަނޑުމެން މިނަގަހައްޓަނީ ޤާނޫނު އަސާސީގެ 51 ވަނަ މާއްދާގެ އ ގައި މިބުނާ މާއްދާކަމަށާއި މިއަކާއި ޖަދަލުކުރުމެއް ބަހުސް ކުރުމެއް އޮންނަނެހެން ހީނުވަކަމަށާއި އަޅުގަނޑުމެން ހިތުގައި ބަޔަކާއި މެދު ކޮންމެ ކަހަލައެއްޗެއް ހިތުލައިގެން އުޅުނަސް ޤާނޫނު އަސާސިގެ ތަރަހައިގެ ނޫންގޮތަކަށް އަޅުގަނޑުމެންނަށް ކަންކަން ނިންމޭ ހިސާބަށް ގޮސްގެން ނުވާނެކަމަށް އަލްއުސްތާޛް އާދަމް މުޙައްމަދު ވިދާޅުވިއެވެ.
12. މިހިސާބުން ޑރ. އަފްރާޝީމަށް ވާހަކަދެއްކުމަށް ދެވުނު ފުރުސަތުގައި އަޅުގަނޑު ދަންނަވަން ހުރި ވާހަކަތައް މާ ބަލާގާތްތެރިކޮށް ފަސާހާތްތެރިކޮށް އުސްތާޛް އާދަމް މުޙައްމަދު ވިދާޅުވެއްޖެކަމަށާއި މިހާހިސާބުން ފުރުސަތު ދޫކޮށްލީކަމަށް ވިދާޅުވިއެވެ.
13. ޤާނޫނުއަސާސީގެ 51 މާއްދަގައި އޮންނަ ހައްޤަކީ ފަރުދީ ހައްޤެއްކަަމަށާއި ފަރުދީީ ހައްޤެއް ނަގަހެއްޓުމަށްޓަކައި ޤައުމީ ހައްޤެއް ނައްތާއެއް ނުލެވޭނެކަމަށާއި ރައްޔިތުން އެންމެންގެ ހައްގެއް ނައްތައެއް ނުލެވޭނެކަމަށާއި މަސައްކަތްކުރުމުގެ ހައްގާއި ކުށެއް ސާބިތު ނުވާހާ ހިދަކު ކުށެއް ނުކުރާމިހެއްކަމަށް ބެލުުމަކީ ކޮންމެ މީހެއްގެވެސް ހައްޤެއްކަމަށާއި އެހެންނަމަވެސް ކުށެއް ނުކުރާ ކޮންމެ މީހަކީ ފަނޑިޔާރުކަަމަށް އެކަށީގެންވާ މިހެކޭ ނުބުނެވޭނެކަމަށާއި ފަނޑިޔާރެއްގެ އަޙްލާޤު ހުރި މީހެއްކޭވެސް ނުބުނެވޭނެކަަމަށާއި އެހެންވީމާ އެންމެ ފުރަތަމަ އިސްކަން ދޭންޖެހޭނީ ފަނޑިޔާރު ގެއެއް ބިނާކުރާއިރުގައި ފަނޑިޔާރުގޭގައި ބިންގާއަޅާއިރުގައި ރައްޔިތުންގެ ހައްޤަށްކަަމަށާއި ފަރުދީ ހައްޤަކަށް ނޫންކަމަށާއި ފަނޑިޔާރުކަމުގައި ފަރުދަކުހުރެ އެނާކުރި ކުށްތަކަށް އަދަބެއް ނުދީ ނުބެލި މިއަދާ ހަމަޔަށް ހުރުމަކުން މިއަދު އޭނާ ބަހައްޓާކަށް އަޅުގަނޑުމެން ނުޖެހޭކަމަށާއި ޤާނޫނު އަސާސީގެ ރޫޙަކީވެސް ޤާނޫނު އަސާސީގެ 285 ވަނަ މާއްދާގެ މާނައަކީވެސް ފަނޑިޔާރުގޭގައި ތިބި ހުރިހާ ފަނޑިޔާރުންނަކީސާފުތާހިރު ބައެއްތޯބަލައި އެކަން ކަނޑައެޅުންކަމަށާއި އޭގައި ފަރުދުންގެ މައްޗަށް އަޅުގަނޑުމެން ބަލާ ކަނޑައަޅަންޖެހޭއިރު ފަރުދެއް ޤައުމުގެ މައްޗަކަށް ނުނެގޭނެކަމަށާއި އެންމެ ފަނޑިޔާރަކު އެތާހުރެގެން އޭނާއަކީ ކުށްކުރާ މީހަކުކަމުގައި ވެގެން އޭނާއަކީ ރިޝްވަތު ހިފާމީހަކަށްވެގެން އޭނާއަކީ ދޮގުވެރިއަކަށްވެގެން މުޅި ފަނޑިޔާރުގެ އަގުވެއްޓޭކަށް އަޅުގަނޑުމެންނަކަށް މަސައްކަތެއް ނުކުރެވޭނެކަމަށާއި ވީމާ މިދައްކަނީ މީހެއްގެ މަސައްކަތްކުރުމުގެ ހައްގުގެ ވާހަކައެއްނޫންކަމަށާއި އަދި ކުރީދުވަސް އޯޑިޓަރ ޖެނެރަލް ވަކިކުރެވުނީވެސް ޝަރީޢަތަށް ސާބިތުވެގެންނޫންކަމަށް ދަންނަވާލިކަަމަށާއި ޑރ. އަފްރާޝީމް ރައްޔިތުންގެމަޖިލީހުގައި އިނދެ އެކަމަށް ވޯޓުދެއްވިކަމަށާއި އެއީ ޝަރީޢަތަކަށް ސާބިބުވެގެންނޫންކަމަށް އެއީ އޭނައަކީ އޮޑިޓަރ ޖެނެރަލްކަމުގެ މަޤާމަށް އެކަށީގެންވާ މީހެއްކަމަށް ފެނިގެންކަމަށާއި ހަމައެގޮތަށް ފަނޑިޔާރެއްގެ ރިކޯޑުގައި އޭނައަކީ އަދުލުވެރި މީހެއްކަމާއިމެދު އޭނާއަކީ އަދުލުވެރިމީހެއްކަމަށް ޝައްކުއުފެދޭފަދަ އެއްވެސްކަމެއް އޮވެއްޖެއްޔާމު ސާފުކޮށް ނުބަލާ އަޅުގަނޑުމެންނަކަށް ނުބުނެވޭނޭ އޭނާއަކީ ސާފުމީހެކޭ އޭނާގެ މައްޗަށް ކުށެއް ސާބިތުނުވުމަކުން އޭނާއަކީ ފަނޑިޔާރަކަށް ވާކަށް ނުޖެހޭކަމަށާއި އެއަކީ އެންމެންގެ ހައްގެއް ނޫންކަމަށް އަލްފާޟިލާ ޢާއިޝަތު ވެލެޒިނީ ވިދާޅުވިއެވެ.
