Velezinee's Blog

ޤާނޫނުއަސާސީ 2008ގެ ކުރީން ފަނޑިޔާރުކަމަށް އައްޔަނުކުރި މީހުންގެ ޝަރުތުހަމަވޭތޯބަލާނެ މިންގަނޑެއްނެތި؛ ފަނޑިޔާރުންނާބެހޭ ޤާނޫނެއްނެތި؛ މިހާރު އައްޔަނުކުރާ ފަނޑިޔާރުންގެ މިންގަނޑު ކަނޑައެޅުމުން މައްސަލަތަކެއް ނުއުފެދޭނެބާ
ދިވެހިރާއްޖޭގެ ވެރިކަމުގެ 3 ބާރު ވަކިކުރި ދުސްތޫރާއެކު، ކުރީގެ ނިޒާމުން އާ ނިޒާމަށް ބަދަލުވެ، ޤާނޫނުއަސާސީ (2008) ގައި ބަޔާންވެގެންވާ ޑިމޮކްރަޓިކް ނިޒާމް އުފައްދައި، އާލާކޮށް، ނަގަހައްޓައި ދެމެހެއްޓުމަށްޓަކައި މިހާރު މިހިނގަމުންދާ އިންތިޤާލީ މަރުހަލާގެތެރޭގައި ތަފާތު ކަންތައްތަކެއް ކުރުމަށް ޤާނޫނުއަސާސީން ވަނީ ތަފާތު މުޢައްސަސާތަކާއި އަމާނާތްކޮށްފައެވެ.

މިގޮތުން، ޖުޑިޝަލް ސަރވިސް ކޮމިޝަނުގެ މަސްޢޫލިއްޔަތުތަކުގެތެރޭ 7 އޯގަސްޓް 2008ން 7 އޯގަސްޓް 2010ށް ހިނގާ 2 އަހަރު ދުވަހު މުއްދަތުތެރޭގައި، މިހާރު އަމަލު ކުރަމުންދާ ޤާނޫނުއަސާސީގެކުރީން ފަނޑިޔާރުކަމަށް އައްޔަނުކުރައްވާފައިވާ ފަރާތްތަކުގެ މަޢުލޫމާތު ސާފުކޮށް، ފަނޑިޔާރުކަމުގައި ހުންނެވި ކޮންމެ ބޭފުޅަކީވެސް ޤާނޫނުއަސާސީގެ 149ވަނަ މާއްދާގައިބުނާ ފަނޑިޔާރު ކަމުގެ ޝަރުތު ފުރިހަމަވާ މީހެއްތޯ ނުވަތަ ނޫންތޯ ކަނޑައަޅަންޖެހެއެވެ.

މިކަމަށްއޮތް 2 އަހަރު ދުވަސް ފާއިތުވާން ދެމަސް ދުވަހަށްވުރެ ވަގުތު ކުޑަތަންވިއިރު ޖުޑިޝަލް ސަރވިސް ކޮމިޝަނުން މިވަނީ ޤާނޫނާ ޤަވާޢިދުން، ޤައުމީ މަސްޢޫލިއްޔަތު އުފުލައި ރައްޔިތުންގެ ލާބަ އާއި މަންފާއަށް މިކަން ކުރުމަށް ނުކުޅެދިފައެވެ. ކޮމިޝަނުގެ ރައީސް އަދި ސުޕްރީމްކޯޓު ފަނޑިޔާރު އަލްފާޟިލް މުޖުތާޒު ފަހުމީގެ އަމިއްލަ މަސްލަހަތު މިކަމުގެ ތެރެއަށް ވަނުމުންނެވެ.

މި މިންގަނޑު ކަނޑަނޭޅި ވާއިރު، އަދި ޤާނޫނުއަސާސީގެ 149 (ރ)ގައި ބުނާ ފަނޑިޔާރުންނާބެހޭ ޤާނޫނު ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވާފައިނުވާއިރު، މި ދަނޑިވަޅު އައްޔަނުކުރަމުންދާ ފަނޑިޔާރުން އައްޔަނު ކުރަމުން މިދަނީ ކޮން މިންގަނޑަކުންތޯއެވެ؟

ޤާނޫނުއަސާސީ (2008)ގެ ކުރީންވެސް ފަނޑިޔާރުން އައްޔަނު ކުރަމުން އައި މިންގަނޑުން، އެ ފަހަރަކު އައްޔަނުކުރުމުގައި ‘ކޮމިޝަނަށް’ ފެނިވަޑައިގެންނެވި މިންގަނޑަކުން މިނަމުން މިވަގުތު ފަނޑިޔާރުކަމަށް އައްޔަނުކުރާ ބޭފުޅުންނަކީ ޑީފޯލްޓުން ދާއިމީވާ ބޭފުޅުންނަށްވީއިރު، މިހާ ކަންފަސޭހަ ގޮތަކަށް ފަނޑިޔާރުން އައްޔަނު ކުރުމަކީ ކޮން ކަހަލަ ކަމެއްތޯއެވެ؟

މިހާރު ޖުޑިޝަލް ސަރވިސް ކޮމިޝަނުން ފަނޑިޔާރުން އައްޔަނުކުރަމުން މިދާ ފަނޑިޔާރުންނަކީ ޤާނޫނުއަސާސީގެ 285ވަނަ މާއްދާއިން ބަލާންޖެހޭ ފަނޑިޔާރުން ނޫންހިނދު؛  މިކަމަށް ވިސްނަވާ ލެއްވުމެއްނެތި، ސިވިލް ސަރވިސް އަށް މީހުން ހޮވާހެން އާދައިގެ ޕެނަލަކުން އިންޓަރވިއުއެއްކޮށްލައިގެން ފަނޑިޔާރުން އައްޔަނުކުރާން ވާނޭތޯއެވެ؟

ފަނޑިޔާރަކު އައްޔަނުކުރުމަށްފަހު ވަކިކުރެވޭންއޮތީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަކުން، އެޖަލްސާއަށް ޙާޟިރުވެވަޑައިގަންނަވާ މެމްބަރުންގެ ތިންބައިކުޅަދެބައި އަޣްލަބިއްޔަތުންކަމުން މިދަނޑިވަޅު ފަނޑިޔާރުން އައްޔަނުކުރަމުންދާ ދިޔުމަކީ ވިސްނާލަންޖެހޭކަމެކެވެ.

ކޯޓުތަކާބެހޭ ޤާނޫނުއައުމުން ނޫނީ ކޯޓު ތަކުގެ އަދަދާކަންތައްތައް ސާފުނުވާނޭއިރު، އަދި މިވަގުތު ޤާނޫނުއަސާސީއިން ކޮމިޝަނުގެ މައްޗަށް ހުރި ވަކި މުއްދަތަކަށް ނިންމާންޖެހޭ ކަންތައްތައް ނިންމާންއޮތް މުއްދަތު ހަމަވަމުންދާއިރު، ޚާއްޞަގޮތެއްގައި ނެތް މިންގަނޑަކުން ފަނޑިޔާރުން އައްޔަނުކުރައްވަނީ ކީއްވެތޯއެވެ؟

ސުވާލެވެ. ހުސް ސުވާލެވެ.

އެހެންނަމަވެސް، މިއިން އެއްވެސް ސުވާލަކަށް ޖަވާބުދާރީވެވަޑައިގަންނަވަންޖެހޭ ކަމަކަށް ކޮމިޝަނަކުން ދެކެވަޑައެއް ނުގަންނަވައެވެ.  ރައްޔިތުންނަށް ޖަވާބުދާރީވެވަޑައިގަންނަވާންޖެހޭނޭ ކަމަކަށްވެސް ޤަބޫލެއް ނުކުރައްވައެވެ.

ރައްޔިތުންނަށް ޖަވާބުދާރީވާން ނުޖެހޭ އެއްވެސް މުޢައްސަސާއެއް ޤާނޫނުއަސާސީގެ ދަށުން، ދައުލަތުގެ ފައިސާއިން ބަޖެޓެއް ކަނޑައަޅައި ހިންގުމަށް މި ޤާނޫނުއަސާސީ ފުރުޞަތު ދޭތޯއެވެ؟

އަނެއްކާވެސް ސުވާލު އުފެދޭކަމެއް
މާލޭކޯޓުތަކާ ރަށުކޯޓުތަކަށް ފަނޑިޔާރުން ހޯދުމާއި ޢައްޔަންކުރުމާބެހޭ ޤަވާއިދަށް މުހިންމު ދެއިސްހާލެއް ގެނެސް ފާސްކޮށްފި”  މި ސުރުޚީގެ ދަށުގައި 13 ޖޫން 2010 (އާދީއްތަ) ދުވަހު ޖުޑިޝަލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުގައި ޖަހާފައިވާ ޚަބަރުގައިވާ ނިންމުމަކީ ޞައްޙަ ނިންމުމެއްތޯއެވެ؟

ޖުޑިޝަލް ސަރވިސް ކޮމިޝަނުގެ ޖަލްސާތަކުގައި މަޝްވަރާތައް ގެންދާނީ އެޖެންޑާއަށް ކަމަށާއި؛ ގިނަ މެމްބަރުންނަށް ފެނިވަޑައިގެން ޚާއްޞަގޮތެއްގައި ކަމެއް ނިންމުމަށް އެދިވަޑައިގެންނަމަވެސް ޤަވާޢިދުން އެޖެންޑާކޮށްގެން މެނުވީ އެއްވެސް ކަމެއް ޖުޑިޝަލް ސަރވިސް ކޮމިޝަނުގެ ޖަލްސާއެއްގައި މަޝްވަރާ ނުކުރެވޭނޭ ކަމަށް 11 މާރޗް 2010 ދުވަހު ކޮމިޝަނުގެ ރައީސްކަމަށް ސުޕްރީމްކޯޓުގެ ފަނޑިޔާރު އަލްފާޟިލް މުޖުތާޒު ފަހުމީ ހޮވިވަޑައިގަތުމާއެކު އެމަނިކުފާނުވަނީ ކަނޑައަޅުއްވާފައެވެ.

11 މާރޗް 2010 ދުވަހު ޖުޑިޝަލް ސަރވިސް ކޮމިޝަނުގެ 10 މެމްބަރުން ބައިވެރިވެވަޑައިގެންނެވި ޖަލްސާގައި 6 މެމްބަރުން ސާފުބަހުން ނައިބުރައީސަކު އިންތިޚާބުކުރުން އެޖަލްސާގައި ބޭއްވުމަށް އެދުމުންވެސް ރިޔާސަތުގައި އިންނެވި ސުޕްރީމްކޯޓުގެ ފަނޑިޔާރު އަލްފާޟިލް މުޖުތާޒު ފަހުމީ އެކަން ނުކުރެއްވީ ކޮމިޝަނުގެ އެޖެންޑާއަކީ ޖަލްސާގެކުރީން ކަނޑައެޅިފައި އޮންނަ އެއްޗެއް ކަމަށާއި، ކޮމިޝަންގެ ޤަވާޢިދުގައިވާގޮތުގެމަތީން މެމްބަރުންނަށް އެކަށީގެންވާ ނޯޓިސްނުދީ ކަމެއް ނުނިންމޭނެކަމަށާއި، އެހެންކަމުން އެދުވަހު ނައިބުރައީސަކު އިންތިޚާބުކުރުން ބޭއްވުމަށް “ޤާނޫނީ ހުރަސްތަކެއް” ވާކަމަށް ވިދާޅުވެއެވެ. (“ޖުޑިޝަލް ސަރވިސް ކޮމިޝަނުގެ ތަޢާރަފެއް – ޖަލްސާއަކުން” މި ސުރުޚީގެ ދަށުން މިބްލޮގްގައި ހިމަނާލާފައިވާ ލިޔުމުން 11 މާރޗް 2010 ދުވަހުގެ ޖަލްސާގެ ޓްރާންސްކްރިޕްޓެއް ފެނިވަޑައިގަންނަވާނެއެވެ.)

