Monthly Archives: June 2010

ޤާނޫނުއަސާސީ 2008ގެ ކުރީން ފަނޑިޔާރުކަމަށް އައްޔަނުކުރި މީހުންގެ ޝަރުތުހަމަވޭތޯބަލާނެ މިންގަނޑެއްނެތި؛ ފަނޑިޔާރުންނާބެހޭ ޤާނޫނެއްނެތި؛ މިހާރު އައްޔަނުކުރާ ފަނޑިޔާރުންގެ މިންގަނޑު ކަނޑައެޅުމުން މައްސަލަތަކެއް ނުއުފެދޭނެބާ

“ ދިވެހިރާއްޖޭގެ ވެރިކަމުގެ 3 ބާރު ވަކިކުރި ދުސްތޫރާއެކު، ކުރީގެ ނިޒާމުން އާ ނިޒާމަށް ބަދަލުވެ، ޤާނޫނުއަސާސީ (2008) ގައި ބަޔާންވެގެންވާ ޑިމޮކްރަޓިކް ނިޒާމް އުފައްދައި، އާލާކޮށް، ނަގަހައްޓައި ދެމެހެއްޓުމަށްޓަކައި މިހާރު މިހިނގަމުންދާ އިންތިޤާލީ މަރުހަލާގެތެރޭގައި ތަފާތު ކަންތައްތަކެއް ކުރުމަށް ޤާނޫނުއަސާސީން ވަނީ ތަފާތު މުޢައްސަސާތަކާއި އަމާނާތްކޮށްފައެވެ. މިގޮތުން، ޖުޑިޝަލް ސަރވިސް ކޮމިޝަނުގެ މަސްޢޫލިއްޔަތުތަކުގެތެރޭ 7 … Continue reading

Leave a Comment

Filed under Uncategorized

އަނެއްކާވެސް ސުވާލު އުފެދޭކަމެއް

“ މާލޭކޯޓުތަކާ ރަށުކޯޓުތަކަށް ފަނޑިޔާރުން ހޯދުމާއި ޢައްޔަންކުރުމާބެހޭ ޤަވާއިދަށް މުހިންމު ދެއިސްހާލެއް ގެނެސް ފާސްކޮށްފި” މި ސުރުޚީގެ ދަށުގައި 13 ޖޫން 2010 (އާދީއްތަ) ދުވަހު ޖުޑިޝަލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުގައި ޖަހާފައިވާ ޚަބަރުގައިވާ ނިންމުމަކީ ޞައްޙަ ނިންމުމެއްތޯއެވެ؟ ޖުޑިޝަލް ސަރވިސް ކޮމިޝަނުގެ ޖަލްސާތަކުގައި މަޝްވަރާތައް ގެންދާނީ އެޖެންޑާއަށް ކަމަށާއި؛ ގިނަ މެމްބަރުންނަށް ފެނިވަޑައިގެން ޚާއްޞަގޮތެއްގައި … Continue reading

Leave a Comment

Filed under Uncategorized

ޤާނޫނުއަސާސީގެ 285ވަނަ މާއްދާގެ މައްސަލަބަލަންޖެހޭކަމަށް ޤަބޫލުކުރެވޭ ސަބަބުތައް

ޤާނޫނުއަސާސީ (2008) އަށް އަމަލު ކުރާން ފަށާއިރު ފަނޑިޔާރުންގެ މަޤާމުގައި ތިބި މީހުންގެ ކިބައިގައި ޤާނޫނުއަސާސީގެ 149ވަނަ މާއްދާގައިބުނާ ޝަރުތުތައް ފުރިހަމަވޭތޯ ނުވަތަ ނޫންތޯ ކަނޑައެޅުމުގެ ޤައުމީ މަސްޢޫލިއްޔަތު ޤާނޫނުއަސާސީގެ 285ވަނަ މާއްދާގެދަށުން އަދާކުރުމަށް ހަވާލުވެފައިވާ ޖުޑިޝަލް ސަރވިސް ކޮމިޝަނުން އެމަސައްކަތް ކުރައްވާފައިވަނީ ޖުޑިޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނުގެ 17ވަނަ މާއްދާ އާއި އަދި 20 … Continue reading