14. ވެލެޒިނީ ހުށަހެޅުއްވި ލިޔުމާއި ކޮމިޓީގެ ރިޕޯޓަށް އަޅުއްވައި ބައްލަވާލައްވާއިރުގައި ޖަލްސާ ތަންކޮޅެއް އަވަސްކޮށް ގެންދެވޭނެހެން އެއްޗެއް ތައްޔާރުރައްވާއިއޮތްނައިރު މީގެ ފުރަތަމަ ގޮޅީގައި އެއީ ސުމާރު ނަންބަރު އިނދެފައި ޤާނޫނުގެ މާއްދާ އިނދެފައި ދެންމިއިން ދާއިރާ ދެން އެއަށްފަހު ހުށަހެޅުއްވި ގޮތް ދެން އެއަށްފަހު ހުށަހެޅުންތަކަށް ދެވޭ އިޖާބަ ދެން އެއަށްފަހު އެންމެ ފަހުގޮޅީގައި މިއޮންނަނީ އަމަލުކުރަންވީގޮތްކަމަށާއި އެ ލިޔުމުގެ ކުރީކޮޅުގައި އެ ހުރިބައިތައް ތަޢުލީމު (ހ) (ށ) ނަންބަރު އެކެއްގެ ދެން ނަންބަރު 2 ގެ ތަޖްރިބާ ވަރަށް ބޮޑުބައި އޮތީ ކޮމިޓީގެ ރިޕޯޓުގައި ހުރިގޮތަށްކަމަށާއި އެކަމަކު މި ބަހުސް ކުރެވޭ ދާއިރާގައި މިއިކީ ހުށަހެޅިފައި އޮތްގޮތަށް ނުވަތަ ކުރިން ގެންދެވިގޮތަށްވެސް ގެންދެވިދާނެކަމަށް ޑރ. މުޙައްމަދު ލަޠީފު ވިދާޅުވިއެވެ. އަދި މިހާރު ފުދޭވަރަކަށް މިމައްސަލައާ ގުޅިގެން ބަހުސްކުރެވިފައިވާކަަަށާއި މިކަން ނިމޭނެ ގޮތަކަށް އޮތީ މިޚިޔާލުތަފާތުވެފައިވާ ދާއިރާނުކުތާއަށް ގޮތެއް ނިންމެވުންކަމަށްވެސް ވިދާޅުވިއެވެ. އަދި މީގައި އެންމެ ބޮޑު ނުކުތާއަކަށް މިއޮންނަނީ އަޚްލާގު މިނުންކަމަށާއި 149 ވަނަ މާއްދާގެ (ށ) ގެ 3 ގައި ކަނޑައަޅާފައިވާ ބަަޔަކީ އައްލެވޭނެ އެއްޗެއް ނޫންކަމަށާއި އެއީ ނިމިފައޮތްކަމެއް ކަމަށާއި އެއިންކަމެއް އޮތިއްޔާ އެމީހަކު އެހިސާބުން ވަކިވީކަމަށާއި ދެންއޮތްކަމަކީ އަޙްލާޤު ބަޔާންކުރުން ކަމަށާއި ކޮމިޓީގައި އަޚްލާގާބެހޭގޮތން ވަަރަށް މަޝްވަރާކުރެވިފައިވާކަމަށާއި ، އަޙްލާޤަކީ ކޮންމެވެސް ގޮތަކަށް ބަޔާންކުރެވިގެން އޮންނަންޖެހޭނެ އެއްޗެއްކަމަށް ކޮމިޓީން ބުރަވެފައިވާކަމަށާއި ހަމަ މިހެން ވިސްނާލަފައި މިވެނި މީހަކީ އަޚްލާގު ރަގަޅުމީހެކޭ ނުވަތަ އެމީހަކާ ދޭތެރޭ މީހުން ދެކޭގޮތް ޕާރސެޕްޝަންސް އެއީ މިންގަޑެއްތޯ އެވާހަކަ ވަރަށް ދެކެވުނުކަމަށާއި އެކޮމިޓީން ޕާރސެޕްޝަނާއި އެކަހަލަ ކަންތައްތަކުގައި މިހާރު ތިބި ބައެއް އިއާދަކުރަން ވިސްނަން ނުފެނުނުކަމަށާއި އެހެންވެ ރިޕޯރޓްނިންމާލާއިރުވެސް އެއީ (މިފަހަރު މިކަންކުރާގޮތް) ޕްރެސީޑެންޓަކަށް ބޭނުންނުކުރުމަށް ރެކޮމެންޑް ކޮށްފައިވާނެކަމަށާއި އަލުން ފަނޑިޔާރުން ހޯދާއިރު މީހާ މުޖުތަމަޢުތެރޭގައި ހުރި ފުންނާބު އުސްމިނަކާއި އޭނާ މުޖުތަމަޢުތެރޭގައި މީހުން އަބުރުވެރިކޮށް އުޅެފައިހުރި ހުރުން އެކަހަލަ ކަންތައްތަކަށް އަލަށް މީހުން ހޯދާއިރު ރިޢާތްކުރުމަށް ފުރުސަތުބާއްވާފައި މިހާރު ތިބި މީހުން ކަނޑާލަންވާނީ ސާބިތެއްގެ މައްޗަށް ކިޔާފައި ކޮމިޓީން ޖިނާއީ ކޯޓުން ލިސްޓް (ކުށްތަކުގެ ) ގެނައި ކަމަަށާއި އެލިސްޓް ބަލައިގެން އެލިސްޓުގައި ހުރި ހުރިހާކަންތައްތަކެއް މީގެ ތެރޭގައި ހިމަނާކަށް ކޮމިޓީއަކަށް ނުފެނުނު ކަމަށާއި އިތްޒަތްތެރި މެމްބަރުން ހުށަހަޅުއްވާފައިވާ ލިސްޓްގައި 41 އޮތް ކަމަށާއި ސެކްރެޓޭރިއަޓުން އަތްޕުޅަށް އެރުވިގޮތަށް އޮތީކަމަށްވެދާނެކަމަށާއި ކޮމިޓީން އިޚްތިޔާރުކުރައްވާފައިވަނީ 29 އައިޓަމްކަމަށާއި ކުރީދުވަހުގެ ބަހުސްގައިވެސް އެބޭފުޅުން ވިދާޅުވަނީ ޝަރީޢަތަށް ސާބިތެއް އޮންނަންވާނެކަމަށްކަމަސާޢި އަދި ސާބިތުވެފައި އޮތަސް ކޮމިޓީއަށް ގެނެސްގެން ބަލާފައި ނިންމަންވާނެކަމަށާއި މީގައި (މެމްބަރު ހުށަހެޅުއްވި ތާވަލްގައި) ވަރަށް ކުދި ކަންތައްވެސް އެބަހުރިކަމަށް ޑރ. މުޙައްމަދު ލަޠީފު ވިދާޅުވިއެވެ.
15. ފާސްކޮށްފައި އޮތް ލިސްޓަށް ދަމާތޯއޭ އަލްފާޟިލާ ޢައިޝަތު ވެލެޒިނީ ވިދާޅުވިއެވެ.
16. 2 ގޮތަކަށް މިހާރު ކުރިއަށް ގެންދެވިދާނެކަމަށާއި އެެއީ ކުރިން ހުށަހަޅުއްވާފާ ގޮތަށާއި އަދި މެމްބަރު ހުށަހެޅުއްވި ގޮތަށް ތާވަލުން ނަންބަރުނަގައި ވޯޓަށް އަހައިވެސް ނިންމާލެވިދާނެކަމަށާއި އޮތީ މިދެގޮތްކަމަށާއި ނިޒާމު މުގުރާލާކަށް ނޫންކަމަށާއި އެޖެންޑާގައި އެހެނިހެން އައިޓަމެއް ބާއްވަން އެދިފައިވާނެކަމަށާއި އެއީ ކިޔަވައިގެން އައިމީހުންނަށް ވަޒީފާ ހަމަޖެއްސުމުގައި އިންޓަރވިއުކުރުމަށް ހޮއްވަވާދެއްވި 5 މެމްބަރުންގެ ތެރެއިން 1 މެމްބަރު ތަނާޒުލްވެއްޖެކަމަށައި ވީމާ އޭގެ ބަދަލުގައި ނަމެއް ހަމަޖައްސަވައިދެއްވުމަށް އެކަމަށް ވަގުތު ކޮޅެއް ދެއްވިއްޔާ ވަރަށް ރަގަޅުކަމަށް ޑރ. މުޙައްމަދު ލަޠީފު އެދިލެއްވިއެވެ.
17. ވަރަށް ކުޑަކުޑަ އެއްޗެއް ދަންނަވާލަން ކަމަށާއި އެއީ އާދަން ތަކުރާރުކޮށް ދައްވާތީ ކަމަށާއި 51 ވަނަ މާއްދާގެ (ހ) ގެ ވާހަކަ ދައްކާއިރު (އެއީ (އ) ކަމަށް މެމްބަރުން ވިދާޅުވި) ހައިކޯޓުގެ ޤަރާރުގެ މައްސަލާގައި އަދިވެސް އަލްއުސްތާޛު ޢަބްދުލްޣަނީ މުޙައްމަދު ވަކިކުރައްވާފައިވަނީ ކީއްވެގެންކަން އެބޭފުޅާއަށް އެގިލައްވާފައި ނުވާކަމަށާއި އެއީވެސް އަމިލްލަ މަސްލަހަތުގެ ކަމެއްގެ ގޮތުގައި ދެކިވަޑައިގަންނަވާކަމެއްކަމަށް އައްޝައިޚް ޝުޢައިބު ޢަބްދުއްރަޙްމާން ވިދާޅުވިއެވެ. އަދި އަލްފާޟިލާ ވެލެޒިނީ އިސްވެ ދެއްކެވި ވާހަކަފުޅަށް ތާއިދުކުރައްވާކަމަށްވެސް ވިދާޅުވިއެވެ.