އެހެންނަމަވެސް، މާލޭކޯޓުތަކާ ރަށުކޯޓުތަކަށް ފަނޑިޔާރުން ހޯދުމާއި ޢައްޔަންކުރުމާބެހޭ ޤަވާއިދަށް މުހިންމު ދެއިސްހާލެއް ގެނެސް 10 މެއި 2010 (ބުރާސްފަތި) ދުވަހު ފާސްކުރެއްވިއިރު މިކަމަކީ އެދުވަހުގެ އެޖެންޑާގައިވާކަމެއްނޫނެވެ. އެދުވަހުގެ އެޖެންޑާގެ ނަކަލު ތިރީގައި މިވަނީއެވެ.

.1.	28 އޭޕްރިލް 2010 ދުވަހު ބޭއްވުނު ޝަކުވާ ކޮމިޓީގެ ބައްދަލުވުމުން ކޮމިޝަނަށް ހުށަހެޅުމަށް ނިންމުނު ކަންތައްތައްަ

2.	05 މެއި 2010 ދުވަހު ބޭއްވުނު ޝަކުވާ ކޮމިޓީގެ ބައްދަލުވުމުން ކޮމިޝަނަށް ހުށަހެޅުމަށް ނިންމުނު ކަންތައްތައް

3.	17 މެއި 2010 ދުވަހު ބޭއްވުނު ވަޒީފާ ކޮމިޓީގެ ބައްދަލުވުމުން ކޮމިޝަނަށް ހުށަހެޅުމަށް ނިންމުނު ކަންތައްތައް

4.	24 މެއި 2010 ދުވަހު ބޭއްވުނު ވަޒީފާ ކޮމިޓީގެ ބައްދަލުވުމުން ކޮމިޝަނަށް ހުށަހެޅުމަށް ނިންމުނު ކަންތައްތައް

5.	އެހެނިހެން

-	ޤާނޫނުއަސާސީގައި ވާގޮތުގެ މަތިން އަލުން ޢައްޔަންކުރުމުގައި ވަކިވާ ފަނޑިޔާރުންނަށް ޢިނާޔަތްދިނުން

-	ކޮމިޝަންގެ ހިންގުން ހަރުދަނާކުރުމަށް އެކުލަވާލާފައިވާ ކޮމެޓީން ތައްޔާރުކޮށްފައިވާ ރިޕޯޓާމެދު ގޮތެއް ނިންމުން (ހަމައެކަނި ހުށަހެޅޭ މައްސަލަތަކުގެ ބައި)

-	މާލޭކޯޓުތަކަށް ފަނޑިޔާރުންގެ މަޤާމުއިތުރުކޮށް، ހަމަޖެއްސުމާއި ރަށުކޯޓުތަކުގެ ހުސްމަޤާމުތަކަށް ފަނޑިޔާރުން އައްޔަނުކުރުން

ޤާނޫނުއަސާސީގެ 285ވަނަ މާއްދާގެ މައްސަލަބަލަންޖެހޭކަމަށް ޤަބޫލުކުރެވޭ ސަބަބުތައް
ޤާނޫނުއަސާސީ (2008) އަށް އަމަލު ކުރާން ފަށާއިރު ފަނޑިޔާރުންގެ މަޤާމުގައި ތިބި މީހުންގެ ކިބައިގައި ޤާނޫނުއަސާސީގެ 149ވަނަ މާއްދާގައިބުނާ ޝަރުތުތައް ފުރިހަމަވޭތޯ ނުވަތަ ނޫންތޯ ކަނޑައެޅުމުގެ ޤައުމީ މަސްޢޫލިއްޔަތު ޤާނޫނުއަސާސީގެ 285ވަނަ މާއްދާގެދަށުން އަދާކުރުމަށް ހަވާލުވެފައިވާ ޖުޑިޝަލް ސަރވިސް ކޮމިޝަނުން އެމަސައްކަތް ކުރައްވާފައިވަނީ ޖުޑިޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނުގެ 17ވަނަ މާއްދާ އާއި އަދި 20 (ނ) އާއި ޚިލާފަށް ކަމުން މިއީ ޤާނޫނާއި ޤަވާޢިދުން، އަދި ޤާނޫނުއަސާސީ ނަގަހައްޓާ ޑިމޮކްރަޓިކް ހަމަތަކާއި އުޞޫލުތަކުން ނިންމާފައިވާ ނިންމުމެއް ނޫންކަމުން މިއީ ޤާނޫނީގޮތުން ސައްޙަނިންމުމެއް ނޫންކަމަށް، އަދި ޑިމޮކްރަޓިކް މުޖުތަމަޢެއްގައި ބަލައިގަނެވޭނޭކަމެއް ނޫންކަމުގައި ޤަބޫލުކުރެވޭތީއާއި؛

ޖުޑިޝަލް ސަރވިސް ކޮމިޝަނުގެ މެމްބަރުންގެ ސުލޫކުކަމުގައި ޖުޑިޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނުގެ 17ވަނަ މާއްދާބުނާ ސުލޫކުހިފެހެއްޓުމެއްނެތި، ޤައުމީ މަސްޢޫލިއްޔަތާއި ރައްޔިތުންގެ ލާބަ އާއި މަންފާގެ ކުރިއަށް ފަނޑިޔާރުންގެ އަމިއްލަ މަސްލަހަތު ނެރިގެން، ރަމްޒީ ކަމެއްގެ ގޮތުގައި ޤާނޫނުއަސާސީގެ 285ވަނަ މާއްދާއިން ޖުޑިޝަލް ސަރވިސް ކޮމިޝަނާ ހަވާލުވެފައިވާ މަސްޢޫލިއްޔަތު އަދާކުރުމުގެ ސަބަބުން ދިވެހި ދައުލަތާއި ދިވެހިރައްޔިތުންނަށް ޤާނޫނުއަސާސީ (2008)ން ލިބިދޭ ޢަދުލުވެރި އިތުބާރުކުރެވޭ ފަނޑިޔާރުގެ ރައްޔިތުންނަށް މަޙްރޫމުވުމަކީ ދައުލަތާ ރައްޔިތުންނަށް ލިބެންއޮތް ފައިދާއަކާއި މަންފާއަކުން ރައްޔިތުން މަޙްރޫމުކުރުންކަމަށް ޤަބޫލުކުރެވޭތީއާއި؛

ކޮމިޝަނުގައި ކަންކަން ރޭވި ހިނގަމުންދަނީ އެދުވަހަކު ރިޔާސަތަށް ފެނިވަޑައިގަންނަވާގޮތަކަށް ކަމުގައި އަމަލީގޮތުން ދައްކަވައި  285ވަނަ މާއްދާގެ ދަށުން ހަވާލުވެފައިވާ މަސްޢޫލިއްޔަތު  އަދާކުރުމުގައި މެމްބަރުންގެ ތަފާތު ޚިޔާލަށް ފުރުޞަތު އެރުވުމެއްނެތި، އަދި ލިޔުމުން ހުށަހަޅާފައިވާ ހުށަހެޅުންތައް ކޮމިޝަނުގެ މަޝްވަރާއަށް ގެނައުމެއްނެތި، ކޮމިޝަނުގެ ރައީސް އަދި ސުޕްރީމްކޯޓުގެ ފަނޑިޔާރު އަލްފާޟިލް މުޖުތާޒު ފަހުމީ އެމަނިކުފާނުގެ މަޤާމުގެ ނުފޫޒާއި ބާރުން އެމަނިކުފާނުގެ އަމިއްލަ މަސްލަހަތަށް މިންގަނޑު ކަނޑައެޅުއްވި ކަމަށް ޤަބޫލުކުރެވޭތީއާއި؛

ޤާނޫނުއަސާސީ (2008) އަށް އަމަލު ކުރާން ފަށާއިރު ފަނޑިޔާރުންގެ މަޤާމުގައި ތިބި މީހުންގެ ކިބައިގައި ޤާނޫނުއަސާސީގެ 149ވަނަ މާއްދާގައިބުނާ ޝަރުތުތައް ފުރިހަމަވޭތޯ ނުވަތަ ނޫންތޯ ކަނޑައެޅުމުގައި 30 ޑިސެމްބަރ 2009ގައި ޖުޑިޝަލް ސަރވިސް ކޮމިޝަނުން ފާސްކުރެއްވި “ފަނޑިޔާރުންގެ ސުލޫކީ މިންގަނޑު” ފަނޑިޔާރުންގެ ކިބައިން ލާޒިމުކުރާ އަޚްލާޤަށްވުރެން ދަށުދަރަޖައިގެ އަޚްލާޤު ފަނޑިޔާރުންގެ ކިބައިން ބަލައިގަތުމަށް ކަނޑައެޅުމުގެ ސަބަބުން އިސްލާމްދީނުގައި ހައްދުކަނޑައަޅާފައިވާ ކުށާއި، ޚިޔާނާތުގެ ކުށާއި، ބަދުއަޚްލާޤީ ޖިންސީ މައްސަލަތައް ޤާނޫނުއަސާސީ 2008ގެ ކުރީން މިފަދަ މައްސަލަތައް ބަލާ ފިޔަވަޅުއެޅުމުގެ ބާރު ލިބިފައިވާ އެކި އިދާރާތަކަށް ސާބިތުވެފައި ހުރިނަމަވެސް، އަދި އެކުފަހަރުމަތީން މިބާވަތުގެ ކަންކަން ތުހުމަތު ކުރެވިފައިވީނަމަވެސް އެމައްސަލަތައް އެއްވެސް ފަރާތަކުން ބަލައި ތަހުޤީޤުކޮށްފައިވާކަމެއް އެނގެން ނެތް މައްސަލަ ތަކަށް ބެލުމެއްނެތި  އެފަދަ ސާބިތުވުންތަކާއި ތުހުމަތުތައް ރައްދުވާ މީހުންވެސް ފަނޑިޔާރުންގެ ގޮތުގައި އަލުން އައްޔަނު ކުރުމަކީ ފަނޑިޔާރެއްގެ ކިބައިން ރައްޔިތުންއެދޭ އަޚްލާޤަށްބުރެ ދަށުދަރަޖައިގެ މަދު ބަޔަކު ފަނޑިޔާރުގޭގައި ދަމަހައްޓައި ޤާނޫނުއަސާސީގެ 285ވަނަ މާއްދާގެ ބާރު ކަނޑުވާލުން ކަމަށް ޤަބޫލުކުރެވޭތީއާއި؛

މިހާރު ޖުޑިޝަލް ސަރވިސް ކޮމިޝަނުން ނިންނާފައިވާ މިންގަނޑަށް ސުވާލެއްނެތި؛ ޤާނޫނުއަސާސީގެ 285ވަނަ މާއްދާގައިބުނާ މަސްޢޫލިއްޔަތު އަދާކުރުމަށް ކަނޑައަޅާފައިވާ މުއްދަތު 7 އޯގަސްޓް 2010އަށް ހަމަވެއްޖެނަމަ؛ ޤާނޫނުއަސާސީގެ މުޅި މަޤްޞަދާ ޚިލާފަށް މިކަންގޮސް ނިމުމުގެ ނަތީޖާއެއްގެ ގޮތުން ދައުލަތާއި ރައްޔިތުންނަށް ދުސްތޫރީ ބަދަލާއެކު ލިބޭންއޮތް އެންމެ ބޮޑު އެއް ފައިދާ އާއި މަންފާ – ޢަދުލުވެރި، އިންސާފުވެރި، ތެދުވެރި، ރައްޔިތުންގެ އިތުބާރާއި އިޙްތިރާމް ލިބިފައިވާ ފަނޑިޔާރުގެއެއް ރައްޔިތުންނަށް ގެއްލިގެންދާކަމަށް ޤަބޫލުކުރެވޭތީ.

ފާހަގަކުރެވޭ ބައެއް ކަންތައްތައް

1.	ޤާނޫނުއަސާސީ (2008)އަށް އަމަލު ކުރާންފަށާއިރު ފަނޑިޔާރުންގެ ގޮތުގައިތިބި މީހުންނަކީ ޤާނޫނުއަސާސީގެ 149ވަނަ މާއްދާގައިބުނާ ޝަރުތުތައް ފުރިހަމަވާމީހުންތޯ ނުވަތަ ނޫންތޯ ބެލުމަށް ޖުޑިޝަލް ސަރވިސް ކޮމިޝަނާ ޤާނޫނުއަސާސީގެ 285ވަނަ މާއްދާއިން  ހަވާލުކޮށްފައިވާ މަސްޢޫލިއްޔަތު އަދާކުރުމުގައި މިންގަނޑު ކަނޑައަޅިއްވާފައިވަނީ ފަނޑިޔާރުންގެ ގޮތުގައި ތިބި ފަރްދުންގެ މަސްލަހަތަށްކަން.