Leave a Comment

Filed under Article 285

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުޢައްސަސާތަކުގެކަންތައްތަކާބެހޭކޮމިޓީއިން ޤާނޫނުއަސާސީގެ 285ވަނަމާއްދާ އާމެދު ޖުޑިޝަލް ސަރވިސް ކޮމިޝަނުން ކަންތައްކޮށްފައިވާގޮތް ބައްލަވައިދެއްވުން އެދި ހުށަހެޅި ސިޓީ

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުޢައްސަސާތަކާބެހޭ ކޮމިޓީގެ މުޤައްރިރު އަލްއުސްތާޛު މުޙައްމަދު މުޖުތާޒަށް، ވެދުން ސަލާމަށްފަހު ދަންނަވަމެވެ. ޤާނޫނުއަސާސީގެ 285ވަނަ މާއްދާއާމެދު ޖުޑިޝަލް ސަރވިސް ކޮމިޝަނުން ކަންތައްކޮށްފައިވާގޮތް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުޢައްސަސާތަކާބެހޭ ކޮމިޓީއިން ބައްލަވައިދެއްވުންއެދި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 285 ވަނަ މާއްދާގައިވާ ގޮތުގެ މަތިން، އެޤާނޫނުއަސާސީއަށް ޢަމަލުކުރާން ފެށިއިރު ތިބި ފަނޑިޔާރުންގެ ކިބައިގައި ޤާނޫނުއަސާސީގެ … Continue reading

Leave a Comment

Filed under Uncategorized

Just like that…

“Mi hafthaaga veythoa balaanan…” [Will see if it can be done this week...] – This was the response of President of the Judicial Services Commission and Supreme Court justice Mujuthaaz Fahmy on Sunday when an asked to clarify when he … Continue reading

1 Comment

Filed under Uncategorized

ރައްޔިތުންގެ ޙައްޤުގައި ޤާނޫނުއަސާސީގެ 285ވަނަ މާއްދާއާމެދު ޖުޑިޝަލް ސަރވިސް ކޮމިޝަނުން އަމަލުކޮށްފައިވާގޮތް ތަހުޤީޤުކުރުމަކީ ރައްޔިތުންގެމަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީން އަވަސްވާންވީ ކަމެއް

ރެކޯޑަކާ ރެކޯޑެކެވެ. ޤާނޫނުއަސާސީއަކާ ޤާނޫނުއަސާސީއެކެވެ. ދައުލަތުގެފައިސާއަށް ޙިޔާނާތްތެރިވިކަމަށް އެންޓިކޮރަޕްޝަންބޯޑުން 1998ވަނަ އަހަރު ކަނޑައަޅައި ފިޔަވަޅުއަޅުއްވާފައިވާކަމަށް އެމަނިކުފާނުގެ ރެކޯޑުން ދައްކާ، މިހާރު (އިންތިޤާލީ މަރުހަލާގައި) ސުޕްރީމްކޯޓުގެ ފަނޑިޔާރު، އަދި ޖުޑިޝަލް ސަރވިސް ކޮމިޝަނުގެ ރައީސް، އަލްފާޟިލް މުޖުތާޒް ފަހުމީ ވަނީ ޖުޑިޝަލް ސަރވިސް ކޮމިޝަނާބެހޭޤާނޫނުގެ 20ވަނަ މާއްދާގެ (ނ)އާއި ޚިލާފަށް ރިޔާސަތުގައި އިންނަވައިގެން އެމަނިކުފާނު އެމިންގަނޑަކުން ފާސްވާ … Continue reading

Leave a Comment

Filed under General Opinion