18. އަދި ހައިކޯޓުން، ރައްދުވާ ފަނޑިޔާރަށް އެންގުމަކާ ނުލާ އެފަދަ ކަމެއް ކުރެއްވުމަކީ ވަރަށް ހިތާމަކުރައްވާކަމަށާއި އަލްފާާޟިލާ ޢާއިޝަތު ވެލެޒިނީ ވިދާޅުވިއެވެ. އަދި ކޮމިޝަންގެ ތެރޭގައި ކޮމިޝަންގެ މަސައްކަތްތަކަށް ގެންގުޅުއްވައި ސުލޫކުގެ މައްސަލައެއް ހުރިކަމަށް ވިދާޅުވެ، ވަކިކުރައްވާފައިވާއިރު ހައިކޯޓުގެ 3 ފަނޑިޔާރުން އިސްނަންގަވައިގެން ކޮމިޝަންގެ ސަމާލުކަމަށް ނުގެންނަވައި ކަންކުރެއްވި ފަނޑިޔާރަކު، ކޮމިޝަންގައި އިންނަވައިގެން ވިދާޅުވެފައިވަނީ ކޮމިޝަނުން މިއުޅުއްވަނީ ވަކި ބަޔަކާ ޖައްސާލައިގެންކަމަށް އަލްފާޟިލާ ޢާއިޝަތު ވެލެޒިނީ ވިދާޅުވިއެވެ. އަދި ކޮމިޝަނުން ވަކި ބަޔަކާ ޖައްސާލައްވައިގެން ނޫޅުއްވާކަަމަށާއި އެބޭފުޅެއް ކުރެއްވި ކަންތައްތައް ރެކޯޑުން ފެންނަން އޮތްކަމަށްވެސް ވިދާޅުވިއެވެ. އެއީ އެބޭފުޅާ އުފެދުމުގައި ހުރި ސިފައެއްވެސް ނޫންކަމަށައި އެއީ އެބޭފުޅާ އަމިއްލައަށް ކުރެއްވި ކަމެއްގެވާހަކަކަމަށާއި އަދި މިޖަލްސާ މިހިނގަމުން މިދަނީ އަނެއްކާވެސް ތަކުރާރުކޮށް ފާހަގަކޮށްލަން ބޭނުންކަމަށާއި އެއްގޮތަަކަށްވެސް ކޮމިޝަންގެ މެންބަރުންގެ ސުލޫކުގެ ތެރެއިން ނޫންކަމަށާއި ދަންނަވާފައިވާނީ ތުހުމަތެއް އެބޭފުޅެއްގެ މައްޗައް އޮތް ބޭފުޅަކު ރިޔާސަތުގައި އިންވާ ވާހަކަކަމަށް އަލްފާޟިލާ ޢާއިޝަތު ވެލެޒިނީ ވިދާޅުވިއެވެ. “ރިޔާސަތުގައި އިންނަ ބޭފުޅާގެ މައްޗައް ތުހުމަތެއް އޮތުމުން ޝަރީއަތަށް ސާބިތުވެފައޭ އެކަނި ކިޔުއްވާފައި ދާއިރުގައި ތުހުމަތާއި ސާބިތުނުކުރެވޭ ކަންތައްތައް ހުރި 10 މީހުން، އަޅުގަނޑު މިދައްކަނީ 20 މީހެއްގެ ވާހަކަ އެ ލިސްޓުގައި އޮތް. އެ 20 މީހުންނަކީ އޭގެދަށުން ކޮންމެހެން ވަކިވާން ތިބި މީހުންކަަމަށް ނުވެދާނެކަމަށާއި އެޖެހޭނީ ވަކިވަކިން ބަލަންކަމަށާއި” އެލިސްޓުގައި ނުކުޅެދޭކުދިންނަށް ތަކުރާރުކޮށް ބަދުއަޙްލާޤީ އަމަލު ހިންގުމާއި ކުޑަކުދިންނަށް ޖިންސީ ގޯނާއި އަމަލުހިންގާފައި ތިބި މީހުން، އެ 20 ފަނޑިޔާރުން ހިމެނޭ ލިސްޓުގައި ހިމެނޭކަމަށް އަލްފާޟިލާ ޢާއިޝަތު ވެލެޒިނީ ވިދާޅުވިއެވެ. އަދި ކޮމިޝަންގެ ރައީސް މި ސަލާމަތް ކުރުމަށް މިކުރާ މަސައްކަތްގުގައި މިހުރިހާ އެންމެންވެސް އަޅުގަނޑުމެން ސަލާމަތް ކުރައްވާނީތޯއާ މިހާރު މިއެދިމާލަށް ދެވެކަމަށް ވަރަށް ވައްތަރުވާކަމަށް އަލްފާޟިލާ ޢާއިޝަތު ވެލެޒިނީ ސުވާލުކުރެއްވިއެވެ. އަދި ހައިކޯޓުން ވަޑައިގެން ފަނޑިޔާރަކީ އަބަދުވެސް ރިޔާސަތުން ވިދާޅުވާ އެއްޗަކަށް ތާއިދުކުރައްވައި ބޭފުޅެއްކަމަށްވެސް ވިދާޅުވިއެވެ. އަދި 11 މާރޗްގެ އިންތިޚާބުގެ ޔައުމިއްޔާ ބަލާލީމާ ވަރާށް ސާފުކޮށް ކޮމިޝަނުގެ 7 މެމްބަރުން ދެއްކި ވާހަކައާ އެންމެ 2 ބޭފުޅުން ދެއްކިވާހަކަ – އެންމެ 2 މެމްބަރުން ދެއްކި ވާހަކައަށް ނިމިފައިއޮތް ކަމަށާއި ރިކޯޑުތައް ގެނެސްގެން މިތާގައި ބެލެވެން ވާނެކަމަށް ޤައުމީ މަސްލަހަތަށް ނުބަލާ މިކަން ނިންމަވައިގެން ނުވާނެކަމަށް – އަލްފާޟިލާ އަޢިޝަތު ވެލެޒިނީ ވިދާޅުވިއެވެ.
19. ނިޒާމީ ނުކުތާ ނެންގެވުން.
20. ވަކި މީހަކަށް ނިސްބަތްކޮށް އެއްވެސް އެއްޗެއް ނުބުނާކަމަށް އަލްއުސްތާޛު އާދަމް މުޙައްމަދު ވިދާޅުވިއެވެ. އަދި އަޅުގަނޑަކީވެސް މިކޮމިޝަނުގެ މެމްބަރެއްކަމަށްވާތީ ވާހަކަފުޅު ދެއްކެވީ މިމަޢުލޫއާ ގުޅިގެން ފާހަގަ ކުރެވޭ ކަންތައްތައްތަކާބެހޭގޮތުންކަަމަށްވެސް ވިދާޅުވިއެވެ. އަދި އެބޭފުޅަކަށް ވިސްނިވަޑައިގަންނަވާއެއްޗެއް ޤާނޫނީ އިމުގެ ތެރޭގައި ޝަރީޢަތުގެ އިމުގެ ތެރޭގައި ދެއްކިވާހަކައެއް ދެއްކެވިކަމަށާއި ވަކިމީހަކަށް ނިސްބަތްކޮށް އެއްވެސް އެއްޗެއް ނުބުނާކަމަށާ ދެއްކި ވާހަކައަކީ އަމިއްލަ ނަފްސުން ހަދައިގެން ދެއްކި ވާހަކައެއް ނޫންކަމަށާއި މިމައުލޫއާ ގުޅިގެން ފާހަގަކުރަންޖެހޭ އަދި އަޅުގަނޑަކީވެސް މިކޮމިޝަނުގެ މެމްބަރެއްކަމަށްވާތީ އެބޭފުޅަކަށް ވިސްނޭ އެއްޗެއް ޤާނޫނީ އިމުގެތެރޭގައި ޝަރީއަތުގެ އިމުގެތެރޭގައި ވިދާޅުވުމަކީ އެބޭފުޅެއްގެ ޒިންމާއެއްކަމަށާއި ވީމާ ވާހަކަދައްކާފައިވަނީ އަޅުގަނޑުގެ ޒިންމާ އަދާކުރުމުގެ ގޮތުން ކަމަށާއި އަދި މިކޮމިޝަނަކީ ވަކި ބޭފުޅެއްގެ ކޮމިޝަނެއް ނޫންކަމަށާއި މިކޮމިޝަނަކީ މުޅި ނިޒާމުގެ ތެރެއިން އުފެދިފައިވާ ކޮމިޝަނެއްކަމަށާއި ވީމާ އެކަކު ވާހަަ ފުޅުދައްކަވައިއިރުގައި އަނެކަކުވެސް، ސާފުކޮށް ރީތިކޮށް އަޑުއައްސަވަން އިންނެވުމަކީވެސް ހީފުޅުވާގޮތުގައި ޑިމޮކްރަސީކަމަށާއި އެބޭފުޅެއްގެ ޚިޔާލާ ތަފާތުގޮތަކަށް ވާހަކަފުޅު ދެއްކެވިކަމުގައިވިއަސް ކޮންމެހެން އަނެއް ބޭފުޅަކަށް ނިސްބަތްކޮށް ދެރަބަހެއް ބުނުއްވާކަށް ނުޖެހޭކަަމަށް އަލްއުސްތާޛު އާދަމް މުޙައްމަދު ވިދާޅުވިއެވެ. އަދި ކޮމިޝަންގެ މަސްޢޫލިއްޔަތުތައް އަދާކުރެވޭނީ އޮމާންކޮށް، ރީތިކޮށް ވާހަކަދެއްކެވޭ ޖައްވެއްގައި ތިބަވައިގެންކަމަށްވެސް ވިދާޅުވިއެވެ.