2.	ކޮމިޝަނުގެ ރައީސް އަދި ސުޕްރީމްކޯޓުގެ ފަނޑިޔާރު އަލްފާޟިލް މުޖުތާޒް ފަހުމީގެ ރެކޯޑްގައި ދައުލަތުގެ ފައިސާއަށް ޚިޔާނާތްތެރިވެފައިވާ މައްސަލައެއް 1998ވަނަ އަހަރު އެންޓި ކޮރަޕްޝަން ބޯޑަށް ސާބިތުވެފައިވާ ކަމަށް އޮތް ނަމަވެސް، މެމްބަރުން މިމައްސަލަ ފާހަގަކުރެއްވުމުންވެސް އެކަމަށް އިންކާރު ކުރައްވައި ޖުޑިޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނުގެ 22(ނ) އާއި ޚިލާފަށް ޖަލްސާގެ ރިޔާސަތުގައި އިންނަވައިގެން ދެ ދުވަހުގެ މަޝްވަރާވެސް ކުރިއަށް ގެންދެވިކަން.

3.	ވޯޓު ނެންގެވީ އެންމެ ނުކުތާއަކަށްކަމާއި ސާފުކޮށް އެނގޭގޮތަށް މިންގަނޑު ކަނޑައެޅުއްވުމުގެ ކަންތައް ނުގެންދެވިކަން؛

4.	މެމްބަރުން ހުށަހެޅި އިޞްލާޙުތައް ބަލައިގަތުމެއްނެތި، ކޮމިޝަނުގައި މަޝްވަރާކުރުމަށް ފުރުޞަތު ނުދެއްވައި، ވޯޓަކަށް އެހުމަށްވެސް އިންކާރު ކުރައްވައި؛ ކޮމިޝަނުގެ ރިޔާސަތުގައި އިންނެވި ކޮމިޝަނުގެ ރައީސް އަދި ސުޕްރީމްކޯޓުގެ ފަނޑިޔާރު އަލްފާޟިލް މުޖުތާޒް ފަހުމީގެ ރެކޯޑް އިސްތިސްނާވާނޭ މިންގަނޑެއް ކަނޑައެޅުއްވުމަށް މަޤާމުގެ ނުފޫޒު ބޭނުންކުރެއްވިކަން.

5.	ޖުޑިޝަލް ސަރވިސް ކޮމިޝަނުން ކަނޑައަޅާފައިވާ މިންގަނޑުގެ ސަބަބުން ދިވެހިރާއްޖޭގެ ފަނޑިޔާރުންގެތެރޭގައި ޤާނޫނުއަސާސީ 2008އަށް އަމަލުކުރާންފެށުމުގެ ކުރީން، އޭރުގައި އޮތް ދުސްތޫރީ ނިޒާމާއި ވެރިކަމުގެ ނިޒާމުގެތެރޭ ކަންކަންބަލައި ފިޔަވަޅުއެޅުމަށް ހަމަޖެހިފައިވާ ތަފާތު އިދާރާތަކުން	 (މިސާލަކަށް މިނިސްޓްރީ އޮފް ޖަސްޓިސް އާއި އެންޓި ކޮރަޕްޝަން ބޯޑު)  މައްސަލަ ބަލައި ސާބިތުވުމަށްފަހުވެސް ފަނޑިޔާރުކަމުގައި ބައިތިއްބަވާފައިވާ ގާތްގަނޑަކަށް 20 ފަނޑިޔާރަކު، ކުށުގެ ރެކޯޑަށް ބެލުމެއްނެތި އަލުން ފަނޑިޔާރުކަމަށް އައްޔަނުކުރެވިގެން ދާނޭކަން.  އަދި މީގެ އިތުރުން 50އަށް ވުރެ ގިނަ ފަނޑިޔާރުންގެ މައްސަލަ އެއްވެސް ވަރަކަށް ނުބަލައި އަލުން ފަނޑިޔާރުކަމަށް އައްޔަނުކުރެވޭނޭކަން؛

6.	ފަނޑިޔާރުންގެތެރޭ އަޚްލާޤީގޮތުން ދަށުދަރަޖައިގެ ކުށްތައް އެމީހެއްގެ މައްޗަށް ސާބިތުވެފައިވާ މީހަކު ހުރެއްޖެނަމަ އޭގެ ސަބަބުން މުޅި ފަނޑިޔާރުގެއަށް އެކަމުގެ ނޭދެވޭ އަސަރު ކުރުން، އަދި ރައްޔިތުންގެ އިތުބާރު ފަނޑިޔާރުގެއާއި ޢަދުލްއިންސާފަށް ނެތުމުން މުޖުތަމަޢާއި ޤައުމުގެ މަސްލަހަތަށް ނޭދެވޭ އަސާރުކުރާނޭކަން؛

7.	ފަނޑިޔާރުގޭގައި އަޚްލާޤީ މައްސަލަތައް ހުރި މީހުން ހަރުލުމުން ކޮރަޕްޝަނަށް މަގުފަހިވާނޭކަން؛

8.	ކޮރަޕްޝަނަށް މަގުފަހިވުމަކީ ޓެރަރިޒަމަށް މަގު ފަހިވާނޭ ކަމެއްކަން.

ކޮމިޝަންގައި 285ވަނަ މާއްދާގެ މަސައްކަތް ހިނގައިދިޔަ ގޮތް

9.	ޖުޑިޝަލް ސަރވިސް ކޮމިޝަނުގެ އިންތިޤާލީ މަރުހަލާގައި ޤާނޫނުއަސާސީ 285ގެ ދަށުން ފަނޑިޔާރުން އަލުން އައްޔަނުކުރުމަށްޓަކައި ބަލާނޭ މިންގަނޑެއްގެ ޑްރާފްޓެއް، “ފަނޑިޔާރުން އަލުން އައްޔަނުކުރުމާބެހޭ ޤަވާޢިދު” ގެ ނަމުގައި ވަނީ ތައްޔާރުކުރައްވާފައެވެ.  ދާއިމީ ކޮމިޝަން އުފެދުމުން މި މަސައްކަތް ހަލުވި ކުރުމަށެވެ.

10.	26 ޖެނުއަރީ 2009ގައި ދާއިމީ ކޮމިޝަން އުފެދުމަށްފަހު، 26 އޯގަސްޓް 2009ގައި ކޮމިޝަނުގެ މެމްބަރުންގެ ގޮތުގައި ތިއްބެވި 3 ފަނޑިޔާރުންގެ ކޮމިޓީއަކުން މިންގަނޑެއް އެކުލަވާލައިގެން ގެނައުމަށް ކޮމިޝަނުން ހަވާލުކުރެއްވިއެވެ. (އަދި އެ 3 ފަނޑިޔާރުންނާއެކު މި މަސައްކަތުގައި ބައިވެރިވެ އެހީވުމަށް އަޅުގަޑު ވޮލަންޓިއަރ ކޮށް، މަޝްވަރާކުރަންއޮތް ޑްރާފްޓަށް އިޞްލާހުވެސް ލިޔުމުން ހުށަހެޅީމެވެ.)

11.	26 އޯގަސްޓް 2009ގައި އުފެއްދެވި 3 ފަނޑިޔާރުންގެ ކޮމިޓީގެ މަސައްކަތް 6 (ހައެއް) މަސް ދުވަސް ފާއިތުވިއިރުވެސް ކުރިއަކަށް ނުދެއެވެ. 6 މަސް ދުވަސްތެރޭ ބޭއްވެވީ އެއް ބައްދަލުވުމެވެ. އެ ބައްދަލުވުމުގައި ސުޕްރީމްކޯޓުގެ ފަނޑިޔާރު އަލްފާޟިލް މުޖުތާޒް ފަހުމީ ބައިވެރިވެވަޑައެއް ނުގަންނަވައެވެ. (މި 6 މަސްދުވަހުގެތެރޭ 285ވަނަ މާއްދާއިން ހަވާލުކުރާ މަސްޢޫލިއްޔަތުއަދާކުރުމަށް މިންގަނޑެއް ކަނޑައެޅުމާއެކު އެ މިންގަނޑުން ބަލާން ޖެހޭ ގާތްގަނޑަކަށް 200 ފަނޑިޔާރަކު ތިބުމުން މިކަން އަވަސް ކުރުމަށް ސުޕްރީމްކޯޓުގެ ފަނޑިޔާރު އަލްފާޟިލް މުޖުތާޒް ފަހުމީއާ އެތައް ފަހަރެއްގެ މަތީން ވާހަކަދެއްކިއިރު ވިދާޅުވަމުން ގެންދިޔައީ މިއީ ނުކުރެވޭނޭ ކަމެއް ކަމަށެވެ. ޤާނޫނުއަސާސީގެ ފުރަތަމަ ޑްރާފްޓްގައި އަޅުގަޑަށް މި މާއްދާ ވިސްނޭގޮތަށް ލިޔެފައިވާނަމަވެސް، އޭރު ފަނޑިޔާރުންގެ ވަފްދެއް ރައްޔިތުންގެ ޚާއްޞަމަޖިލީހުގެ މެމްބަރުންނާ ނެގޯސިއޭޓް ކުރައްވައި ޤާނޫނުއަސާސީގެ 285ވަނަ މާއްދާ މިހާރު ލިޔެފައިވާގޮތުން މިކަމެއް ނުކުރެވޭނޭ ކަމަށް ވިދާޅުވިއެވެ. އަދި ޤާނޫނުއަސާސީގެ 149(ރ)ގައި ބުނާ “ދިވެހިރާއްޖޭގެ ފަނޑިޔާރުންނާބެހޭ ޤާނޫނެއް” ރައްޔިތުންގެ މަޖިލީހުން ފާސް ކުރަންދެން މިކަމެއް ނުކުރެވޭނޭކަމަށްވެސް ވިދާޅުވަމުން ގެންދެވިއެވެ. އަދި މިކަމާ ނޫޅުމަށް ނަސޭހަތް ދެއްވިއެވެ. ޤާނޫނުއަސާސީއަށް އަމަލުކުރާން ފަށާތާ 2 އަހަރު ދުވަސްތެރޭ އަދާކުރާން އޮތް މަސްޢޫލިއްޔަތެއް ރައްޔިތުންގެ މަޖިލީހުން ކުރާންއޮތްކަމަކާއި އަޅައި ނުކޮށް ތިބުމަކީ އަޅުގަޑަށް ޤަބޫލުކުރެވޭކަމެއް ނޫންކަމަށާއި، މިފަދަ ސުވާލެއް އޮތްނަމަވެސް އެކަމުގައި ގޮތެއް ނިންމާންވާނީ ކޮމިޝަނުން ކަމުން ކޮމިޝަނުގައި މިކަން އެޖެންޑާކޮށް ވާހަކަ ދެއްކުމަށް އަޅުގަޑު އެދުނީމެވެ. އެހެންނަމަވެސް، އެކަމެއް އެގޮތަކަށް ނުކުރެއްވިއެވެ.)

12.	މިހެންގޮސް، 21 ޖެނުއަރީ 2010ގައި ހައިކޯޓުގެ 3 ފަނޑިޔާރަކު ގުޅިގެން ޤަރާރަކުން ހައިކޯޓުގެ 5 ފަނޑިޔާރުންގެ ތެރެއިން ޖުޑިޝަލް ސަރވިސް ކޮމިޝަނަށް އިންތިޚާބު ކުރައްވާފައިވާ ހައިކޯޓުގެ އިސް ފަނޑިޔާރު، އަދި ޖުޑިޝަލް ސަރވިސް ކޮމިޝަނުގެ ރައީސް، އަލްއުސްތާޛު ޢަބްދުލްޣަނީ މުޙައްމަދު ޖުޑިޝަލް ސަރވިސް ކޮމިޝަނުން ވަކި ކުރެއްވުމާ ގުޅިގެން ކޮމިޝަނުގެ ނައިބުރައީސްކަމުގެ މަޤާމުގައި ހުންނެވި ސުޕްރީމްކޯޓުގެ ފަނޑިޔާރު އަލްފާޟިލް މުޖުތާޒު ފަހުމީ ކޮމިޝަނުގެ ރިޔާސަތާ ވަގުތީގޮތުން ހަވާލުވެވަޑައިގެން ހައިކޯޓުގެ ފަނޑިޔާރުން ޢަބްދުލްޣަނީ މުޙައްމަދު ވަކިކުރެއްވުމަށްފަހު އިންތިޚާބު ކުރެއްވެވި އަލްއުސްތާޛު އާދަމް މުޙައްމަދު ޢަބްދުﷲ ވަޑައިގަތުމާއެކު، އަނެއްކާ އައު ފެށުމަކުން، ފަނޑިޔާރުން އަލުން އައްޔަނު ކުރުމުގެ މަސައްކަތް އަވަސް ކުރުމަށް ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް ޑރ. މުޙައްމަދު ލަތީފު މައްސަލައެއް ހުށަހެޅުއްވިއެވެ.  މި މައްސަލަ އެޖެންޑާ ކުރެވި މަޝްވަރާކުރެވުނީ 21 ފެބްރުއަރީ 2010ގައެވެ.

13.	އެދުވަހު ކޮމިޝަނުގެ ރިޔާސަތުގައި އިންނެވި ނައިބުރައީސް ސުޕްރީމްކޯޓުގެ ފަނޑިޔާރު އަލްފާޟިލް މުޖުތާޒު ފަހުމީ ހުށަހެޅުއްވުމަކަށް ޑރ. މުޙައްމަދު ލަތީފު އާއި ކޮމިޝަނުގެ މެމްބަރުންގޮތުގައި ތިއްބެވި 2 ފަނޑިޔާރުންނާއި، އަދި ބޭރުން ސުޕްރީމްކޯޓުގެ ފަނޑިޔާރު އަލްފާޟިލް މުޖުތާޒު ފަހުމީ ހުށަހެޅުއްވި 2 ފަނޑިޔާރަކާއެކު ކޮމިޓީއެއް އުފައްދަވައި، ކޮމިޝަނުގައި މަޝްވަރާކޮށް ގޮތެއް ކަނޑައެޅުމަށްޓަކައި މިންގަނޑެއްގެ ޑްރާފްޓް ތައްޔާރުކުރުމަށް އެކޮމިޓީ އާއި ހަވާލުކުރެއްވިއެވެ. އެދުވަހުގެ ޖަލްސާގައި އަޅުގަނޑު އެކޮމިޓީގެ މަސައްކަތުގައި ބައިވެރިވާން އެދުމުން ދަށުކޯޓުތަކުން ކަނޑައަޅުއްވާފައިވާ ފަނޑިޔާރު އަލްފާޟިލް ޢަބްދުﷲދީދީ އެކަމަށް ތާޢީދު ކުރެއްވިއެވެ. އަދި އެހެން މެމްބަރުންވެސް އަޅުގަޑު އެކޮމިޓީގައި ހިމެނުމަންބޭނުންވާނަމަ އެގޮތް ރަގަޅުކަމުގައި ވިދާޅުވިއެވެ. އެހެންނަމަވެސް، ރިޔާސަތުން މިކަމާއަޅުއްވައިނުލައްވާ ކޮމިޓީ އިޢުލާންކުރައްވައި ނިންމާލެއްވީއެވެ. އެހިސާބުން، އަޅުގަޑު ކޮމިޓީގައި ނުހިމެނުއްވި ނަމަވެސް އެ ކޮމިޓީގެ މަސައްކަތުގައި ބައިވެރިވާން ބޭނުންވާކަމަށް ދަންނަވައި، ކޮމިޓީގެ ބައްދަލުވުންތަކުގެ ގަޑިތައް އަޅުގަޑަށް އަންގަވައިދެއްވުމަށް ސެކްރެޓްރީޖެނެރަލްއަށް ދެންނެވީމެވެ.

14.	ޑރ. މުޙައްމަދު ލަތީފުގެ މުޤައްރިރުކަމުގައި 4 ފަނޑިޔާރުން މަސައްކަތްކުރެއްވި ކޮމިޓީގެ ބައްދަލުވުންތަކުގެ ގަޑި ކޮމިޓީގެ މެމްބަރުންނަށް ސެކްރެޓަރީޖެނެރަލް އެސް.އެމް.އެސް ކުރެއްވުމުން، އޭރު ކޮމިޝަނުގެ ނައިބުރައީސް  ސުޕްރީމްކޯޓުގެ ފަނޑިޔާރު އަލްފާޟިލް މުޖުތާޒު ފަހުމީ ސެކްރެޓަރީ ޖެނެރަލް އާ ފޯނުން ގުޅުއްވައި ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނަށްއެކަނި ކޮމިޓި ގަޑިތައް އެސް.އެމް.އެސް ކުރެއްވުމަށް ވިދާޅުވިކަންވެސް ފާހަގަކުރަމެވެ.

15.	ޑރ. މުޙައްމަދު ލަތީފުގެ މުޤައްރިރުކަމުގައި 4 ފަނޑިޔާރުން މަސައްކަތްކުރެއްވި ކޮމިޓީގެ މަސައްކަތް ހިނގިއިރު އަޅުގަޑު އެކޮމިޓީގެ ބައްދަލުވުންތަކުގައި ބައިވެރިވީމެވެ. އެހެންނަމަވެސް، ފަނޑިޔާރުންގެ މަސްލަހަތުގެ ކުރިއަށް ޤައުމީ މަސްޢޫލިއްޔަތާއި ރައްޔިތުނއްގެ ލާބައާއި މަންފާ ނެރިގެން، ޤާނޫނުއަސާސީގައިވާ ޑިމޮކްރަސީގެ ރޫހާ ފިކުރުގައި 285ވަނަ މާއްދާ ނެންގެވުމަށް ވާހަކަ ދެއްކުމުން ވިދާޅުވީ ކޮމިޝަންމެމްބަރުގެ ޚިޔާލު ކޮމިޝަނުގެ ޖަލްސާގައި ފާޅުކުރައްވާ މަޝްވަރާ ކުރެއްވޭނޭ ކަމަށެވެ.

16.	ޑރ. މުޙައްމަދު ލަތީފުގެ މުޤައްރިރުކަމުގައި 4 ފަނޑިޔާރުން މަސައްކަތްކުރެއްވި ކޮމިޓީގެ ރިޕޯޓް 24 ފެބްރުއަރީ 2010ގައި ކޮމިޝަނަށް ހުށަހެޅުއްވިއެވެ. އެއާއެކު، އެ ރިޕޯޓްގައިވާ މިންގަނޑަށް ބައެއް ތަފާތު ޚިޔާލުހުރިކަމަށާއި، އެ މަސައްކަތް ކުރައްވާފައިވަނީ ޖުޑިޝަލް ސަރވިސް ކޮމިޝަނުގެ ޤަވާޢިދުގެ 17ވަނަ މާއްދާ އާއި ޚިލާފަށް ޤާނޫނުއަސާސީ (2008)އަށް އަމަލުކުރާން ފެށިއިރު ފަނޑިޔާރުކަމުގައިތިބި ފަރްދުންގެ މަސްލަހަތު އިސްކޮށްގެންކަން ފާހަގަ ކުރެވުނެވެ. އެދުވަހު ރިޔާސަތުން މަސައްކަތް ކުރެއްވީ އެރިޕޯޓް ފާސްކުރުމަށް ވޯޓަކަށް އެއްސެވުމަށެވެ. ކޮމިޓީއަކުން މަސައްކަތްކޮށް ހުށަހަޅާ ރިޕޯޓަކީ ކޮމިޝަނުން ފާސްކުރަންޖެހޭ އެއްޗެއް ނޫނޭ، ރިޕޯޓް ބަލައިގެންފައި ކޮމިޝަނުގައި އޭގައިވާ މިންގަނޑަށް މަޝްވަރާކޮށް، މިންގަނޑެއް ފާސްކުރާނީ ކޮމިޝަނުންނޭވެސް އެދުވަހުގެ ޖަލްސާގައި ދެންނެވުނެވެ. އެހެން ދުވަހަކުން މަޝްވަރާކުރަން ނިންމަވާލެއްވީއެވެ.

17.	24 ފެބްރުއަރީ 2010ގައި ކޮމިޝަނުން ރިޕޯޓް ބަލައިގަތުމާއިއެކު އެރިޕޯޓްގައިވާ މިންގަނޑަށް ކޮމިޝަނުގައި މަޝްވަރާކުރުމަށް ފުރުޞަތެއް ނުދެއްވައި އެ މިންގަނޑު ކޮމިޝަނުގެ ނައިބުރައީސް ވިދާޅުވެގެން ހުރިހާ ފަނޑިޔާރުންގެ ކޮމެންޓަށް ކޯޓުތަކަށް ފޮނުއްވެވިއެވެ. ކޮމިޝަނުންވަނީ މިންގަނޑެއް ކަނޑައެޅުމަށްފަހު އެ މިންގަނޑު ފަނޑިޔާރުންނާ ހިއްސާކުރަންވާނޭކަމަށް އެއްބަސްވެފައެވެ. އެހެންނަމަވެސް، ފަނޑިޔާރުންނަށް ފޮނުވާލިއިރު ކޮމިޝަނަކުން އެ ރިޕޯޓްގައިވާ މިންގަނޑަކަށް  އެއްބަސްވެފައެއް ނުވެއެވެ.  އެކިފަހަރުމަތިން ދަންނަވައިވެސް ކޮމިޓީއަކުން ހެދި ރިޕޯޓް ކޮމިޝަނަށް ބަލައިގަތުމާއި އެ ރިޕޯޓްގައިވާ މިންގަނޑަށް ކޮމިޝަނުން އެއްބަސްވުމާ ހުރި ފަރަޤާއި، އެއީ ތަފާތު ދެކަމެއް ކަން ކޮމިޝަނުގެ ނައިބުރައީސް  ސުޕްރީމްކޯޓުގެ ފަނޑިޔާރު އަލްފާޟިލް މުޖުތާޒު ފަހުމީއަށް އެނގިވަޑައިގަންނަވާކަމަކަށް ނުވިއެވެ. އަދި ހަމައެހެން، ކޮމިޝަނުގެ ގިނަ މެމްބަރުންނަކަށްވެސް މި ތަފާތެއް އެނގިވަޑައެއް ނުގަތެވެ.

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުޢައްސަސާތަކުގެކަންތައްތަކާބެހޭކޮމިޓީއިން ޤާނޫނުއަސާސީގެ 285ވަނަމާއްދާ އާމެދު ޖުޑިޝަލް ސަރވިސް ކޮމިޝަނުން ކަންތައްކޮށްފައިވާގޮތް ބައްލަވައިދެއްވުން އެދި ހުށަހެޅި ސިޓީ
ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުޢައްސަސާތަކާބެހޭ ކޮމިޓީގެ މުޤައްރިރު އަލްއުސްތާޛު މުޙައްމަދު މުޖުތާޒަށް،

ވެދުން ސަލާމަށްފަހު ދަންނަވަމެވެ.