21. ކޮމިޝަންގެ މެންބަރުންގެ އިމްތިޔާޒަށް އަރައިގަތުން އެއީ ވަރަށް ބޮޑު މައްސަލައެއްކަަމަށް ޑރ. އަފްރާޝީމް ޢަލީ ވިދާޅުވިއެވެ. އަދި އެއީ ކަނޑައެޅިގެން މަނާކަމެއްކަމަށްވެސް ވިދާޅުވިއެވެ. ވީމާ އެހެން ބާރުލާ އެއްޗެހި ވިދާޅުވާއިރު މީގެފަހުން ރިޔާސަތުން އެކަން މަނާކުރެވެންޖެހޭނެކަމަށް ޑރ. އަފްރާޝީމް ޢަލީ ވިދާޅުވިއެވެ. އަދި މިހާރު މި ބަހުސް ކުރައްވާ މައްސަލައަކީ ނިމިފައިވާ މައްސަލައެއްކަމަށާއި ބަހުސްގެ މަރުޚަލާ އޮތީ ނިމިފައިކަމަށްވެސް ވިދާޅުވިއެެވެ. އަދި ކޮމިޝަންގެ މެންބަރުންގެ ޚިޔާލު ހުރިގޮތް މިހާރު އެނގިފައިވާއިރު ކޮންމެވެސް ގޮތަަކަށް ނިންމަވަންޖެހޭކަމަށް ވިދާޅުވިއެވެ. އަދި މެންބަރުންގެ ތާއިދު އޮތްގޮތް ބެއްލެވުމަށްފަހު މިކަންތައް ކުރިއަށް ގެންދިއުމަށް ޑރ. އަފްރާޝީމް ޢަލީ ވިދާޅުވިއެވެ.
22. ޤާނޫނީ އިމުން ބެލެން އޮތް އެން ފުޅާމިނަކަށް ބަލަން ތާއީދުކުރައްވާކަމަށާއި ނިންމަވައި ނިންމުން ބަދަލުނުވާކަހަލަގޮތަކަށް އަޙްލާޤު ބެލެންއޮތް އެންމެ ފުޅާމިނަކަށް ބެއްލެވުމަށް ތާއިދުކުރައްވާކަމަށް އަލްއުސްތާޛު އަޙްމަދު ރަޝީދު ވިދާޅުވިއެވެ. ނަމަވެސް ޝަރުޢީ ކޯޓުތަކަށް އެ ސާބިތުކޮށްދޭވޭވަރުގެ މިންގަނޑަކަށް އެ ވާންވާނެކަމަށާއި ކޮންމެހެން ޤާނޫނުގައި އޮންނާކަށް ނުޖެހޭކަަމަށާއި ޝަރީޢާބެހޭ މިންގަނޑުންވެސް އެކަން ސާބިތުކޮށްދެވޭކަމުގައިވާނަމަ އެއީ ބަލަންޖެހޭކަމެއްކަމަށް ޤަބޫލުފުޅުކުރައްވާކަމަށްވެސް ވިދާޅުވިއެވެ.
23. އަދި އަލްއުސްތާޛު އަޙްމަދު ރަޝީދުގެ ވާހަކަފުޅަށް ތާއިދުކުރައްވާކަމަށާއި މިހެންތިބެފައި އަޅުގަނޑުމެންގެ ވިސްނުމުގައި ހުރީ މިވެނިކަމެކޭ ހިތަށް އަރަނީ މިވެނިއެއްޗެކޭ ބުނުން- ޤާނޫނު އަސާސީއާ މުސްތަޤިއްލު ކޮމިޝަންތައް ހަދާފފައި ހަމަ ހަމަ އުސޫލުތަކެއް މިޤައުމުގައި ޑިމޮރަސީޤާއިމްވެފައިމިއތޮތީ އޮންނަނީ އެގޮތަަކަށް ކަންކުރިއަ ނުދޭންކަމަށާއި ބޭކާރުވާހަކަ ދައްކަވަން ރިޔާސަތުންވެސް ފުރުސަތު އަރުއްވައިގެން ނުވާނެކަމަށާއި ވާހަކަ ދައްކަވަންޖެހޭނީ އެމީހަކަށް އެ ލިބިގެންވާ އިލްމުގެ ތެރެއިންކަަމަށް އަލްފާޟިލް ޢަބްދުﷲ ދީދީ ވިދާޅުވިއެވެ. އަދި އަޙްލާޤާބެހޭގޮތުން ވަރަށް ގިނަފަަހަރު މަޝްވަރާކުރެވިފައިވާކަމަށާއި ނުބަލާކާށް ނޫޅެންކަމަށާއި އެންމެންގެވެސް އަޚްލާޤު ބެލެންޖެހޭނެކަމަށާއި ވަކިމީހަކަށް އަޚްލަގީ މައްސަލަތަކެއް ހުރިކަމަށް ވާނަމަ އެމީހަކަށް ފިޔަވަޅުވެސް އަޅާނެކަމަށާއި އެއްވެސް މީހެއްގެ އަޚްލާޤީމައްސަލައެއް ނުނިންމާ ވަކިމީހަކު އައްޔަނުކުރާށެ އަޅުގަނޑުމެންވެސް ނުބުނާކަމަށާއި، ޤާނޫނީ އިމުގެ ތެރެއިން ބެލެން އޮތްގޮތަކަށް ބައްލަވައިގެން އެކަން ކުރެއްވުމަށް ފެންނަކަަމަށް އަލްފާޟިލް ޢަބްދުﷲ ދީދީ ވިދާޅުވިއެވެ. އަދި ކޮމިޝަން ތެރޭގައި ވާހަކަ ދައްކަވަންޖެހޭނީ އެންމެންވެސް ހަަމަހަމަ އުޞޫލެއްގެ މަތިންކަަމަށްވެސް ވިދާޅުވިއެވެ. އަދި ވަކި މީހެއްގެ ދިމާލަށް މުހާތާބުކުރައްވައި ވަކިއެއްޗެއް ބުނުމުގެ ޖާގައޮތް އެއްވެސް ބޭފުޅަކު މިތާގައި ނުތިއްބަވާނެކަމަށާއި ރިޔާސަތުން ހުށަހަޅުއްވާފައިވާ އޮނިގަނޑާ ދޭތެރޭގައި ގޮތެއް ނިންމަވައިދެއްވުމަށް އަލްފާޟިލް ޢަބްދުﷲ ދީދީ ވިދާޅުވިއެވެ.