ޤާނޫނުއަސާސީގެ 285ވަނަ މާއްދާއާމެދު ޖުޑިޝަލް ސަރވިސް ކޮމިޝަނުން ކަންތައްކޮށްފައިވާގޮތް

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުޢައްސަސާތަކާބެހޭ ކޮމިޓީއިން ބައްލަވައިދެއްވުންއެދި

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 285 ވަނަ މާއްދާގައިވާ ގޮތުގެ މަތިން، އެޤާނޫނުއަސާސީއަށް ޢަމަލުކުރާން ފެށިއިރު ތިބި ފަނޑިޔާރުންގެ ކިބައިގައި ޤާނޫނުއަސާސީގެ 149 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޝަރުޠުތައް ފުރިހަމަވާކަން ނުވަތަ ނޫންކަން ކަނޑައެޅުއްވުމަށް، ޖުޑީޝަލް ސަރވިސް ކޮމިޝަނުން އެކުލަވާލައްވާފައިވާ މިންގަނޑުތައް އެކުލަވާލެއްވުމަގައާއި، އެމިންގަނޑުތައް ކަނޑައެޅުއްވުމުގައި އެކޮމިޝަނުން ކަންތައްތައް ކުރައްވާފައިވަނީ ޤާނޫނުއަސާސީއާއި ޤާނޫނާއި ޤަވާޢިދަށް، އަދި ޤާނޫނުއަސާސީ ނަގަހައްޓާ ޑިމޮކްރަޓިކް ހަމަތަކާ ޢުޞޫލުތަކަށް ބަލާލުމެއްނެތި ވަކި ބަޔަކަށް ޚާޢްޞަ ފައިދާތަކަކާއި މަންފާތަކެއް ހޯދައިދިނުމަށްޓަކައި، މަދުބަޔެއްގެ އަމިއްލަ ޚާއްޞަ މަސްލަހަތުތަކެއް ރައްޔިތުންގެ ލާބަ އާއި މަންފާގެ ކުރިއަށް އަދި ޤައުމީ މަސްޢޫލިއްޔަތުގެ މައްޗަށް ނެރެގެންކަމަށް ޤަބޫލުކުރެވޭން ހުރުމުންނާއި؛

މިފަދައިން ޖުޑިޝަލް ސަރވިސް ކޮމިޝަނުން ކަންތައްތައް ކުރެއްވުމުގެ ނަތީޖާއެއްގެގޮތުން ރައްޔިތުންގެ ޙައްޤެއް ކަމުގައިވާ ރައްޔިތުންގެ އިތުބާރާއި ޔަޤީންކަން ލިބިދެވޭފަދަ ފަނޑިޔާރުގެއެއް ޤައުމާއި ރައްޔިތުންނަށް ކަށަވަރުކޮށް ނުދެވުމުގެ ސަބަބުން ރައްޔިތުންގެ ޙައްޤުތަކެއް ނިގުޅައިގަނެވޭކަމަށް ފެންނާން ހުރުމުން؛

މިކަންތައް ޖުޑިޝަލް ސަރވިސް ކޮމިޝަނުގައި ހިނގާގޮސްފައިވާގޮތް ރައްޔިތުންގެ ޙައްޤުގައި ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުޢައްސަސާތަކާބެހޭ ކޮމިޓީން ބައްލަވައި ދެއްވައި؛ މިކަމުގައި އިޙުމާލުވެފައިވާ ފަރާތްތަކާމެދު ޤާނޫނީގޮތުން އަޅާންޖެހޭ ފިޔަވަޅެއް އަޅުއްވައި ދެއްވައި؛ ޤާނޫނާއި ޤަވާޢިދުތަކާއި، ޢަދުލް އިންޞާފުގެ ހަމަތަކާ އެއްގޮތްވާ ގޮތުގެ މަތިން ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ އެންމެހައި މަސައްކަތްތައް ބައްޓަން ކުރެއްވުމަށާއި؛ ޤާނޫނުއަސާސީއާއި ޤާނޫނުގައިވާގޮތުގެމަތީން، އަމާނާތްތެރިކަމާއެކު، ޤާނޫނުއަސާސީގެ 285ވަނަ މާއްދާއިން ޖުޑިޝަލް ސަރވިސް ކޮމިޝަނާ ހަވާލުކޮށްފައިވާ ޤައުމީ މަސްޢޫލިއްޔަތު އަދާކުރުމަށް؛ އެކޮމިޝަނަށް އަމުރު ކޮށްދެއްވުން އެދި، ވަރަށް އަދަބުވެރިކަމާއެކު ދެންނެވީމެވެ.

މި ސިޓީއާއެކު ޤާނޫނުއަސާސީގެ 285ވަނަ މާއްދާގައި ބުނާ މަސްޢޫލިއްޔަތު އަދާކުރުމުގައި ޖުޑިޝަލް ސަރވިސް ކޮމިޝަނުން ކަންތައްތައް ކުރައްވާފައިގޮތް އެނގިވަޑައިގަންނަވާނޭ ލިޔެކިޔުންތަކުގެ 1 ސެޓް ފޮނުވައި، ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުޢައްސަސާތަކާބެހޭ ކޮމިޓީގެ އެންމެހައި މެމްބަރުންނަށް މިލިޔެކިޔުންތަކުގެ ކޮޕީ ރައްދުކޮށްދެއްވުން އެދޭ ވާހަކަވެސް ދެންނެވީމެވެ.   އަދި މީގެ އިތުރުން، ކޮމިޝަނުގެ ޖަލްސާތަކުގެ ޔައުމިއްޔާތަކުގައި ބައެއް އުނިއިތުރު ހުރުމަކީ އެކަށީގެންވާކަމެއްކަން ފާހަގަކޮށް، ޖަލްސާ ތަކުގެ އޯޑިއޯ ރެކޯޑިންގް ޖުޑިޝަލް ސަރވިސް ކޮމިޝަނުގައި ހުންނާންވާނޭކަންވެސް މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

އިޙްތިރާމް ޤަބޫލުކުރެއްވުން އެދެމެވެ.

8 ޖޫން 2010

އިޚްލާޞްތެރިކަމާއެކު،

އާއިޝަތު ވެލެޒިނީ

ޤާނޫނުއަސާސީގެ 158(އ)ގެ ދަށުން

ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރައްވާފައިވާ މެމްބަރު

އަލްއުސްތާޛު މުޙައްމަދު މުޖުތާޒު

މިނިވަން މުޢައްސަސާތަކާބެހޭ ކޮމިޓީގެ މުޤައްރިރު

ރައްޔިތުންގެ މަޖިލީހުގެ އިދާރާ

ކޮޕީ:

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުޢައްސަސާތަކާބެހޭ ކޮމިޓީގެ މެމްބަރުން

ރައްޔިތުންގެ މަޖިލީހުގެ ރައީސް

Just like that…
“Mi hafthaaga veythoa balaanan…”

[Will see if it can be done this week...]

- This was the response of President of the Judicial Services Commission and Supreme Court justice Mujuthaaz Fahmy on Sunday when an asked to clarify when he would include on Agenda the matter of re-thinking criteria for re-appointment of judges under Article 285 as requested by President Mohamed Nasheed in a letter to the JSC dated 27 May 2010 delivered to the Commission on the same date.

- All nine members of the Commission present at Sunday’s meeting took this in silence…

To agenda it was.

And on it, Committee decisions from March, April and May from ‘Employment Committee’ and ‘Complaints Committee’ waiting in queue for Commission approval…

Why worry?

- There remains only 62 days left of the two-year Constitutional period given to the Judicial Services Commission (Article 285 of the Constitution) to assess all sitting judges appointed prior to coming into force of the Constitution on 7 August 2008, to ascertain whether they meet or do not meet the qualifications for judges as stipulated in Article 149 of the Constitution.

- Nearly 200 of the 207 judges currently on the bench were appointed prior to the adoption of the current Constitution and need to be assessed under Article 285.

If JSC is not held accountable, and the JSC’s act of impunity that shows absolute disregard for the Constitution, Rule of Law or democratic practices is allowed to hold, and all judges are re-affirmed as judges qualified under Article 149 of the Constitution, it would mean that the The Judiciary the JSC vetted as worthy of public trust and respect would include, amongst the many worthy judges, a few that would continue to compromise the integrity of the judiciary and threaten justice and democracy consolidation in the Maldives.

If records at JSC are to be believed:

# A few, i.e. about 20 (+/-) sitting judges,  have been found guilty of criminal offences such as fraud, gross misconduct etc. under administrative inquiries of the Ministry of Justice and the Anti Corruption Board following the then law and practice.  The ‘criteria’ JSC has announced would pass them all as having the Good Character expected of a judge despite criminal records of fraud, sexual offences, etc…

# There remains about a 100 unchecked complaints (possibly not all relevant) that must still be looked into and checked  by JSC before any judge alleged in those complaints can be vetted as fulfilling the requirements of a judge including Good Character befitting a judge.

And then there’s Educational Qualifications, Experience, Abilities/Capabilities etc. that members never got a chance to discuss as the Chair, refusing to acknowledge all proposals and recommendations, and without discussion or vote, went ahead to declare that it was “unanimously agreed”.

And most of the members of the Commission present at the meeting took this in silence…

The only raise of hands was to decide whether those that Article 149 (b)3 disqualify would disqualify!

And the count: Four hands raised, four hands down, and eight members in attendance!

After the count, the Lawyer declared that he did not raise his hand not because he was against it but…

An abstention?

It was! Never mind it was after the count…

And with that one vote, JSC decided.

Just.

When no assumptions upon which a democratic system is built holds, when Independent Institutions ‘practice the Right to Remain Silent’ in order to defy accountability, where goes the Constitution?

ރައްޔިތުންގެ ޙައްޤުގައި ޤާނޫނުއަސާސީގެ 285ވަނަ މާއްދާއާމެދު ޖުޑިޝަލް ސަރވިސް ކޮމިޝަނުން އަމަލުކޮށްފައިވާގޮތް ތަހުޤީޤުކުރުމަކީ ރައްޔިތުންގެމަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީން އަވަސްވާންވީ ކަމެއް
ރެކޯޑަކާ ރެކޯޑެކެވެ.

ޤާނޫނުއަސާސީއަކާ ޤާނޫނުއަސާސީއެކެވެ.

ދައުލަތުގެފައިސާއަށް ޙިޔާނާތްތެރިވިކަމަށް އެންޓިކޮރަޕްޝަންބޯޑުން 1998ވަނަ އަހަރު ކަނޑައަޅައި ފިޔަވަޅުއަޅުއްވާފައިވާކަމަށް އެމަނިކުފާނުގެ ރެކޯޑުން ދައްކާ، މިހާރު (އިންތިޤާލީ މަރުހަލާގައި) ސުޕްރީމްކޯޓުގެ ފަނޑިޔާރު، އަދި ޖުޑިޝަލް ސަރވިސް ކޮމިޝަނުގެ ރައީސް، އަލްފާޟިލް މުޖުތާޒް ފަހުމީ ވަނީ ޖުޑިޝަލް ސަރވިސް ކޮމިޝަނާބެހޭޤާނޫނުގެ 20ވަނަ މާއްދާގެ (ނ)އާއި ޚިލާފަށް ރިޔާސަތުގައި އިންނަވައިގެން އެމަނިކުފާނު އެމިންގަނޑަކުން ފާސްވާ ފަދަ މިންގަނޑަކުން ޤާނޫނުއަސާސީއަށް އަމަލުކުރާންފެށިއިރު ތިބި ހުރިހާ ފަނޑިޔާރުން ފާސްކުރުމަށް ނިންމަވާފައެވެ.

މި މިންގަނޑުން ފާސްވެގެންދާ ފަނޑިޔާރުންގެތެރޭގައި، ކޮމިޝަނުގެ މެމްބަރެއްގެ ހައިސިއްޔަތުން އަޅުގަނޑަށް ފެންނާންހުރި މަޢުލޫމާތަށް ބަލާއިރު، އަޚްލާޤީގޮތުން އެންމެ ދަށުދަރަޖައިގެ އަމަލުތައް ކަމުގައި މުޖުތަމަޢުޤަބޫލުކުރާ ކަންތައްތަކެއް ކުރިކަމަށް އޭރުގެ ދުސްތޫރުގެ ދަށުން ސާބިތުވެފައިވާ، ފިޔަވަޅުއަޅާފައިވާ، އަދި އެއްގޮތަކަށްވެސް ބަލާފައިވާކަމެއް ނޭނގޭ ސީރިއަސް ތުހުމަތުތަކެއް އެމީހުންގެ މައްޗަށް އުފުލިފައިވާ، މަދު މީހުންތަކެއް ހިމެނިގެންދާނޭކަމީ ކޮންމެ ދިވެހި ރައްޔިތަކުވެސް އެކަމާ ކަންބޮޑުވާނޭކަމެކެވެ.   މިބުނާ މީހުންގެތެރޭ ޚިޔާނާތާއި އިސްލާމީ ޝަރީޢަތުގައި ޙައްދެއްކަނޑައެޅިފައިވާ ކުށެއް ކޮށްފައިވާ ފަރާތްތައް ހިމެނޭކަން ފާހަގަ ކުރެވެއެވެ.