24. އަލްފާޟިލާ ޢާއިޝަތު ވެލެޒިނީ ލިޔުއްވާފައިވާ މިންގަނޑުގައި ޝައްކެއް އޮތްކަމުގައިވިއަސް ވަކިކުރައްވާގޮތަށް ލިޔުއްވާފައެއް ނޯންނާނެކަމަށާއި އެލިޔުން ބައްލަވާލައްވައިފިނަމަ އެނގިވަޑައިގަންނަވާނެކަަމަށާއި ދަންނަވާހާވެސް އެއްޗެއްކީ އެއްވެސް ކަހަަލަ ޝައްކެއް ތުހުމަތެއް އޮތަސް ޝަރީޢަތަށް ނުފޮނުވާ ނިންމާފައިއޮތަސް އެމައްސަލަތައް ވަކިވަކިން ނަންގަވައިގެން ބަލާފަ ގޮތެއް ނިމަވާށޭކަމަށާއި ޝަރީޢަތަށް ސާބިތުވެއްޖެއްޔާ އެއޮތީ ވަގުތުން ވަކިވެފައިކަމަށައި އެހެންނަމަވެސް އެެއެއްވެސް މައްސަލައަކީ ނެތްމައްްސަލައަކަށް އަޅުގަނޑުމެންނަށް ނުބުނެވޭނެކަމަށާއި ތުހުމަތެއް އޮތިއްޔާ ޝައްކެއް އޮތިއްޔާ އެކަން ރަގަޅަށް ނުބަލާ ސާފެކެ ނުބުނެވޭކަމަށާއި މިދަންނަވާއެއްޗަކީ މިއީކަމަށް އަލްފާޟިލް ޢާއިޝަތު ވެލެޒިނީ ވިދާޅުވިއެވެ. އަދި މިހާރުވެސް ރިޔާސަތުގައި އެ އިންނަވަނީ ސުލޫކީ މިންގަނޑުގެ ބޭރުންކަަމަށާއި އެއްވެސް ފަނޑިޔާރަކު އެމީހެއްގެ އަމިއްލަ މަސްލަހަތު އޮންނަކަމެއްގައި ބައިވެރިވެގެން ނުވާނެކަމަށް ވަރަށް ސާފުކޮށް ސުލޫކީ މިންގަޑުގައިވެސް ކޮމިޝަންގެ ޤާނޫނުގައިވެސް ބުނެފައި އޮންނަކަމަށާ ކޮންމެ އެއްޗެއް ވިދާޅުވިއަސް މިހާރު މިޖަލްސާ ހިގަނމުން މިދަނީ ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ސުލޫކުގެ ތެރެއިން ކަމަކަމަށް ނުދެންނެވޭނެކަމަށާއި ރެކޯޑުގައި ހުރިއެއްޗެހި ބެއްލެވުމަކީ ކޮމިޝަންގެ ޒިންމާއެއްކަމަށްވެސް ވިދާޅުވިއެވެ. އަދި ރިޔާސަތުގެ އިންބޭފުޅާގެ ރެކޯޑެއް އެބައޮތްކަމަށާއި އޭގައި ތެދެއް އަދި ދޮގެއް އެގިވަޑައިނުގަންނަވާކަމަށް އަލްފާޟިލާ ޢާއިޝަތު ވެލެޒިނީ ވިދާޅުވިއެވެ.
25. ކޮމިޝަންގެ ރިޔާސަތަކަށް އިންނެވުމުގައި ނޫނީ ކޮމިޝަންގެ މެންބަރަކަށްވުމުގައި އެއްވެސް ޤާނޫނީ އިމުން ބޭރަށްގޮސްފައިނުވާނެކަމަށާއި ކޮމިޝަނަށް އައްޔަންކުރުމުގެ ކުރިންވެސް އަދި އައްޔަންކުރުމުގެ ފަހުގައިވެސް، ކޮމިޝަންގެ ރައީސްގެ އެއްވެސް ސުލޫކީ މައްސަލައެއް އެއްވެސް ތާކުން ބައްލަވާފާއެއް ނުވާކަމަށާއި ސުލޫކީ އެއްވެސް ފިޔަވަޅެއް އަޅުއްވާފައި ނުވާކަަމަށާއި އަޅުނގަޑު އައްޔަނުކޮށްފައިވަނީވެސް ޖުޑީޝަލް ސަރވިސް ކޮމިޝަނުން އެޕްރޫވްކޮށްގެން ރައީސުލް ޖުމްހޫރިިއްޔާއަށް ނަންފޮނުވައިގެން އެތަނުން ބެލެންހުރި ބެލުންތަކެއް ބަލާފައިކަމަށާއި އެއީ ވަރަށް ފަހުންކޮށްފައިވާކަމެއް ކަމަށާއި އަދި އަޅުގަނޑު ފައިސާއަށް ޚިޔާނަތްތެރިވީ މައްސަލައެއް ނޯންނާނެކަމަށާއި އަޅުގަނޑަކީ ދުވަހަކު ފައިސާއާއި ހަވާލުވެހުރި މީހެއްނޫންކަމަށާއި ފައިސާއެއްގައި ޖެނުނު މީހެއްނޫންކަމަށާއި ޗެކެއްގެ އެއްޗެއްގައި ސޮއިކުރާމީހެއްނޫންކަމަށާއި އަމިއްލައަށް ސަރުކާރުގެ ވައްގަޑަށް އައްލާމީހެއްނޫންކަމަށާއި އަައްލެވޭކަހަލަ ވަޒީފާ އަދާކުރި މީހެއްނޫންކަަމަށާއި މިއީ އަޅުގަނޑުގެ ދިފާއުގައި އެވާހަކަ ދައްކަވާތީ ކިޔާއެއްޗެއްކަމަށާއި ކުރީގައި ބައެއްބޭފުޅުން ސަރީއަތަށް ސާބިތުވެފައިއޮތަށް ކޮންމެވެސް ނުފޫޒެއް ފޯރުވައިގެން އެކަންތައް ޤަބޫލުނުކުރާކަމަށް ބައެއް ބޭފުޅުން ވިދާޅުވާކަމަށާއި މިހާރު ޝަރީޢަތާއި ހަމަޔަށް ނުދިޔަސް އެވެސް ޤަބޫލުކުރާ ހުކުމްތަކަށް އެބަވޭކަމަށާއި އަޅުގަނޑުމެންގެ ހާލަތުހުރީ މިގޮތަށްކަމަށާއކޮމިޝަނުން ތަނާޒުލްވާންޖެހޭ މީހެއްކަމަށް އިއުތިރާޒު ކުރާކަމަށް އަޅުގަނޑު މިހުރީ ޤާނޫނާ އެއްގޮތަށްކަމަށް ކޮމިޝަންގެ ރައީސް އަލްއުސްތާޛް މުޖުތާޛް ފަހުމީ ވިދާޅުވިއެވެ.
26. އަލްފާޟިލާ ޢާއިޝަތު ވެލެޒިނީ ހުށަހަޅުއްވާފައިވާގޮތަށް ރިޕޯޓު ފަށައިގެން މަތިން ތިރިޔަށް ދާނީތޯ ނޫނީ މިހާރު އެ ރިޕޯޓަށް ބައްލަވައިގެން ކުރިއަށް ދާނީތޯ ކޮމިޝަންގެ ރައީސް އަލްއުސްތާޛު މުޖުތާޒު ފަހުމީ ސުވާލުކުރެއްވިއެވެ. އަދި އަޙްލާޤުގެ ބައި ނިންމަވައި ދެއްވުމަށް ޑރ. މުޙައްމަދު ލަޠީފު ވިދާޅުވިއެވެ.
27. ސުލޫކުގެ މިންގަނޑުގެ 04 ވަނަ މާއްދާއަށް ހުށަހެޅިފައިވާ އިސްލާހު ފާސްކުރައްވައި ދެންހުރި ކަންތައްތައް ކުރިއަށް ގެންދިއުމަށް ފެނިވަޑައިގަންނަވާތޯ ކޮމިޝަންގެ ރައީސް ސުވާލުކުރެއްވިއެވެ.
28. 3 ހުށަހެޅުމެއް އެބައޮތްކަމަށާއި 1 ހުށަހެޅުމަކީ ކޮމިޓީގެ ހުށަހެޅުންކަަމަށާއި 2 ވަނަ ހުށަހެޅުއްވުމަކީ އައްޝައިޚް ޝުޢައިބު ޢަބްދުއްރަޙްމާން ހުށަހެޅުއްވި ހުށަހެޅުންކަމަށާއި ވެލެޒިނީގެ ހިޔާލުފުޅާއެކު އެ ހުށަހެޅުން ވަރަށް ބޮޑަށް ކަވަރވާކަަމަށް ޑރ. މުޙައްމަދު ލަޠީފު ވިދާޅުވިއެވެ. އަދި ހުށައެޅުއްވި ހުށައެޅުން ދޫކޮށްލައްވާކަމަށް އައްޝައިޚް ޝުޢައިބު ޢަބްދުއްރަޙްމާން ވިދާޅުވެލައްވާ، އަލްފާޟިލާ ޢާއިޝަތު ވެލެޒިނީގެ ހުށައެޅުމަށް ތާއިދުކުރެއްވިއެވެ. ވީމާ 2 ވަނަ ހުށައެޅުމަކީ އަލްފާޟިލާ ޢާއިޝަތު ވެލެޒިނީގެ ހުށައެޅުންކަމަށާއި 3 ވަނަ ހުށައެޅުމަކީ ކޮމިޓީން ހުށައަޅުއްވާފައި މިހިރަ އެއްޗެހިވެސް އެއީ ސާބިތު- މިކަމަށް ރަގަޅުވާނި އަހްމަދު ރަޝީދުކަމަށް ޑރ. މުޙައްމަދު ލަތިފު ވިދާޅުވިއެވެ.