މީގެ އިތުރުން، “އަޚްލާޤު ދަށްކަމުން” ފަނޑިޔާރުންނަށް ހަތަރުއަހަރުން ހަތަރުއަހަރުން ދެމުން އައިސްފައިވާ ކުރިއެރުން (ޕްރޮމޯޝަން) ދިނުމަށް ކުރީން މިނިސްޓްރީ އޮފް ޖަސްޓިސްއަށް ނުފެންނާތީ، އަދި މިހާރު ޖުޑިޝަލް ސަރވިސް ކޮމިޝަނަށް ނުފެންނާތީ، ޕްރޮމޯޝަނެއް ނުދީ ފަނޑިޔާރުންގެ ގޮތުގައި 16 އަހަރު 12 އަހަރު ވެފައިވާ މީހުންވެސް ފަނޑިޔާރުންގެތެރޭ ޤާޢިމުވެގެންދާނެއެވެ.

ޖުޑިޝަލް ސަރވިސް ކޮމިޝަނުން ނިންމާފައިވާ ނިންމުމަކީ ޤާނޫނުއަސާސީގެ 285ވަނަ މާއްދާގެ ދަށުން ރައްޔިތުންނަށް ކަށަވަރުކޮށްދޭންޖެހޭ ރައްޔިތުން އިޙްތިރާމުކުރާ ފަނޑިޔާރުންގެ މައްޗަށް އެކުލެވޭ ރައްޔިތުން އިތުބާރުކުރާ ފަނޑިޔާރުގެ ރައްޔިތުންގެ ކިބައިން ނިގުޅައިގަންނަ، ޤާނޫނުއަސާސީގެ 285ވަނަ މާއްދާގެ ބާރު ކަނޑުވާލާ ނިންމުމެއްކަމާމެދު ޝައްކެއްނެތެވެ.

އަދި ކޮމިޝަނުގެ ނިންމުމަކީ، ޤާނޫނާ ޤަވާޢިދާ ޚިލާފަށް، ޖުޑިޝަލް ސަރވިސް ކޮމިޝަނުގެ ރައީސް އަދި ސުޕްރީމްކޯޓުގެ ފަނޑިޔާރު އަލްފާޟިލް މުޖުތާޒު ފަހުމީ މަޤާމުގެ ބާރާއި ނުފޫޒުން ނިންމަވާފައިވާ ނިންމުމެއްކަމާއި؛ މިކަން އެމަނިކުފާނަށް މިގޮތަށް ގެންދެވުނީ ޖުޑިޝަލް ސަރވިސް ކޮމިޝަނުގެ ގިނަ މެމްބަރުން ޖުޑިޝަލް ސަރވިސް ކޮމިޝަނާބެހޭ ޤާނޫނުގެ 17ވަނަ މާއްދާގައިވާ ސުލޫކުން މަސައްކަތް ނުކުރުމުންކަމާމެދަކުވެސް ޝައްކެއް ނެތެވެ.

ޤާނޫނުއަސާސީގެ 285ވަނަ މާއްދާއިން މިވަނީ ދިވެހިރާއްޖޭގެ (އަދި ދުނިޔޭގެ އެއްވެސް ޤައުމެއްގެ؟) ދުސްތޫރީ ތާރީޚުގައި ލިބިފައިނުވާ، އަދި ކުރިއަށްއޮތްތާ އިތުރަށް ލިބިދާނޭކަމަށްވެސް  ޤަބޫލުނުކުރެވޭ، ފުރުޞަތެއް ދިވެހި ދައުލަތާއި ރައްޔިތުންނަށް ލިބިދީފައެވެ. އެހެންނަމަވެސް، ޤާނޫނުއަސާސީއިން ލިބިދީފައިވާ 2 އަހަރު ދުވަހުގެ މުއްދަތު ހަމަވާން 2 މަސްދުވަހަށްވީއިރު މި ފެންނަނީ ޖުޑިޝަލް ސަރވިސް ކޮމިޝަނުން ޤާނޫނުއަސާސީގެ ބާރު ކަނޑުވާލާތަނެވެ.

ޤާނޫނުއަސާސީ ބަޔާންކުރާ ދިވެހިރާއްޖޭގެ 3 ބާރުވަކިވެފައިވާ ވެރިކަމުގެ ނިޒާމުގެތެރޭ މުސްތަޤިއްލު މުޢައްސަސާއެއްވިޔަސް ޚުދުމުޚުތާރު ވުމުގެ ފުރުޞަތެއް ދެވިގެން ނުވާނެއެވެ.  ޑިމޮކްރަޓިކް ވެރިކަމެއްގައި 3 ބާރުވެސް ޖަވާބުދާރީ ވާންޖެހެނީ ރައްޔިތުންނަށެވެ. އަދި ދައުލަތުގެ ބާރުތަކަށް ފާރަވެރިވާ މުސްތަޤިއްލު ކޮމިޝަންތައްވެސް ޖަވާބުދާރީ ވާންޖެހެނީ ރައްޔިތުންނަށެވެ.

ރައްޔިތުންގެ ފަރާތުން ޖުޑިޝަލް ސަރވިސް ކޮމިޝަން ޖަވާބުދާރީ ކުރުވުމުގެ ބާރު ހަމަ ޔަޤީނުންވެސް ރައްޔިތުންގެ މަޖިލީހަށް ލިބިގެންވެއެވެ. އަދި ޤާނޫނުއަސާސީގެ 285ވަނަ މާއްދާއާމެދު ޖުޑިޝަލް ސަރވިސް ކޮމިޝަނުން އަމަލުކޮށްފައިވާގޮތް ތަޙްޤީޤުކުރުމުގެ ބާރު ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުޢައްސަސާތަކާބެހޭ ކޮމިޓީއަށް ލިބިގެންވެއެވެ.

ޤާނޫނުއަސާސީގެ 285ވަނަ މާއްދާއިން ޖުޑީޝަލް ސަރވިސް ކޮމިޝަނާ ހަވާލުކޮށްފައިވާ މަސްއޫލިއްޔަތުގެ މަޤްޞަދަކީ، ދިވެހިރާއްޖޭގައި ޢަދުލުއިންޞާފު ޤާއިމުކުރުމުގެ ބާރުތައް ލިބިގެންވާ ކޯޓުތަކަކީ، ދިވެހި ޤައުމާއި ރައްޔިތުންނަށް އަދުލުވެރި، ޤާބިލު ފަނޑިޔާރުންގެ މައްޗަށް އެކުލެވޭ ކޯޓުތަކެއްކަން ކަށަވަރުކޮށްދިނުންކަމަށް ޤަބޫލުކުރެވޭ ހިނދު؛ ރައްޔިތުންގެ ލާބަ އާއި މަންފާގެ ކުރިއަށް އަމިއްލަ މަސްލަހަތު ނެރުއްވައި ޖުޑިޝަލް ސަރވިސް ކޮމިޝަނުގެ ރައީސް އަދި ސުޕްރީމްކޯޓުގެ ފަނޑިޔާރު ކަންތައްތައް ކުރައްވާފައިވާ، އަދި މިހާރުވެސް ކުރައްވަމުން ގެންދަވާ ގޮތަކީ ބަލައިގަނެވޭނޭ ކަމެއް ނޫނެވެ.

ދިވެހި ރައްޔިތުންނާ ދިވެހި ޤައުމަށް ފައިދާހުރިގޮތެއްވެސް ނޫނެވެ. ދިވެހިރާއްޖޭގެ ޤާނޫނުއަސާސީ ނަގަހައްޓާގޮތެއްވެސް ނޫނެވެ. އަދި، ދިވެހިރައްޔިތުން ބަލައިގަންނާނޭ ކަމެއްވެސް ނޫނެވެ.

ޖުޑިޝަލް ސަރވިސް ކޮމިޝަނުގެ ނަމުގައި 26 މެއި 2010ގެ ތާރީޚުގައި ނެރެފައިވާ ނޫސްބަޔާނާއިގުޅޭ
ޖުޑިޝަލް ސަރވިސް ކޮމިޝަނުގެ ނަމުގައި ކޮމިޝަނުގެ ރައީސް 26 މެއި 2010ގެ ތާރީޚުގައި ނެރުއްވާފައިވާ ނޫސްބަޔާނަކީ JSC President\'s Press Release 26 May 2010ޖުޑިޝަލް ސަރވިސް ކޮމިޝަނުގެ ޤަވާޢިދާ އެއްގޮތްވާގޮތުގެމަތީން ކޮމިޝަނުގައި މަޝްވަރާކޮށް ނެރުއްވާފައިވާ ނޫސްބަޔާނެއް ނޫންކަމުން، މިއީ ޤާނޫނާ ޤަވާޢިދާ ޚިލާފަށް ކޮމިޝަނުގެ ރައީސް އަލްފާޟިލް މުޖުތާޒު ފަހުމީ ނެރުއްވާފައިވާ ބަޔާނެއްކަން ފާހަގަކޮށް ދަންނަވަމެވެ.

1.	07 އޯގަސްޓް 2008 ގައި ޤާނޫނުއަސާސީ (2008)އަށް ޢަމަލުކުރަންފެށިއިރު ފަނޑިޔާރު ކަމުގެ މަޤާމުގައި ތިބި މީހުންގެ ކިބައިގައި ޤާނޫނުއަސާސީގެ 149 ވަނަ މާއްދާގައި ބަޔާންކުރާ ޝަރުތުތައް ފުރިހަމަވޭތޯ ނުވަތަ ނޫންތޯ ޤާނޫނުއަސާސީގެ 285 ވަނަ މާއްދާގައި ބަޔާންކުރާގޮތުގެ މަތިން ބަލާނެ މިންގަނޑެއް ނުވަތަ އުސޫލެއް ކޮމިޝަނުން ފާސްވެނިމުނީ ކަމަށް ކޮމިޝަނުގެ ރައީސް ވަނީ 11 މެއި 2010ގައި ނިންމަވާފައެވެ. އެހެންނަމަވެސް، އެއީ މިކަމުގައި ހުރިހާ މެމްބަރުން އެއްބަސްވުމަކުންނޫނެވެ.

2.	ކޮމިޝަނުން މިންގަނޑު ކަނޑައެޅީކަމުގައި ވިދާޅުވިއިރު އިތުރަށް މަޝްވަރާއަށް މެމްބަރުން ހުށަހަޅާފައިވާ ހުށަހެޅުންތައް މަޝްވަރާކުރުމަށް ފުރުޞަތު ނުދެއްވިތާ، އެ ކަންކަން މަޝްވަރާ ކުރުމެއްނެތި ވޯޓަކަށް ދިޔުމަށްވެސް ކޮމިޝަނުގެ ރައީސް ވަނީ އިންކާރު ކުރައްވާފައެވެ.

3.	ޤާނޫނު އަސާސީއަށް ޢަމަލު ކުރަން ފެށިއިރު ފަނޑިޔާރުކަމުގެ މަޤާމުގައި ތިބި މީހުންގެ ކިބައިގައި ޤާނޫނު އަސާސީގެ 149ވަނަ މާއްދާގެ (ހ)ގައިވާ ޝަރުޠުތައް ހަމަވޭތޯ ބެލުމުގައި ކޮމިޝަނުން ނިންމާފައިވާ ނިންމުމަކީ ޤާނޫނީ ހަމަތަކުން ނިންމާފައިވާ ނިންމުމެއްކަމަކަށް، އަދި ރައްޔިތުންގެ ލާބައާއި މަންފާ އަށް އިސްކަންދީގެން ނިންމާފައިވާ ނިންމުމެއްކަމަކަށް، އަދި ޤައުމީ ޤާނޫނުއަސާސީ ދިރުވާ ނިންމުމެއް ކަމަކަށްވެސް ޤަބޫލެއް ނުކުރެވެއެވެ.

މީގެ އިތުރުން، 26 މެއި 2010ގެ ތާރީޚުގައި ނެރެފައިވާ ނޫސްބަޔާނުގެ ފަހު 5 ފެރެގްރާފަކީ ކޮމިޝަނުގައި މަޝްވަރާކުރެވިފައިވާކަންތައްތަކެއް ނޫންކަމުން ޤަބޫލުކުރެވެނީ މިއީ ކޮމިޝަނުގެ ރައީސް އަދި ސުޕްރީމްކޯޓުގެ ފަނޑިޔާރު އަލްފާޟިލް މުޖުތާޒު ފަހުމީގެ އަމިއްލަފުޅު ވިސްނުންފުޅުކަމަށެވެ.

4.	ކޮމިޝަނުގެ ނިންމުމާ ގުޅިގެން ޝަރުޢީ ދާއިރާގެ ހުރުމަތް ކަނޑައި ފަނޑިޔާރުންގެ ޢިއްޒަތާއި ކަރާމާތް ނަގާލުމަށް އެއްވެސް ފަރާތަކުން  މަސައްކަތް ކުރާކަމެއް ކޮމިޝަނުގެ ސަމާލުކަމަށް ކޮމިޝަނުގެ ރައީސް ގެންނަވާފައެއްނުވެއެވެ. އަދި ކޮމިޝަނުގައި މިފަދަ މައްސަލައެއް އެޖެންޑާ ކުރައްވައި މަޝްވަރާ ކުރައްވާފައެއްވެސް ނުވެއެވެ.

5.	ޖުޑިޝަލް ސަރވިސް ކޮމިޝަން 26 ޖުލައި 2009ގައި އުފައްދަވައި ކޮމިޝަނުގެ އިންތިޤާލީ މަރުހަލާ ނިމުމަކަށް އައިއިރު، (ހައިކޯޓު 3 ފަނޑިޔާރުންގެ ޤަރާރަކުން ޖުޑިޝަލް ސަރވިސް ކޮމިޝަނުން ވަކިކުރެއްވި ހައިކޯޓުގެ އިސްފަނޑިޔާރު އަދި) ކުރީގެ ޖުޑިޝަލް ސަރވިސް ކޮމިޝަނުގެ ރައީސް އަލްއުސްތާޛު ޢަބްދުލްޣަނީ މުޙައްމަދުގެ އިސްނެންގެވުމަކަށް “ޤާނޫނުއަސާސީގެ 285ވަނަ މާއްދާގައިވާ ގޮތުގެމަތީން މިހާރު ވަޒީފާގައިތިބި ފަނޑިޔާރުން އަލުން އައްޔަނުކުރުމާއިބެހޭ ޤަވާޢިދު” ގެ ނަމުގައި ޑްރާފްޓެއް ތައްޔާރުކުރައްވާފައިވެއެވެ. އަދި، 26 އޯގަސްޓް 2009ގައި ޖުޑިޝަލް ސަރވިސް ކޮމިޝަނުންވަނީ މި ޑްރާފްޓްބަލައި ކޮމިޝަނުގެ މަޝްވަރާއަށް މިންގަނޑެއް ތައްޔާރުކޮސް ގެނައުމަށް ކޮމިޝަނުގެ މެމްބަރުންގެ ގޮތުގައި އޭރުތިއްބެވި 3 ފަނޑިޔާރުންނާ ހަވާލުކުރައްވާފައެވެ. އެއީ، ސުޕްރީމްކޯޓުގެ ފަނޑިޔާރު އަލްފާޟިލް މުޖުތާޒް ފަހްމީ އާއި ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުލް ޣަނީ މުޙައްމަދުއާއި، ދަށުކޯޓުތަކުގެ ފަނޑިޔާރު އަލްފާޟިލް ޢަބްދުﷲ ދީދީ އެވެ.

6.	26 އޯގަސްޓް 2009ން 21 ފެބްރުއަރީ 2010ށް ވެއަތުވެދިޔަ ގާތްގަނޑަކަށް 6 މަސްދުވަހުގެތެރޭ ބޭއްވުނީ 3 ފަނޑިޔާރުންގެ ކޮމިޓީގެ ފުރިހަމަ އެއް ބައްދަލުވުމެވެ. ދެވަނަ ބައްދަލުވުމުގައި ސުޕްރީމްކޯޓުގެ ފަނޑިޔާރު އަލްފާޟިލް މުޖުތާޒް ފަހްމީ ބައިވެރިވެވަޑައެއް ނުގަންނަވައެވެ. އަދި އެއަށްފަހު އެކޮމިޓީގެ މަސައްކަތެއްވެސް ކޮމިޝަނަކަށް ނުގެންނަވައެވެ.

7.	އަލްއުސްތާޛު ޢަބްދުލް ޣަނީ މުޙައްމަދު ޖުޑިޝަލް ސަރވިސް ކޮމިޝަނުން ވަކިކުރުމާއެކު ވަގުތީގޮތުން ރިޔާސަތާ ހަވާލުވެވަޑައިގަންނަވައި 21 ފެބްރުއަރީ 2010ގައި ކުރީން ކޮމިޓީއަކާ ހަވާލުކުރައްވާފައިވާ މަސައްކަތަކަށް އައު ކޮމިޓީއެއް އެކުލަވާލެއްވިއިރު ކުރީ ކޮމިޓީގެ މަސައްކަތް ކޮބައިތޯ ކޮމިޝަނުން ބައްލަވާފައެއް ނުވެއެވެ.

8.	21 ފެބްރުއަރީ 2010ގައި އެކުލަވާލެއްވި “285 މިންގަނޑު ކޮމިޓީ”ގައި ހިމެނިވަޑައިގަންނަވަނީ ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް ޑރ. މުޙައްމަދު ލަތީފު (މުޤައްރިރު)، ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު އާދަމް މުޙައްމަދު ޢަބްދުﷲ، ދަށުކޯޓުތަކުގެ ފަނޑިޔާރު އަލްފާޟިލް ޢަބްދުﷲ ދީދީ އަދި ކޮމިޝަނުން ބޭރުން ކުޑަކުދިންނާބެހޭކޯޓުގެ އިސްފަނޑިޔާރު އަލްއުސްތާޛު ޝުޢައިބު ޙުސައުން ޒަކަރިއްޔާ އާއި މަދަނީކޯޓުގެ ފަނޑިޔާރު އަލްފާޟިލް ޢަބްދުﷲ ޢަލީއެވެ. މި ކޮމިޓިން 3 ދުވަހުގެތެރޭ، ދުވާލަކު ދޮޅުގަޑިއިރުގެ މަޝްވަރާއިން މިންގަނޑު ކަނޑައެޅުއްވިއިރު ކުރީ ކޮމިޓީއިން ކުރައްވާފައިވާ މަސައްކަތަކަށް އަދި އޭރު ހުށަހެޅިފައިވާ އެއްވެސް ހުށަހެޅުމަކަށް ރިޢާޔަތްކުރައްވާފައެއް ނުވެއެވެ. ޤާނޫނުއަސާސީގެ މަޤްޞަދާއި ރޫހަށް އަދި ޤާނޫނުއަސާސީގެ 285ވަނަ މާއްދާގެ މަޤްޞަދަކަށްވެސް ވިސްނާވަޑައިގެންފައެއް ނުވެއެވެ.  އަދި ކުރީންވެސް ފާހަގަކޮށްފައިވާ ފަދައިން، މި ކޮމިޓީގެ ރިޕޯޓް ކޮމިޝަނަށް ބަލައިގަތުމާއެކު އިތުރަށް މިންގަނޑަށް މަޝްވަރާކުރުމުގެ ފުރުޞަތެއް ކޮމިޝަން މެމްބަރުންނަކަށް ކޮމިޝަނުގެ ރައީސް އަލްފާޟިލް މުޖުތާޒު ފަހުމީއެއް ނުދެއްވައެވެ.

9.	ޖުޑިޝަލް ސަރވިސް ކޮމިޝަން ރޭވި ހިނގަމުންދަނީ އެ ކޮމިޝަނުގެ ޤާނޫނީ މަސްޢޫލިއްޔަތުތައް  އެކަށީގެންވާގޮތަކަށް އަދާކުރެވޭނޭގޮތަކަށް ނޫނެވެ. އަދި ކޮމިޝަނުގެ މެމްބަރުން މެމްބަރުކަމުގެ ޤާނޫނީ މަސްޢޫލިއްޔަތުތައް އަދާކުރުމަށް ހުރަސްއެޅޭ ގޮތަށެވެ.

(މިގޮތުން، މި ވަގުތު ކޮމިޝަނުގެ ރައީސްގެ މަޤާމުގެ އިތުރުން މިހާރުވެސް މަސައްކުރާ ކޮމިޝަނުގެ ދާއިމީ 2 ކޮމިޓީގެ ވެސް ރައީސަކަށް ހުންނަވާ ސުޕްރީމްކޯޓުގެ ފަނޑިޔާރު ވަޑައިނުގަނެ، އެހެންފަރާތަކާ ރިޔާސަތު ހަވާލުނުކުރެއްވުމުގެ ސަބަބުން 1 މެއި 2010ން މިއަދާހަމައަށް ކޮމިޝަނަށް ހުށަހެޅޭ ޝަކުވާތައްބަލާ ކޮމިޓިގެ ބައްދަލުވުމެއް ބޭއްވިފައިނުވާކަން ފާހަގަކުރަމެވެ.  އަދި ކޮމިޝަން ހިންގަވަމުން ގެންދަވަނީ ކޮމިޝަނުގެ ރައީސް ދެއްވާ މަޢުލޫމާތެއް ނޫނީ ކޮމިޝަނުގެ މެމްބަރުންނަށް ނުލިބޭގޮތަށްކަމުންނާއި؛ ކޮމިޝަނުގެ ޤަވާޢިދުގައިވާގޮތުގެ މަތީން އެޖެންޑާގައިވާ ކަންތައްތަކާބެހޭ ލިޔެކިޔުންތަކާއި އަދި ޔައުމިއްޔާތައް ކޮމިޝަނުގެ މެމްބަރުންނަށް ޤަވާޢިދުން ލިބެމުންނުދިޔުމަކީ ޖުޑިޝަލް ސަރވިސް ކޮމިޝަންގެ މަސައްކަތުގެތެރޭ ކޮރަޕްޝަނަށް މަގުފަހިވާ ކަމެއް ކަންވެސް ފާހަގަކުރަމެވެ.)

ވީމާ، ޤާނޫނުއަސާސީގެ 285ވަނަ މާއްދާގައިވާ މަސްޢޫލިއްޔަތު ފުރިހަމައަށް އަދާކުރުމަކީ ޖުޑިޝަލް ސަރވިސް ކޮމިޝަނުގެ ރައީސްގެ މަޤާމުގައި މިވަގުތު ހުންނެވި ސުޕްރީމްކޯޓުގެ ފަނޑިޔާރު އަލްފާޟިލް މުޖުތާޒު ފަހުމީ އަމިއްލަ މަސްލަހާ ތަޢާރުޒުވާކަމެއްކަން އެމަނިކުފާނުގެ ރެކޯޑުން ފެންނާންހުރިއިރު އެކަމަށް އިންކާރުކުރައްވައި ރިޔާސަތުގައި އިންނަވައިގެން މަޤާމުގެ ބާރާއި ނުފޫޒުން ޤާނޫނުއަސާސީގެ 285ވަނަ މާއްދާއަށް ކޮމިޝަނުގެ މެމްބަރުން މަޝްވަރާކުރުމަށް ފުރުޞަތުނެދެއްވައި މިންގަނޑު ކަނޑައެޅުއްވި ކަމާއި؛ ޖުޑިޝަލް ސަރވިސް ކޮމިޝަނުގެ ޖަލްސާތަކުގެ ހިންގާ ޤަވާޢިދުގެ 4ވަނަ މާއްދާގެ (ރ) އާއި ޚިލާފަށް، އަދި ޤާނޫނުއަސާސީގެ 163ވަނަ މާއްދާއާ ޚިލާފަށް، ކޮމިޝަނުގެ ބަހެއްނެތި، ޖުޑިޝަލް ސަރވިސް ކޮމިޝަނުގެ ރައީސްގެ މަޤާމުގައި މިވަގުތު ހުންނެވި ސުޕްރީމްކޯޓުގެ ފަނޑިޔާރު އަލްފާޟިލް މުޖުތާޒު ފަހުމީ މަޤާމުގެ ބާރާއި ނުފޫޒުން ކޮމިޝަނުގެ ނަމުގައި 26 މެއި 2010ގައި ނޫސްބަޔާނެއް ނެރުއްވިކަމާމެދު އަޅުގަނޑު ހިތާމަކުރަމެވެ.  ޖުޑިޝަލް ސަރވިސް ކޮމިޝަނުގެ ރައީސްގެ މަޤާމުގައި މިވަގުތު ހުންނެވި ސުޕްރީމްކޯޓުގެ ފަނޑިޔާރު އަލްފާޟިލް މުޖުތާޒު ފަހުމީގެ މިފަދަ ޢަމަލުތަކުގެ ސަބަބުން ޖުޑިޝަލް ސަރވިސް ކޮމިޝަނުގެ އަދި މުޅި ޝަރުޢީ ދާއިރާގެ މުސްތަޤިއްލުކަމާމެދު ރައްޔިތުންގެ ހިތްތަކުގައި ޝައްކު އުފެދި، ޝަރުޢީދާއިރާގެ ހައިބަތު ގެއްލޭނޭކަމީ އިންތިހާއަށް ކަންބޮޑުވާކަމެކެވެ.