29. އެމީހެއްގެ ހައްގު އުނިވިކަމަށް ބެލެވިގެން އެހެން މަރުހަލާތަކަށް ދާނެކަމަށާއި ދިޔާމައި އެތަންތަނުން އެއީ ސާބިތު ކޮށްދެވެން އޮތް މިންގަޑަކަށް ވާންވާނެކަމަށާއި ޤާނޫނުން އެ ކަނޑައަޅުއްވައި ނޫނީ ޝަރީއާބެހޭ މިންގަނޑުން އެކަނޑައަޅުއްވައި ގޮތުގެމަތިން ބެލެންއޮތް އެންމެ ފުޅާމިންވަރަކަށް ބެއްލެވުމަށް ތާއިދުކުރައްވާކަމަށް އަލްއުސްތާޛު އަޙްމަދު ރަޝީދު ވިދާޅުވިއެވެ.
30. އައްޝައިޚް ޝުޢައިބު ޢަބްދުއްރަޙްމާން ހުށަހެޅުއްވި ހުށަހެޅުން ގެންދެވީކަމަށާއި އަލްއުސްތާޛު ޢަބްދުﷲ ޝާހިދު ކުރިން ހުށައެޅުއްވި ހުށަހެޅުން ތިރީގައި ބަޔާންކުރެވިފައިވާ ގޮތަށް ކޮމިޝަންގެ ރައީސް ކޮމިޝަނަށް އިއްވަވާ ދެއްވިއެވެ. “ޤާނޫނުއަސާސީގެ 149 ވަނަ މާއްދާގެ (ށ) ގެ 3 ވަނަ މާއްދާގެ އަޙްލާޤު ރަނގަޅުކަމަށް ބަލާނެ މިންގަނޑު އެއީ 4 ވަނަ މާއްދާއަށް ގެންނެވި އިސްލާހެއްކަަމަށް”
31. އެދުވަހު ދެބަސްވެފައިވަނީ 149 ގެ (ހ) ގައި އިންނަ އަޙްލާޤު ރަނގަޅު، އެވާހަކައަށްކަަމަށް އަލްފާޟިލާ ޢާއިޝަތު ވެލެޒިނީ ވިދަޅުވިއެވެ.
32. އަދި މަޖިލީހުގެ ރައީސް ހުށަހަޅުއްވާފައިވަނީ (ށ) 3 ގައި ބުނާ ކުށެއްކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާނަމަ އަޙްލާގުގެ ބައިން އެމީހަކު ޝަރުތު ފުރިހަމަނުވާކަމަށް ބެލުން މިނޫން ޖިނާއީ ކުށެއް ޝަރީޢަތަށް ސާބިތުވެފައިވާނަމަ އެމައްސަލައެއް ކޮމިޝަނުން ރިޔާއަތްކޮށް ކޮމިޝަނުން ގޮތެއް ނިންމުން ކަމަށް ކޮމިޝަނުގެ ރައީސް އަލްއުސްތާޛް މުޖުތާޛް ފަހުމީ ވިދާޅުވިއެވެ.
33. (ހ)ގެ ފަހުކޮޅުގައި އިންތަންކޮޅު އެއްވެސް ގޮތަކަށް މާނަކުރެވިފައި ނެތުމާއެކީ 149 ވަނަ މާއްދާގެ (ށ)ގެ 3 ގައި އެއޮތްގޮތަށް ނިންމަވަން މަޖިލީހުގެ ރައީސް ހުށަހެޅުއްވިކަމަށް ނުވަތަ އަސްލުގައި ކޮމިޝަނުގެ ރައީސް ފުރަތަމަ ހުށަހެޅުއްވިކަަމަށް ހީފުޅުވެ ވަޑައިގަންނަވާކަމަށް އަސްލުގައި މަޖިލީހުގެ ރައީސް އެއަށް ތާއީދުކުރެއްވިކަމަށް ހަދާންވާކަމަށް ޑރ. އަފްރާޝީމް ޢަލީ ވިދާޅުވިއެވެ.
34. އަޙްލާގުގެ ބައިން ރިއެޕޮއިންޓްނުކުރެވޭނަމަ އެކަން ޕްރޫވް ކޮށްދެވިދާނެތޯ ސާފުކޮށްލަން ބޭނުންކަމަށާއި ޕްރޫފް ކޮށްދެވޭނެކަމުގެ އަސާސްތައް ދައްކައިފިކަމުގައި ވާނަމަ މިހުރީ އެގޮތަށް ތަބާވާންކަމުގައި އަލްއުސްތާޛް އަޙްމަދު ރަޝީދު ވިދާޅުވިއެވެ.
35. އަދި ވެލެޒިނީ ހުށަހެޅުއްވި ގޮތަށް ނިންމައިފިނަމަ ޝަރީޢަތަށް ސާބިތުކޮށްދެވިދާނެތޯ ޑރ. މުޙައްމަދު ލަތީފުވެސް ސުވަލުކުރައްވުމުން އަލްއުސްތާޛް އާދަމް މުޙައްމަދު އެކިފަހަރުމަތިން ދެއްކި ވާހަކައިން ހުރިހާ ބޭފުޅުންނަށްވެސް އެކަން ސާފުވާނެކަމަށް އެބޭފުޅާ ވިދާޅުވިއެވެ.
36. ދީނުގައިވެސް ޤާނޫނުގައިވެސް އަސްލު އޮންނަގޮތަކީ މީހެއްގެ މައްޗަށް ކޯޓަށް ޝަރީޢަތަށް ސާބިތު ނުވާކަމަށް ވަންޏާ ދެން އެމީހާއަކީ އެއީ ބަރީއަވެގެންވާމީހެއްކަމަށާއި އުސްތާޛް އަހުމަދު އެފާހަގަކުރައްވަނީ މީހަކު މައްސަލަޖައްސައިގެން ކޯޓަށް ހިގައިދާނެކަމަށާއި އަޅުގަނޑުމެން މިއުޅެނީ އެބިރެއްވެސް ނޫންކަމަށާއި އަސްލު މީގެ އަސާސަކީ އޭނަގެ މައްޗަށް ކުށެއް ސާބިތުނުވާކަންކަމަށާއި އެނިނުމީކަމަށާއި އޭނަގެ މައްޗަށް ކަމެއް ސާބިތުވެގެން ކޯޓަށް ދިއުން އެއީވެސް ވިސްނަންޖެހޭ އެއްޗެއްކަމަށާއި އަސްލު އަސާސަކީ އެެއެއް ނޫންކަމަށައިއެއީ އަސާސްގެ ނަތީޖާކަމަށާއި ޑރ. އަފްރާޟީމް އަލީ ވިދާޅުވިއެވެ.
37. ޤާނޫނު އަސާސީގެ 285 ވަނަ މާއްދާގައި ޤާނޫނުހަނި ދާއިރާއިން އެކަން ވިސްނައިގެން ނުވިސްނޭނެކަމަށާއި 285 ވަނަ މާއްދާ ރަމްޒީކަމެއްގެ ގޮތުގައި މިތާ ބޭފުޅުން ވާހަކަ ދައްކައިފިކަމަށާއި އެހެންނަމަވެސް ރަމްޒީކަމެއް ކުރާކަށް ޤާނޫނު އަސާސީގައި ވަކި މާއްދާއެއް ލިޔެ 2 އަހަރު ދުވަހުގެ މުއްދަތެއް ނޯންނާނެކަމަށައި މީގެ ރޫހަކީވެސް މީގެ މަޤްސަދަކީވެސް ފަނޑިޔާރުގެ ސާފުކުރުންކަމަށާއި ސާފުކުރަން ބަލާއިރު މިހެން ލިޔެ ޖުޑީޝަލް ސަރވިސް ކޮމިޝަނުން އެމީހެއްގެ ޝަރުުތު ފުރިހަމަނުވާކަމަށް ކަނޑައަޅައިފިނަމަ އެހިދުން އެހިދަށް ވަކިވާނޭ އޮތުމުން ފަނޑިޔާރުންގެ ވާހަކަ ދައްކައި ހުރިހާ ފަނޑިޔާރުން ބަލާއިރު އެކަމުގައި ފަނޑިޔާރުގެއަށް އަލުން ދިއުން އެއީ ޑިމޮކްރެޓިކް މުޖުތަމައެއްގައި ބަލައިގަނެވޭނެ މިންގަޑެއް ނޫންކަމަށައި މިތާ ބޭފުޅުން ބަހުން ކިޔަން އެގުނަސް ޑިމޮކްރަސީގެ ވިސްނުމާއި މާނައާއި ތަޖްރިބާ ކުރެވިފައިނެތީމައި މިކަހަލަ ކަންކަން ވާނެކަމަށާއި އެޤައުމެއްގެ ޑިމޮކްރަސީހިގާނީ އެކަން ކުރަން ތިބޭ ބައެއްގެ ވިސްނުމާ ތަޖްރިބާ ހުރި މިންވަރަކުންކަމަށާއި މިކޮމިޝަންގައި ި މިތާމިތިއްބެވި 10 ބޭފުޅުންނާއިއެކު މިއިނ މިތާގައި ޢާންމު ޑިމޮކްރަސީއަކަށްވެސް ޤައުމުގެ ކުރިއަކަށްވެސް ޤައުމުގެ ތަރައްޤީއަކަށްވެސް ރައްޔިތުންގެ މަސްލަހަތަކަށްވެސް މިތާނގެ ފިކުރެއް ނެތްކަމަށާއި މިހާރު މިކަން ނިމިގެންދާގޮތުން ފަނޑިޔާރުންގެ މަސްލަހަތުގައި މިކަން ކޮށްފިއްޔާ މިކަން ވާނީ ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މެމްބަރުންގެ ސުލޫކާ މުޅިން ޚިލާފަށްކަމަށް އަލްފާޟިލާ އައިޝަތު ވެލެޒިނީ ވިދާޅުވިއެވެ.
38. އަލްފާޟިލާ ޢާއިޝަތު ވެލެޒިނީ ހުށައެޅުއްވި ލިޔުމުގައި އަޙްލާޤުގެ ބައިގައި ހުރި ހުށަހެޅުންތައްވެސް އިއްވަވާދެއްވުމަށް އެމެންބަރު ވިދާޅުވިއެވެ. އަދި ވޯޓު ނަންގަވައި އިރުގައި ވަރަށް ސާފުކޮށް އެކިމެންބަރުން ވޯޓު ދެއްވިގޮތް އެނގެން އޮންނަންޖެހޭނެކަމަށާއި އަލްފާޟިލާ ޢާއިޝަތު ވެލެޒިނީ އެދިލެއްވިއެވެ.
39. މިމައްސަލާގައި އެމިންގަނޑު ހެއްދެވުމަށް ކޮމިޝަނުން ކޮމިޓީއެއް އެކުލަވާލައްވާފައި ވާއިރު އެ ކޮމިޓީގެ ރިޕޯޓަށް، ވޯޓަށް އެއްސެވުމަށާއި ވަކި މެންބަރަކު ކަރުދާހެއް ތައްޔާރުކުރައްވައިގެން އެގޮތަށް ހަވާލުކޮށްފައިނެތްކަމަށާއި މި ރިޕޯޓު ފާސްނުކުރައްވާކަމުގައިވަނީވިއްޔާ ފާސްނުކޮށް ނިންމަވާ ލެއްވުމަށް އަލްފާޟިލް ޢަބްދުﷲ ދީދީ ވިދާޅުވިއެވެ.
40. އެންމެ ދުވަހަކުވެސް 285 ވަނަ މާއްދައާ މަޝްވަރާކުރެއްވުމަށް ފުރުސަތެއް ލިބިވަޑައިގެންފައި ނުވާކަމަށް އަލްފާޟިލާ ޢާއިޝަތު ވެލެޒިނީ ވިދާޅުވިއެވެ.
41. އޯޑިޓަރ ޖެނެރަލް ގެ ވާހަކައަކީ ޤާނޫނު އަސާސީގައި ވިލަރެސްކުރެވިފައި އަކަން ގެންދަވާނެގޮތް ރައްޔިތުންގެ މަޖިލީހަށް ދީފައިއޮތް ކަމެއްކަަމަށާއި މިކޮމިޝަނަކީ ފަނޑިޔާރުން ވަކިކުރާ ތަނެއް ނޫންކަމަށާއި މިތަނަށް ޝަކުވާ ހުށަހެޅުނީމައި ބަލާފައި އެހިސާބަށް ދާކަމަށް އަޅުގަނޑުމެންނަށް ފެނިއްޖެއްޔާ ހުށަހަޅަންޖެހެނީ މަޖިލީހަށް ކަމަށާއި ގޮތެއްނިންމަވަނީ މަޖިލީހުން ބަލާފައިކަމަށާއި ވީމާ އޯޑިޓަރ ޖެނެރަލްގެ ހާލަތާމިހާލަތާ ޤާނޫނީ ގޮތުން ވަރަށް ތަފާތުކަމަށް އަލްއުސްތާޛް އާދަމް މުޙައްމަދު ވިދާޅުވިއެވެ.
42. އަދި އަލްފާޟިލާ ޢާއިޝަތު ވެލެޒިނީ ހުށައެޅުއްވި ހުށައެޅުން ވޯޓަށް އައްސަވާގޮތަށް ތޯ ނުނީ ވޯޓަށް ނާއްސަވާގޮތައްތޯ އޮތީ އެމެންބަރު ސުވާލުކުރެއްވިއެވެ. އަދި ވޯޓަކަށް އެއްސެވޭނީ މިކަން ނިންމަވައިގޮތަކުންކަމަށް ކޮމިޝަންގެ ރައީސް އަލްއުސްތާޛު މުޖުތާޒް ފަހުމީ ވިދާޅުވިއެވެ.
43. “ކޮމިޓީގެ ރިޕޯޓުގެ 04 ވަނަ މާއްދާ އަޙްލާޤު ރަނގަޅުކަމަށް ބަލާނެ މިންގަނޑުކަމަށް ޤާނޫއަސާސީގެ 149 ވަނަ މާއްދާގެ (ށ) ގެ 3 ވަނަ މާއްދާގައި އެބުނާ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާނަމަ އަޙްލާޤީ ބައިން އެމީހަކު ޝަރުތު ފުރިހަމަވުމަށް ނުވާކަަމަށް ބެލުން، މިނޫން ޖިނާއީ ކުށެއް ޝަރީއަތައް ސާބިތުވެފައިވާނަަމަ އެމައްސަލައަށް ކޮމިޝަނުން ރިއާއަތްކޮށް އެމީހަކާމެދު ކޮމިޝަނުން ގޮތެއް ނިންމުން” އަދި މި ހުށައެޅުމަށް ތާއިދުކުރައްވާތޯ ކޮމިޝަންގެ ރައީސް ސުވާލުކުރެއްވިއެވެ.
44. މެންބަރުންގެ ހުށައެޅުންތަކުގެ ތަރުތީބުން ވޯޓަށް އެއްސެވުމަށް އަލްއުސްތާޛު އަޙްމަދު ރަޝީދު ވިދާޅުވިއެވެ.