އަޅުގަނޑު ޤަބޫލުކުރާގޮތަކީ، އަދި ދިވެހިރާއްޖޭގެ ޤާނޫނުއަސާސީ ނަގަހައްޓާ ޑިމޮކްރަސީގެ ހަމައާއި އުޞޫލަކީ ވެސް، ޒިންމާ އުފުލައި، ހާމަކަމާއެކު މަސްޢޫލިއްޔަތު އަދާކޮށް، އަމަލީގޮތުން ރައްޔިތުންނަށް ޖަވާބުދާރީވުމެވެ. ޖުޑިޝަލް ސަރވިސް ކޮމިޝަނަށް، އަދި އެއާއެކު ފަނޑިޔާރުގެއާއި ފަނޑިޔާރުންނަށް ވެސް، ރައްޔިތުންގެ އިތުބާރާއި އިޙްތިރާމް ލިބޭނީ ޖުޑިޝަލް ސަރވިސް ކޮމިޝަނަކީ ތިންބާރުންވެސް ވަކިވެފައިވާ މުސްތަޤިއްލު ކޮމިޝަނެއްކަން ބަހާއި އަމަލުން ދައްކައި ރައްޔިތުންނަށް ކަށަވަރުކޮށްދީގެންނެވެ. ޤާނޫނީސަނަދުގެ ނިވަލުގައި އަމިއްލަ ފިކުރާ ޚިޔާލުން، އަމިއްލަ މަސްލަހަތަށް ކަންކަން ނިންމެވުމުގެ ބަދަލުގައި ޤައުމީ މަސްޢޫލިއްޔަތާއި ރައްޔިތުންގެ ލާބަ އާއި މަންފާ އަބަދުމެ އިސްކޮށް، އެމަގުން މަސައްކަތްކޮށްގެންނެވެ. ޤާނޫނުއަސާސީ އާއި ޤާނޫނަށް އަމަލުކޮށްގެންނެވެ.

30 މެއި 2010 (އާދީއްތަ)

އިޚްލާޞްތެރިކަމާއެކު

އާއިޝަތު ވެލެޒިނީ

ޤާނޫނުއަސާސީގެ 158 (އ)ގެ ދަށުން

ރައީސުލްޖުމްހޫރިއްޔާ ޖުޑިޝަލް ސަރވިސް ކޮމިޝަނަށް

ކަނޑައަޅުއްވާފައިވާ މެމްބަރު

28.05.2010
English

Dhivehi

ކަންހިނގައިދިޔަގޮތާއި ނިންމެވިގޮތްވެސް އެނގޭނީ މައްސަލަ ބެއްލެވުމުންނެވެ
ޤާނޫނުއަސާސީ 2008ގެ 285ވަނަ މައްދާގައި ބުނަނީ “މި ޤާނޫނުއަސާސީއަށް އަމްލުކުރާންފަށާއިރު ތިބި ފަނޑިޔާރުންގެ ކިބައިގައި ، މި ޤާނޫނުއަސާސީގެ 149ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޝަރުތުތައް ނުވަތަ ނޫންކަން” ކަނޑައެޅުމަށްކަމުން ޤަބޫލުކުރެވެނީ އެބިޔާންކުރަނީ ޤާނޫނުއަސާސީ2008ގެ ކުރީގެ ކަންކަމަށް ރިއާޔަތްކުރުމަށްކަމަށެވެ. އަދި އޭރުގެ ކަންކަން ބެލޭނީ އޭރު އޮތް ނިޒާމުންނެވެ. އޭރު ހިނގަމުންދިޔަ ޤާނޫނުއަސާސީއިންނެވެ.

ޤާނޫނުއަސާސީ 2008ގެ ކުރީން ފަނޑިޔާރުންނާމެދު ހުށަހަޅާ މައްސަލަތައް ބައްލަވަނީ މިނިސްޓްރީ އޮފް ޖަސްޓިސް އިންނާއި، އޭރުގެ އެންޓި ކޮރަޕްޝަން ބޯޑު ފަދަ އިދާރާތަކުންނެވެ.  މިހެންކަން ކަންއޮތީ އެނގިތިބެ، އެފަދަ އިދާރާތަކުން ބަލައި ނިންމާފައިވާ ނިންމުންތަކަށް ރިޢާޔަތްކުރުމެއްނެތި، ޝަރީޢަތަށް ފޮނުވުމެއް ނޯންނަކަން ކަނޑައެޅިގެން އެނގެންއޮތްހިނދު، “ޝަރީޢަތަށް ސާބިތުވެފައިނުވާތީ” މައްސަލައެއް ނެތް ކަމުގައި ބެލުމަކީ ޤައުމާއި ރައްޔިތުންނަށް ތެދުވެރިވުންތޯއެވެ؟

ނޫނީ ޢަދުލުވެރި ތެދުވެރި ފަނޑިޔާރުގެއަކަށް ވުރެން މަދު އަޚްލާޤީގޮތުން ފަނޑިޔާރުކަމަށް އެކަށީގެންނުވާ ބަޔަކަށް ފަނޑިޔާރުކަމުގައި ދެމިތިބުމުގެ ފުރުޞަތު ދިނުންތޯއެވެ؟

އިތުބާރުކުރެވޭ ފަނޑިޔާރުގެއަކީ ދިވެހި ރައްޔިތުންގެ ޙައްޤެކެވެ. ދިވެހި ރައްޔިތުންނާ ދައުލަތަށް ޤާނޫނުއަސާސި ލިބިދޭ ޙައްޤެކެވެ. މިއަށްވުރެ ބޮޑު މަންފާއެއް ރައްޔިތުންނަށް ނޯންނާނޭކަން ކަށަވަޜެވެ.

ޤާނޫނުއަސާސީގެ 285ގެ ދަށުން ބަލާބެލުމުން ފަނޑިޔާރުކަމުގެ ޝަރުތު ފުރިހަމަވޭތޯ ބެލުމަކީ މީހަކު ކުށްވެރިވޭތޯ ބަލާ ބެލުމެއްވެސް ނޫނެވެ.  ހަމައެކަނި އެމީހެއްގެ ކިބައިގައި ފަނޑިޔާރުކަމުގެ ޝަރުތު ފުރިހަމަވޭތޯ ބަލާބެލުމެކެވެ.

30 ޑިސެމްބަރ 2009ގައި ޖުޑިޝަލް ސަރވިސް ކޮމިޝަނުން ފާސްކުރި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑު ފަނޑިޔާރަކީ އެންމެ މަތީ ދަރަޖައިގެ އަޚްލާޤުގެ މީހަކަށް ވުމަށް ބުނާއިރު، ރެކޯޑު ގައި މައްސަލަތައް ހުރި މީހުންގެ ރެކޯޑްތައް ނުބެލުމަކީ ޤަބޫލުކުރެވޭކަމެއްނޫނެވެ.

ކަންގެންދިޔަ ގޮތާމެދުވެސް ސުވާލުތައްހުރިއިރު، އަދި ޤާނޫނުއަސާސީގެ މަޤްޞަދާ ޖުޑިޝަލް ސަރވިސް ކޮމިޝަނުގެ މެމްބަރުންގެ ސުލޫކުން ބޭރުން މިކަން ގެންދެވުމާއެކު މި ނިންމުމުގެ ސައްހަ ކަމާމެދު ސުވާލު އުފެދެއެވެ.

ޑިމޮކްރަޓިކް އުޞޫލުތަކާ ޚިލާފަށް އެއްވެސް އިތުރު ހުށަހެޅުމެއް ބަލައިގަތުމަށް އިންކާރު ކުރައްވާ، ވަކި ގޮތަކަށް ގެންގޮސް ނިންމުމުން އެއީ ޑިމޮކްރަޓިކް މުޖުތަމަޢެއްގައި ބަލައިގަނެވޭނޭ ކަމެއް ނޫނެވެ.

ފަނޑިޔާރުއަށް ރައްޔިތުންގެ އިތުބާރު ހޯދުން
ޤާނޫނުއަސާސީ 2008ގެ ކުރީން ފަނޑިޔާރުންގެ މައްޗަށް އުފުލާ ޝަކުވާ އާއި، ފަނޑިޔާރުންގެ ކިބައިން ފެންނަ ސުލޫކީ މައްސަލަތައް ބަލަނީ މިނިސްޓްރީ އޮފް ޖަސްޓިސްއާ އޭރުގެ އެންޓި ކޮރަޕްޝަން ބޯޑު ފަދަ އިދާރާތަކުންކަން އެނގޭހިނދު، އަދި މިގޮތަށް ބަލާ ސާބިތުވާ މައްސަލަތައް ޝަރީޢަތަށް ހުށަހެޅުމެއްނެތި އިދާރީ ފިޔަވަޅެއް އަޅައި ނޫނީ ޖޫރިމަނާއެއްކޮށް ނިންމާލަނީކަން އެނގެން އިތް ހިނދު،  ޝަރީޢަތަށް ސާބިތުނުވާ ކަންކަން ނުބެލުމަށް ނިންމުމަކީ އެއްވެސް ކަމެއް ނުބެލުމަށް ނިންމުމެއް ނޫންތޯއެވެ؟

ޤާނޫނުއަސާސީގެ 285ވަނަ މާއްދާގައި ބުނަނީ “ޤާނޫނުއަސާސީއަށް އަމަލު ކުރާން ފަށާއިރު ފަނޑިޔާރުކަމުގައިތިބި” މީހުންގެ ކިބައިގައި ފަނޑިޔާރު ކަމުގެ ޝަރުތު ހަމަވޭތޯ ބެލުމަށް ކަމުން، އޭރުގައޮތް ޤާނޫނުއަސާސީއާއި އުޞޫލުތަކުގެ ދަށުން، އޭރުގަ އެބާރުތައް ލިބިފައިވާ އިދާރާތަކުން ބަލާ ސާބިތުވެފައިވާ މައްސަލަތައް އެއީ ރެކޯޑުގައި ހުރި މައްސަލަތައް ކަމުގައި ބެލުމަކީ ކުރަންޖެހޭނޭ ކަމެއް ނޫންތޯއެވެ؟

ފަނޑިޔާރެއްގައި އެންމެ މުހިއްމު އެއް ސިފަ އަކީ ތެދުވެރިކަމެވެ. އެ ސިފަ ނެތް މީހަކު ފަނޑިޔާރުގެ މަޤާމުގައި ދެމެހެއްޓުމަކީ މުޅި ފަނޑިޔާރުގެއަށް ލިބޭ ކިލަނބު ކަމެކެވެ. ރައްޔިތުންގެ އިތުބާރު ޢަދުލް އިންސާފާ ފަނޑިޔާރުންނަށް ހޯދުމަށް، އަދި ޤައުމުގެ ހަމަޖެހުމާ އަމާންކަމަށް މި ދަނޑިވަޅު އެންމެ މުހިއްމީ ފަނޑިޔާރުންނީ އިތުބާރުކުރެވޭ، ތެދުވެރި، ޤާބިލު ބައެއްކަން ރައްޔިތުންނަށް ކަށަވަރު ކޮށްދިނުމެވެ.