45. ރިޕޯޓުގެ 4 ވަނަަ ބަޔަށް އެންމެ ފުރަތަަމަ އިސްލާހު ހުށައެޅުއްވީ އައްޝައިޚް ޝުޢައިބު ޢަބްދުއްރަޙްމާންކަމަށާއި ކޮމިޝަންގެ ރައީސް ހުށައެޅުއްވި ހުށައެޅުމެއްކަމަށްވައި ޤާނޫއަސާސީގެ 149 ވަނަ މާއްދާގެ (ށ) ގެ 3 ވަނަ މާއްދާގައި އެބުނާ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިނުވާނަމަ އަޙްލާޤީ ބައިން އެމީހަކު ޝަރުތު ފުރިހަމަ ނުވާކަަމަށް ބެލުންކަަމަށާއި ފަހުން އަލްއުސްތާޛު ޢަބްދުﷲ ޝާހިދު ހުށައަޅުއްވާފައިވަނީ މިނޫން ޖިނާއީ ކުށެއް ޝަރީއަތައް ސާބިތުވެފައިވާނަަމަ އެމައްސަލައަށް ކޮމިޝަނުން ރިއާއަތްކޮށް އެމީހަކާމެދު ކޮމިޝަނުން ގޮތެއް ނިންމުންކަމަށް ވިދާޅުވިއެވެ. އަދި ކޮމިޓީގެ ރިޕޯޓުގެ 4 ވަނަ މާއްދާ ކޮމިޝަންގެ ރައީސް ކޮމިޝަނަށް އިއްވަވާ ދެއްވިއެވެ.
46. ކޮމިޓީގެ ރިޕޯޓުގެ 4 ވަނަ މާއްދާއަށް އިސްލާހެއް ގެންނަވަން ބޭނުންފުޅުވޭތޯ ކޮމިޝަންގެ ރައީސް ސުވާލުކުރެއްވިއެވެ. އަދި އެކަމާމެދު އިއުތިރާޒެެއް ނެތްކަމަށާއި އެކަން ކުރެއްވުމަށްފަހު އަޙްލާޤުގެ ބައި ނިމުނީތޯ އަލްފާޟިލާ ޢާއިޝަތު ވެލެޒިނީ ސުވާލުކުރެއްވިއެވެ. އަދި އަޙްލާޤުގެ 2 ވަނަ ނުކުތާއެއް އެބައިންކަމަށާއި ޝަކުވާއުފެދެނީ ފުރަތަމަ ދެންނެވި ނުކުތާއަށް އެއްބަސްވުމުން، އެ އެއްބަސްވެވެނީ ހަމައެކަނި އެނުކުތާގައިވާ ކަންތައްތައްކަށް ވާތީކަމަށް އަލްފާޟިލާ ޢާއިޝަތު ވެލެޒިނީ ވިދާޅުވިއެވެ. އަދި އަޙްލާޤުގެ ބައި ހެދުމުގެ ހުރިހާވެސް މިންގަނޑަކީ އެއީތޯ ވަރަށް ސާފުކޮށް ވިދާޅުވުމަށްފަހު ވޯޓަށް އެއްސެވުމަށް އަލްފާޟިލާ ޢާއިޝަތު ވެލެޒިނީ ސުވާލުކުރެއްވިއެވެ.
47. އަދި އިސްވެ ކޮމިޝަންގެ ރައީސް އިއްވަވާ ދެއްވި ހުށައެޅުމަށް ތާއިދުކުރައްވައި ބޭފުޅުން އަތްމައްޗައްނެންގެވުމަށް ކޮމިޝަންގެ ރައީސް ވިދާލުވިއެވެ.
48. އަދިވެސް އެ ސުވާލަކަށް ޖަވާބު ލިބިވަޑައިނުގަންނަވާކަމަށާއި ވޯޓުގައި ބައިވެރިވެވޭނީ އެސުވާލުގެ ޖަވާބު ދެއްވުމަށްފަހު، ވޯޓަށް އެއްސެވީމާކަމަށްވެސް އަލްފާޟިލާ ޢާއިޝަތު ވެލެޒިނީ ވިދާޅުވިއެވެ. އަދި އަޙްލާޤީގޮތުން ބައްލަވާނީ މި މިންގަނޑަށްކަަމަށް ކޮމިޝަންގެ ރައީސް ވިދާޅުވިއެވެ.
49. އަދި އަނެއް ނުކުތާއަކީ ޝަރީއަތައް ސާބިތުވާ ކުށްތައްވެސް، ޝަރީއަތައް ސާބިތުވެފައި ނުވިއަސް އަޙްލާޤުގެ ބައިން އެއީ ތުހުމަތުތަކަށްވެސް ދެނަގަނެވޭނެތޯއާއި ފުރަތަކަ ވޯޓަކަށް މިއައްސަވަނީ މިގޮތަށްކަމަށް ކޮމިޝަންގެ ރައީސް ވިދާޅުވިއެވެ.
50. “ޤާނޫއަސާސީގެ 149 ވަނަ މާއްދާގެ (ށ) ގެ 3 ވަނަ މާއްދާގައި އެބުނާ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިނުވާނަމަ އަޙްލާޤީ ބައިން އެމީހަކު ޝަރުތު ފުރިހަމަ ނުވާކަަމަށް ބެލުންކަަމަށާއި މިނޫން ޖިނާއީ ކުށެއް ޝަރީއަތައް ސާބިތުވެފައިވާނަަމަ އެމައްސަލައަށް ކޮމިޝަނުން ރިއާއަތްކޮށް އެމީހަކާމެދު ކޮމިޝަނުން ގޮތެއް ނިންމުން” މި ހުށައެޅުމަށް ކޮމިޝަންގެ ރައީސް ވޯޓަކަށް އައްސަވައި ޑރ. މުޙައްމަދު ލަތީފް، ޑރ. އަފުރާޝީމް ޢަލީ، އަލްއުސްތާޛު އާދަމް މުޙައްމަދު އަދި އަލްފާޟިލް ޢަބްދުﷲ ދީދީ ތާއިދުކުރެއްވިއެވެ. އަދި އައްޝައިޚް ޝުޢައިބު ޢަބްދުއްރަޙްމާންއާއި އަލްފާޟިލާ ޢާއިޝަތު ވެލެޒިނީ ތާއިދު ނުކުރައްވާކަަމަށް ވިދާޅުވިއެވެ. އަދި އެހުށައެޅުމަށް އިދުކޮޅު ނުހައްދަވައިކަމަށާއި ނަމަވެސް ވަކިއެއްޗެއް ވިދާޅުވާން ބޭނުންފުޅު ނުވާތީ ވޯޓު ނުދެއްވީކަމަށް އަލްއުސްތާޛު އަޙްމަދު ރަޝީދު ވިދާޅުވިއެވެ.
51. އަދި މި ހުށައެޅުމަށް 4 ބޭފުޅުން ތާއިދުކުރައްވައި ފާސްކުރެވުނީކަމަށް ކޮމިޝަންގެ ރައީސް ވިދާޅުވިއެވެ.
52. އެނުކުތާއަށް ތާއިދު ކުރައްވާކަަމަށާއި ނަމަވެސް އެހުށައެޅުމަށް ތާއިދު ނުކުރެވޭ ސަބަބަކީ، އެ ނުކުތާއަށް ތާއިދުކުރައްވައިވިނަމަ ދެން އަންނަ ދުވަހެއްގައި ވާނެގޮތެއް އެގިވަޑައިނުގަންނަވާތީކަމަށް އަލްފަޟިލާ ޢާއިޝަތު ވެލެޒިނީ ވިދާޅުވިއެވެ. އަދި އަޙްލާޤީގޮތުން ރަނގަޅު އެކަށީގެންވާ ފަނޑިޔާރެއްތޯ ބެއްލަވުމުގައި ހަމައެކަނި ބައްލައްވަންވާނީ އެމީހަކާ ގުޅޭގޮތުން ކޯޓަށް ސާބިތުވާކަންތައްތައް އެކަނި ނޫންކަަމަށާއި އެހެންގޮތްގޮތުންވެސް ބެއްލެވެންޖެހޭނެކަމަށް އަލްފާޟިލާ ޢާއިޝަތު ވެލެޒިނީ ވިދާޅުވިއެވެ.
53. ޤާނޫނުއަސާސީގެ 149 ވަނަ މާއްދާގެ (ށ)ގެ 3 ވަނަ މާއްދާގައި ބުނާ ކުށެއްކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާނަމަ އަޚުލާޤީ ބައިން އެމީހަކު ޝަރުޠު ފުރިހަމަ ނުވާކަމަށް ބެލުމާއި މިނޫން ޖިނާއީކުށެއް ޝަރީޢަތަށް ސާބިތުވެފައިވާނަމަ އެމައްސަލައަށް ކޮމިޝަނުން ރިޢާޔަތްކޮށް އެމީހަކާމެދު ކޮމިޝަނުން ގޮތެއް ނިންމުމަށް ނިންމުނެވެ.

މުޖުތާޒް ފަހުމީ
ކޮމިޝަންގެ ރައީސް

Leave a comment

Filed under Uncategorized

Leave a comment